ލުތުފީ: ތަހުގީގަށް ބަޔާން ނެގީ މަޖުބޫރު ކުރުވައިގެން ކަމަށް ކުރި ތުހުމަތު ފުލުހުން ދޮގު ކުރޭ.
25 އޮކްޓޯބަރ 2019 - 11:51
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރުމުން، އެ އެކައުންޓް ފްރީޒް ކުރަން ނޭދުނީ، އޭނާ ފްރީޒްކޮށްފާނެތީ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުތުފީ ތަހުގީގުގައި ވިދާޅުވި ކަން ފުލުހުން ރޭ ހާމަކޮށްފި އެވެ.
ޝައްކު އުފެދޭ ފައިސާއެއް ޖަމާވުމުން، އޭސީސީގެ ދައުރަކަށް ވާން ޖެހޭނީ ކޯޓު އަމުރެއް ހޯދައިގެން އެކައުންޓް ފްރީޒްކުރުން ކަަމަށް ވަކީލުން ވިދާޅުވެ އެވެ. އެކަމަކު، ފައިސާ ޖަމާވި ކަން ޔާމީނަށް އެންގުމަށް ފަހު، އޭސީސީން އެމަނިކުފާނާ އެކު ހެދީ އެއްބަސްވުމެކެވެ. އެއީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އެސްކްރޯ އެކައުންޓެއް ހުޅުވައި އެ އެކައުންޓަށް ފައިސާ ޖަމާކުރުމަށެވެ.
ޚިޔާނާތުން ޔާމީން ދިފާއު ކޮށްދެއްވަން އުޅުއްވި ކަމަށް ތުހުމަތު ކުރާ ލުތުފީ ވަނީ ޚިޔާނާތުގެ މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލު އުފައްދަވައިފަ އެވެ. އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ޔާމީނަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގައި ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހުށަހެޅުމުން ހެކި ބަސް ދެއްވަން އިންކާރު ކުރެއްވީ އެވެ.
އެއީ، ބިރު ދައްކައި މަޖުބޫރުކުރުވައިގެން ބަޔާން ނެގުމުން ކަމަށް ލުތުފީ ކުރެއްވި ތުހުމަތަށް ފުލުހުން އިއްޔެ ދޮގު ކުރި އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވީ، ޚިޔާނާތާ ގުޅިގެން ލުތުފީގެ ތަހުގީގު ވެސް ފުލުހުން ހިންގައި ބަޔާން ނެގީ އެއްވެސް ބިރު ދެއްކުމެއް، ނުފޫޒެއް ނެތި ކަމަށެވެ. ވަރަށް އެކުވެރި މާހައުލެއްގައި ތަހުގީގު ކުރިއަށް ގެންދިޔައީ ލުތުފީ ދެއްކެވި ހުރިހާ ވާހަކަތަކެއްގެ ފުލް ރެކޯޑިންއާ އެކުގައި ކަަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
"މުޅި އިންޓަވިއުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް އަޅުގަނޑު އޭސީސީގެ ރައީސް ހަސަން ލުތުފީގެ ކައިރިން އަހައިލިން ޚާއްސަކޮށް އެއް މިލިއަން ޑޮލަރުގެ މައްސަލައެއް ހިނގައިދިޔައިރު ކީއްވެތޯ އޭރު އެ އެކައުންޓް ފްރީޒް ނުކުރެއްވީ. ޖަވާބުގައި ވިދާޅުވީ އޭރުން ފްރީޒް ވާނީ ތިމަންނަ ނޫން ހެއްޔޭ،" ރިޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތަހުގީގު ޓީމު އެއްކޮށް ތިބޭނެ އެ ޖަވާބު ދެއްވި އިރު."
ލުތުފީ އަށް އަދި ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ އެއްވެސް މީހަކަށް ބިރެއް ނުވަތަ ނުފޫޒެއް ނޯންނާނެ ކަން އެ ރެކޯޑިންތަކުން އެނގޭނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ރާއްޖެ އިން ބޭރުގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ ލުތުފީ ފުލުހުންގެ ތަހުގީގަށް ބަޔާން ދެއްވި އިރު ރެކޯޑު ކުރި ވީޑިއޯގެ ސީޑީ ބަލަން ޝަރީއަތުން ވަނީ ނިންމައިފަ އެވެ.
ޔަމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ، އޭސީސީއާ އެކު ވީ އެއްބަސްވުމާ ޚިލާފަށް، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް ފައިސާގެ އަސްލު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށެވެ.
ޔާމީންގެ އިތުރުން ލުތުފީގެ މައްޗަށް ވެސް ވަނީ މަނީ ލޯންޑަރިންގެ ތުހުމަތުކޮށްފަ އެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނުބޭ
27 October 2019
ލުތުފީ އަލަުގަނދުމެން ބިރުގަންނަވަން ދޭތެރެދޭތެރޭން އޭސީސީއަށް ދެމި. ކޮންމެ ފަހަރަކުވެސް ބުނަން އޭސީސީއަށް ވުރެ ޖަވާބުދާރީވާންޖެހޭ މަތިެރި ފަރާތެއްވެޔޭ އެހްނވީމާ އޭސީސީއަށް ގެންނަޖެހޭ ވަރުކަމެއްކޮފައި ނޯންނާނެޔޭ އަދި ސާބިތެއްވެސްނުވާނެޔޭ. ކޮންމެ މައްސަލއެއް ނިންމާ ތަހގީގު ރިޕޯޓް އޮންނީ ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއްނެތްކަމަަށް. އެންމެ ފަހުން ލުތުފީ މިބެދުނީ. ލުތފީ އަކީ އެމަގާމަށް ކުފޫ ހަމަވާ މީހެއްނޫން. ތިމާ އަމއްިލަ އަށް ބާރުލިބުނީމާ
އަބްދުއްالله
26 October 2019
މަނިކުފާނޭ؟ އެއީ މަލިކު މީހެއްތަ؟
ބޯވަ
26 October 2019
ލުތުފީ އެކަންޏެއް ނޫނެވެ. އެންމެންވެސް ތިފީ ފްރީޒް ކޮށްލަފާނެ ކަމުގެ ބިރުގައެވެ. އާތިފް ޝަކުރޫގެ ވާހަކައިންވެސް ދޭހަވީ އެކަމެވެ. ބީއެމްއެލްގެ ސީއީއޯ އާއި ގަވަރުނަރާއި ދެންތިބި ބަޔަކުވެސް އެފަދަ ހާލަތެއްގައެވެ. ފަޑިޔާރުންނާއި މަޖިލިސް މެންބަރުންވެސް މެއެވެ. އެޗްއާރުސީއެމެއް އޮޑިޓަރ ޖެނެރަލެއް އެހެން ތަނެއް ކިޔާނެ ކަމެއް ނެތެވެ. އެހެންވިމާއޭ މިކިޔަނީ ޔާމީނަކީ ޖަލުނޫން ތަނެއްގައި ހުންނަން ޖެހެ މީހެއްނޫނޭ.
ރާއްޖެ
26 October 2019
ތިމީހުން މަގާމއި ހަވާލުވެ ކުރި ހުވާގަ އޮތީ ޔާމީނު ބުނީމަ ބުނިގޮތަކަށް އޮންނާށޭތަ؟
ލުތުފީ
26 October 2019
މިކަން ބަލާ ނިމޭއިރު، އެގޭނެ ކާންދީ ބޮޑުކުރެވުނީ ނާގަހަރުފައެއްކަން.
ކަނބިލި
26 October 2019
މިދުވަސްކޮޅު އެ މްއެ މްޕީއާރއެސް ރިޕޯޓް ގެ ވާހަކަތައް ތިލަކޮށްލީ އެ މްޑީއެން ރިޕޯޓްގެ ވާހަކަތައް އޮއްބާލަންބާ؟. އެ މްޑީއެން ރިޕޯޓަކީ ދިވެހިންގެ ލެޔާ ގުޅިފައިވާ ރިޕޯޓެއް. މިކަން ހަނދާންކޮށްދެން. ދިވެހިންގެ ޢަގީދާއާ ކުޅެން ނޫޅޭތި. ދިވެހިން މމާ ބަލިކަށިކޮށް ތިބި ޒަ މާނުގައި މާޒީގައި ތިޔަ ކަން ކުރަން އުޅެ އޮތީ ނުވެފައި. މާޒީން ޢިބުރަތް ލިބިގަނޭ.
ބީތާވެދާނެ
27 October 2019
ދިވެހިންގެ ހަޒާނާ ކައި ހުސްކުރުމަކީ ދިވެހިންގެ ލެޔާ ގުޅުން ހުރި ކަމަކައް ނުވޭތަ؟ ދީނޭކިޔައިގެން އެހެންކަމަކާ ދޯ
ކެކެކެ
26 October 2019
"ފޮޓޯލޯގަނޑުރައީސް" ގެ 32 މިލިއަނަށް ކިހިނެއް ހަދަން ޖެހޭނީ؟ ކައި ގުޔަށް ހަދަންވީ؟
ހަސަންބެ.
25 October 2019
މިއީ ކަޑައެޅިގެން ރައީސް ޔާމީންގެ ކޯޓުގައި ހިގާ މައްސަލައަށް ނުފޫޒު ފޯރުވަން ފުލުހުން މިވަގުތު ނެރެގެން އުޅޭ ހަބަރެއް. އެކަމު އަންނަ މަހު ފަސްވަނަ ދުވަހު ކޯޓުން ރައީސް ނިކުމެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި. އޭގެފަހުން ޕީޕީއެމް ފަތުއަޑު ކިޔާފައި ސިޔާސީ ކަންތަކާއިގެން ކުރިއަށްގޮސް މިސަރުކާރު ބޮޑުތަނުން ބަލިކުރާނެ.
ދކޮވެލި
26 October 2019
ޔާމީނު މިނިވަނެއްގެ ގޮތުގައި ކޯޓުން ނުކުންނަކަމަށް ވާނަ މިރާއްޖޭހައި މިނިވަން ނޫން މީހަކު ނުހުންނާނެވެ. ރޯމާ ދުވާލު ދެލޯ ކުރިމަތީގައި ހިންގާފައިވާ ޖަރީމާ ތަކުގެ ވާހަކަ މިދައްކަނީ. ޔާމީނަކީ މިހާރުން މިހާރަށްވެސް ޖަލު ނޫންތަނެއްގައި އޮންނަންޖެހެ ފަރާތެއް ނޫނެވެ.
އަޕްނާ ބަނާނާ
25 October 2019
ތިހުރިހާ ކަމަކީ ފުލުހުން އުފައްދާ ފިލްމު.. މޑނގެ އަޑުކަޑުވާލަން ބޭކާރު ވާހަކަދައްކަނީ. ރައްޔިތުން ގަބޫލުކުރަންވީ ލުތުފީގެ ކޮންއިރަކު ދެއްކިވާހަކަތަކެއްތަ. ލުތުފީ ފަހުންވެސް ވާހަކަދެއްކީ ފުލުހުން ބިރުދައްކާފަ ނެގިބަޔާނެކޭ ކުރިން ފްރީޒުކޮއްފަނެތީއޭ ބުންޏޭވެސް ތިބުނަނީ ލުތުފީ އެހެންވީމަ ލުތުފީގެ އެއްވެސް ވާހަކައެ މިވަގުތު މުހިއްމެނޫން. ލުތުފީ ކަންކުރަންޖެހޭގޮތް ވަކީލުންބުންޏޭވެސް ތިކިޔަނީ އެކަން ނުކޮށްއޮއްވާ އޭނަ ހެކިވެރިޔަކަށްލީވެސް ދައުލަތުން.
ޒުވާރި
25 October 2019
ހޭޝްޓެގް ބޭންލުތުފީ
ހޫން
25 October 2019
ވަޓްއަ - ޖޯކް.
ކަޅަނގައިރި
25 October 2019
ފައިސާ ޖަމާވެފަވަނީ އެކްސްކްރޯ އެކައުންޓް ހެދުމުގެ ކުރިން ކަމަށްވާތީ ޔާމީނު ކުށްވެރިވާނެ އެހެން ނޫނަސް ޒަމާނުއްސުރެ ރަށުތެރޭގަ އަޑުހުންނަގޮތަށް ބަލައިރު ޔާމީނަކީ ކުށުގެ އިލްޒާމް އޮންނަ މީހެއް އަދީބު ބުނީ އޭނާގެ މައްސަލައެއް ވެއްޖެއްޔާ އޭރު އެއީ ސައިބޯނި ބޮތްކެއް ކަމަށް
އޭޒަމާނާ ވަގުތު ދިޔައީ
25 October 2019
ޒަމާން ވަރަށްގިނަވާހަކަ ބުނެދީފަވެއްޖެ. އެކަންކަމަށް ބަލާނަމަ ރާއްޖޭގަ ގިނައީ ވަގުންނާ ހިޔާނާތްތެރިންނާ މުޖުރިމުން.. އިލްޒާމު އެޅުވުމާ ޝައްކާ ވަހުމް އުފެއްދުމަކީ މުސްލިމުން ކޮއްގެންވާނެ ކަމެއްނޫނޭ ދީނީ އިލްމުވެރިން ބުނެދޭތާވެސް ޒަމާންވެއްޖެ ތުހުމަތުނުކޮށް ހެކިހުށަހެޅުމަކީ އޮންނަގޮތް. މިއީވެސް ޒަމާންބުނެދޭ ރީތި މިސާލު. ޒަމާނުއްސުރެ ދީނަށް ގެއްލުންދޭ ގައުމަށް ގެއްލުންދޭ ބަޔަކު އެބައުޅެޔޭ ވެރިކަމުގަވެސް ކިޔާއުޅެނީ ޒަމާންތައް..