ބަންޑާރަ ނައިބު ރިފްއަތު: ފެނާއި ނަރުދަމާގެ ބިލެއް އެކުލަވާލައި، ރައީސް އޮފީހަށް ވަނީ ފޮނުވާފައި -- މިހާރު ފޮޓޯ/ހުސައިން ވަހީދު
18 ނޮވެމްބަރ 2019 - 16:59
ފެނާއި ނަރުދަމާގެ ބިލެއް ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލައި، ރައީސް އޮފީހަށް މިއަދު ފޮނުވައިފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ފެނާއި ނަރުދަމާގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ފޮނުވީ ސިއްހީ ގޮތުން ރައްކާތެރި ފެން ރައްޔިތުންނަށް ލިބޭކަން ކަށަވަރު ކުރުމަށާއި ފެނުގެ ވަސީލަތްތައް ރައްކާތެރިކޮށް، ތަރައްގީ ކުރުމާއި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް އެކަށީގެންވާ ނަރުދަމާގެ ނިޒާމެއް ގާއިމްކޮށް، އޭގެ ފައިދާ ލިބޭނެ ކަށަވަރު ކުރުމަށް ކަމަށެވެ.
މީގެ އިތުރުން ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނާއި ސިނާއީ ރަށްރަށުގައި ވެސް އެކަށީގެންވާ ފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެކަން ކަށަވަރު ކުރުމާއި އެފަދަ ޚިދުމަތް ދޭ ފަރާތްތައް ރެގިއުލޭޓް ކުރުމާއި ފެނުގެ ވަސީލަތްތަކަށް ލިބޭ ގެއްލުންތައް ކުޑަ ކުރަން ބާރު އެޅުމާއި އެފަދަ ނިޒާމުތަކަށް ގަސްދުގައި ދޭ ގެއްލުންތަކުގެ ސަބަބުން ނުވަތަ ބެލެހެއްޓުމުގައި އިހުމާލުވުން ލިބޭ ގެއްލުންތަކާ މެދު ފިޔަވަޅު އެޅުމުގެ ނިޒާމެއް ގާއިމް ކުރުމަކީ ވެސް އެ ބިލްގެ މަގްސަދެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރޭގައި އަލަށް ތައާރަފްކުރާ ގިނަ ގާނޫނުތަކާއި އިސްލާހުކުރާ ގިނަ ގާނޫނުތަކެއް ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް ގާނޫނުތައް މިހާރު ވަނީ ފާސްކޮށް، އަމަލުކުރަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓޯޗު
19 November 2019
ކަލޯ މިއޮއްހުރިހާދުވަހެއްގެބިލުހާދަބޮޑުވާނޭދޯ
ާއުނިމާ
18 November 2019
ގެދޮރުވެރިކަމުގެ ބިލެއް ލާބަލަ! އެންމެނަށް ބޯހިޔާވަހިކަން ޖަހާފަ، އެއަށްވުރެ މުހިއްމުކަމެއް ނެތޭ!
ahmed
18 November 2019
އެށްކަމެއްވެސްނުވާނެ ސޮރީ
ބަބުރުލް ސަލީމް
18 November 2019
ތީ މުހިއްމުބިލެއްނޫން. ބަދަލުނަގައިނުދެވޭ ބިލެއް މަޖުލީހަށްލާބަލަ. މީސްމީހުންނަށް ބަދަލުދީދީ އަހަރުގެ މެދުތެރެއަށް އަޅާލަންވާއިރަށް ބޭތުލްމާލުގެ ބަނޑުފިލާގަނޑުވެސް ނޯވޭ.