ވިލާ އެޑިއުކޭޝަނަށް އައްޑޫން ބިމެއް ދީފި

އައްޑޫގައި މަތީ ތައުލީމު ދޭން ޝައުގުވެރިވާ އިންސްޓިޓިއުޝަންތަކަށް ބިން ދޫކުރަން ކައުންސިލުން ނިންމައި އޭގެ ދަށުން ވިލާ އެޑިކޭޝަން ސާވިސަސް އަށް ބިމެއް ދޫކޮށްފި އެވެ.


ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލާއި ވިލާއާ ދެމެދު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. ވިލާ އަށް ދޫކޮށްފައި ވަނީ 25،000 އަކަފޫޓްގެ ބިމެކެވެ.

އައްޑޫގެ ތަރައްގީގެ ޕްލޭނުގައިވާ ތައުލީމީ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން މަތީ ތައުލީމު ދޭ އިންސްޓިޓިއުޝަންތައް ގާއިމުކުރަން ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރަން ހުޅުވާލި ފުރުސަތުގެ ތެރެއިން ވިލާ އަށް ބިން ދޫކުރި އިރު، އެތަނުން މިހާރު ވެސް އަންނަނީ ވިލާ ކޮލެޖްގެ ކެމްޕަހެއް ހިތަދޫގައި ހިންގަމުންނެވެ.

އިންސްޓިޓިއުޝަންތައް ހިންގަން އައްޑޫން ބިން ދޫކުރަން ނިންމީ އެޕްރީލް 29 ގައި ބޭއްވި ކައުންސިލްގެ 91 ވަނަ ބައްދަލުވުމުގަ އެވެ. ތިން ކެޓަގަރީއަކަށް ބިން ދޫކުރަން ނިންމައި އެކަން އިއުލާންކުރީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އެގޮތުން ދޫކުރަން ނިންމީ 5،000 އަކަފޫޓްގެ ދެ ބިމާއި 10،000 އަކަފޫޓްގެ އެއް ބިން އަދި 25،000 އަކަފޫޓްގެ އެއް ބިމެވެ.