މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް. --- ފޮޓޯ: މަޖިލިސް
22 އޮކްޓޯބަރ 2019 - 15:05
ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ އަތުން ޖެހި، ކެލާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފަށް މިއަދު އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފި އެވެ.
މަޖިލިހުގެ އިދާރާގެ ތެރޭގައި ގާސިމް، ޝަރީފަށް ހަމަލާ ދެއްވި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަމަށް އެކަން ގެންނަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ގާސިމް، ޝަރީފް ހަމަލާ ދެއްވުމުގެ ސަބަބުން ޝަރީފްގެ ބޮލަށް އެނބުރުން އަރާފައިވާ ކަމަށެވެ. އަދި އެކަން ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"މިފަދަ ކަންކަން ހިނގައިގެން ވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އާޒިމް ވިދާޅުވި އެވެ.
#friendlyfire @qasimibrahim @kelaaibrey pic.twitter.com/5JawfWtHfq
— Anwer Ibrahim (@anweriburahim) October 22, 2019
ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހޮސްޕިޓަލަށް ގެންދާ ވީޑިއޯ
އާޒިމް އެކަން ފާހަގަކުރެއްވުމާ ގުޅިގެން ނަޝީދު ވަނީ ޝަރީފްގެ ހާލު ބެއްލެވުމަށް ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމަށް އަންގަވައިފަ އެވެ. އެކަމާ ބެހޭ ގޮތުން ނަޝީދު ފަހުން ވާހަކައެއް ނުދައްކަވަ އެވެ.
ގާސިމަށް ކުރާ ތުހުމަތާ ގުޅިގެން މަޖިލިހުގެ ޖަލްސާގައި އޭނާ ވިދާޅުވީ ޝަރީފަށް ހަމަލަ ދެއްވާފައި ނުވާނެ ކަމަށެވެ. އެކަމަކު، އޭނާ "ސޭޓޭ ގޮވީމާ" އަތް ދިއްކޮށްލެއްވި ވަގުތު، އަތުން ޖެހުނީ ކަމަށް ވިދާޅުވި އެވެ. އަދި އެގޮތަށް އަތް ދިއްކޮށްލެއްވީ ސަމާސާކޮށްލުމުގެ ނިޔަތުގައި ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަތުން މަޑުމަޑުން ޖެހިލީ، އެހެންވެ އެ ވާހަކަ ވެސް ބުނެލީ، ރައްޔިތުންނަށް ހީވާނެ އަޅުގަނޑު މީހަކު ގައިގައި ތަޅައިގަތީއޭ، އެހެނެއް ނޫން، ސަމާސާއެއް ކުރި ކުރުމުގައި އަތް ޖެހުނު އޭނާގެ ބޮލުގައި، އެއީ ތެދު ވާހަކައެއް، ވަރަށް މަޑުމަޑުން ގޮސް ޖެހިލީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޝަރީފްގެ ބޮލަށް އެނބުރުން އެރި ނަމަވެސް އެއީ އޭނާގެ ފަރާތުން ވީ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މިއީ "ފިލްމު ކުޅޭ ތަނެއް" ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރަނާ
24 October 2019
އަޅުގަނޑުމެން ބޭނުންވާ ފޮޓޯއާއި ވީޑިޔޯ ލިބިއްޖެ. ޝުކުރިއްޔާ މަޖިލިސް ރައީސް
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
23 October 2019
ސުބްހާނަށްﷲ ؟ މިހާތަނަށް އޮނަރަަބަލް ގާސިމް އިބްރާހިމް ދިއްކޮށްލެއްވި އަތްޕުޅުން ވަނީ ( މާލީ ) ( ސިޔާސީ ) ނަފާވެރިކަން އިންތިހާއަށް ލިބިފައި ވާ ވާހަކަތަށް އިޚްލާސްތެރިންގެ ފަރާތުން އިވިފައިވަނީ. މިފަހަރު ތިޔަ ދިއްކޮށްލެއްވީ އަނެއްކާ ކޮން އަތެއްތޯ އޭ .؟ މަތިންތޯ އޭ ؟ ތިރިން ތޯ އޭ ؟ އަޑިން ތޯ އޭ ؟
ނެގުނުކަތީބު
23 October 2019
ރައްޔިތުންނަށް މިއަދު ޑްރާމާ ދެއްކިދާނެ.
ރަށުމީހާ
23 October 2019
ޑުރާމާފުރަތަމަކުޅުނީގާސިމް ދޯ ހަނދާންކުރޭ ޑުރާމާ ސިލްސިލާކަށް ވާން އުޅުނު.މިކަން ދިވެހި ރާޖެ ދަން ނާނެ. ވސލ.
އިބޫ2019
23 October 2019
ނަސީބެއްނު އަދި ބާރަށް ނުޖެހިކަން، ތީ އަދި ބީއްސާލީމަ ވީވަރު، އަދި ކަންފަތް މައްޗައް އަތް ދޮވެލިނަމަ ބޮލާ ކަންދުރާ ވަކިވީސް ކަންނޭންގެ، ރާއްޖޭގެ ޗަކް ނޮރިސްތަ ސޭޓަކީ؟؟ މެމްބަރު ޝަރީފް އަށް އަވަސް ޝިފާއަކަށް އެދެން އައިސީޔޫއިން ނެރެވޭނެ ދުވަހެއްވެސް ނޭންގެ ދޯ.
ކެލައިންވަސްނުފިލާނެ
23 October 2019
ސޭޓު ކިޔުމަކުން މައްސަލައެއްނެތް ސޭޓޭ ބުނީމަ އެއީ ތިމާމީހާކަން އެނގެންޏާ ދެން ކޮބާ މައްސަލައަކީ އަނެއްކޮޅުން ސޭޓުކަންކޮށް ސޭޓުގެ ގޮތުގަ މަޝްހޫރުވީވެސް
ކްއިކްގަން މުރުގަން
23 October 2019
ކަލޯ ގަޔާ ގާސިމް މިހަރު ސަނީ ޑިއޯލްގެ ރޯލް ކުޅެން ފެށީ ދޯ. ގާސިމްގެ އައިތް މިހާރު ޑާއި ކިލޯ އަށް ބަދަލު ވީ ދޯ...
އަޒީޒު
23 October 2019
ފުޓުބޯލަ ދަނޑުގައި އަނެއް ކުޅުންތެރިޔާއަށް ރަތްކާޑު ދައްކުވަން ފޭކު ޖައްސާހެން މި މީހުންވެސް ދޯ
ޙުސާމް
23 October 2019
ގާސިމަކީ މިޤައުމުގެ ފަޚުރުވެރި ދީލެތި ކަމުގެ ނަމޫނާ އިންސާނެއް. ޤާސިމް ނުޖަހާނެ.
ފޫހިވޭ
23 October 2019
ދައުލަތުގެ އެމްބިއުލަންސް ގެ ބޭނުން ބޭކާރު ކޮށް
މަޒް
23 October 2019
ގާސިމާ މަނިކުފާނުގެ ކަންތައް މާ މައްޗަށް އިނގޭ ތިދަނީ.. މިިހާރު އެމްޑީޕީ މެމްބަރުން ގައިގަ ތަޅަންފެށީދޯ.. ސަރުކާރުން ގާސިމް ބޭރުން ކުރަން ގޮވާލަން