މަސްތުވެގެން ހުރި މީހަކު މަހާނައެއް ކޮންނަނިކޮށް ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށީގައި މަސްތުގެ ހާލަތުގައި ހުރި ދިވެއްސަކު މަހާނައެއް ކޮށްނަން އިންދާ އިއްޔެ ހައްޔަރުކޮށްފި އެވެ.


ފުލުހުން ބުނިގޮތުގައި 19 އަހަރުގެ މީހާ ހައްޔަރުކުރީ އިއްޔެ އިރުއޮއްސި 6:30 ހާއިރު ކުޅުދުއްފުށީ ކުޑަ މިސްކިތުގެ ގަބުރުސްތާނުގައި ހުރި މަހާނައެއް ކޮށްނަން އިންދަ އެވެ.

މަހާނަ ކޮނެ އެއްޗެހި ވަޅުލުމާއި މިނިކަށި ނެގުމަކީ އާންމު ގޮތެއްގައި ސިހުރުވެރިން ކޮށް އުޅޭ ކަމެކެވެ. މީގެ ދުވަސްކޮޅެއް ކުރިން މާލެއިން ވެސް ވަނީ ސިހުރު ހަދާފައިހުރި ކަމަށް ކަމަށް ބެލެވޭ އެއްޗެހިތަކެއް ގަބުރުސްތާނެއްގެ ތެރެއިން ނަގަން އުޅުނު ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ގަބުރުސްތާނުގައި މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅުމަކީ ވެސް ކުރާ ކަމެކެވެ. ނަމަވެސް ކުޅުދުއްފުށީގައި ހައްޔަރުކުރި މީހާ އެކަން ކުރީ ކީއްވެ ކަމެއް ނޭނގެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.