ޚަބަރު / ހައުސިން ޔުނިޓް

7،000 ފްލެޓުގެ ޑިޒައިނަށް ބަދަލު ނުގެންނަން ނިންމައިފި

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫއުގެ އިމާރާތެއް: މި ފްލެޓްތަކުގެ ޑިޒައިނަށް ބަދަލު ނުގެންނަން ވަނީ ނިންމާފައި. --ފޮޓޯ/މިހާރު

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓުގެ ޑިޒައިނަށް ބަދަލު ނުގެންނަން ސަރުކާރުން ނިންމައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިމާރާތް ކުރަން ފެށި ދެ ކޮޓަރީގެ ފްލެޓްތައް ކުޑަކަމުން މި ސަރުކާރުން ވިސްނީ ޑިޒައިނަށް ބަދަލު ގެނެސް ފްލެޓްތަކުގެ އަދަދު މަދުކުރުމަށެވެ. ހައުސިން ޑިވެލޮމްޕަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ކުރިން ބުނެފައިވާ ގޮތުގައި ދެ ކޮޓަރީގެ ފްލެޓްތައް ތިން ކޮޓަރި އަށް ބޮޑުކުރުމުން ފްލެޓްތަކުގެ އަދަދު 3،588 އަަށް މަދުވާނެ އެވެ.

މިގޮތަށް ބަދަލުކުރަން ކަމާބެހޭ އިދާރާތަކުން މަޝްވަރާ ކުރުމަށް ފަހު ނިންމީ އަދަދު މަދު ނުކުރުމަށެވެ.

ހިޔާ މަޝްރޫއުގައި 25 ބުރީގެ 16 ޓަވަރު އަޅަމުން އަންނަ އިރު ފްލެޓެއްގެ ބޮޑު މިނަކީ 550 އަކަ ފޫޓެވެ.

ޓުވިޓާގައި އާއްމުކޮށްފައިވާ، ހުޅުމާލޭގައި އިމާރާތްކުރާ 7،000 ފްލެޓުގެ ވީޑިއޯއެއް.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހްމަދު "މިހާރު" އަށް މިއަދު ވިދާޅުވީ ޑިޒައިނަށް ބަދަލު ނުގެންނަން ނިންމީ މަޝްވަރާ ކުރަމުން ދިޔައިރު، ލިބުނު ހިޔާލުތަކަށް ވެސް ބެލުމަށް ފަހު ކަމަށެވެ. އަދަދު ވަރަށް ބޮޑުތަނުން މަދުވާން ބައެއް މީހުން ނޭދޭއިރު، މި ވަގުތަށް ބަލާއިރު ފްލެޓްތައް އެގޮތަށް ބަހައްޓަން ހިޔާލު ލިބުނު ކަމަށް ވިދާޅުވި އެވެ.

އެހެން ނޫނަސް، ފާރުތައް ތަޅާލައިގެން ޑިޒައިނަށް ބޮޑު ބަދަލެއް ގެނައުމަކީ ގޮންޖެހުން ބޮޑު، ހަރަދުގެ ގޮތުން ބަލާއިރު ވެސް އުނދަގޫތަކެއް ކުރިމަތިވާނެ ކަމެއް ކަން ސުހެއިލް ފާހަގަކުރެއްވި އެވެ.

"އެހެންވެ މަޝްވަރާތަކުން ނިންމީ ޑިޒައިނަށް ބަދަލު ނުގެނެސް ނިންމަން. މިހާރު އުއްމީދުކުރަނީ ތާޑް ކުއާޓަ [އަންނަ އަހަރުގެ ޖުލައި- ސެޕްޓެމްބަރު]ގެ ތެރޭގައި ފްލެޓްތައް ނިމެނޭ ކަމަށް. ސީދާ ވަކި ތާރީހެއް އަދި ދަންނަވަން އުނދަގޫ،" ސުހެއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނިންމާފައި އޮތީ ތަށިމުށިޖެހުމާއި ކުލަލުން ފަދަ ފިނިޝިން މަސައްކަތްތައް ނުނިންމައި ފްލެޓް ހަވާލު ކުރުމަށެވެ. އެކަމަކު މިހާރު ވިސްނުމަކީ ހުރިހާ މަސައްކަތެއް ނިންމާފައި ފްލެޓް ހަވާލުކުރުމެވެ.

އެކަމަށް، 40 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް ސަރުކާރުން އަންނަނީ ވާހަކަ ދައްކަމުންނެވެ.

ބޯހިޔާވަހިކަމަށް ބޮޑު ހައްލެއް ގެންނަން ޔާމީންގެ ސަރުކާރުން ފެށި ހިޔާ މަޝްރޫ އަށް ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ފޯމުލި އެވެ. އޭގެ ތެރެއިން ފްލެޓް ލިބޭނެ މީހުންގެ ލިސްޓު ޔާމީންގެ ސަރުކާރުން ވަނީ އާއްމުކޮށްފަ އެވެ. އެކަމަކު އެ ފްލެޓްތައް ދެނީ ބޭއިންސާފުން ކަމުގެ ތުހުމަތާ އެކު މައްސަލަތައް ބަލަން އާ ސަރުކާރުން ވަނީ ކޮމިޓީއެއް އެކުލަވާލައިފަ އެވެ.

އެ ކޮމިޓީން އެ މަސައްކަތް ކުރަމުން އައި ނަމަވެސް މިހާތަނަށް ގޮތެއް ނުނިންމަ އެވެ. އެންމެ ފަހުން ބުނެފައި ވަނީ، ދިރިއުޅުމުގެ ހާލަތު ބަލަން ވަރަށް އަވަހަށް ގޭގެއަށް ޒިޔާރަތްކުރަން ފަށާނެ ކަމަށެވެ.

މި ކޮމިޓީގެ މަސައްކަތް ނިންމަން ރައީސް އޮފީހުން އޮތީ މުއްދަތެއް ދީފަ އެވެ. އެއީ އަންނަ ޑިސެމްބަރު 15، އެވެ.

79 ކޮމެންޓް, 152 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 9%
icon angry icon angry 34%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސިދާ

21 November 2019

މި އަނިޔާވެރި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރިވަރު ހާމަވެގެން ތިދަނީ މަކަރުވެރިން ގިނަ ސަރުކާރެއް. ދޮގު ހެދުން އެންމެ މަތީގަ

The name is already taken The name is available. Register?

ފަހީމާއިބުރޭ

21 November 2019

ސިނަމާލެ ، މާލޭ ހިޔާ ފްލެޓުތައް ޑިޒައިންކުރި އިރު ދެކޮޓަރި ބެދޭ ތަނަށް ފާޚާނާއެއް ބޭރުން ވަންނަ ގޮތަށް ލާފަ ތިންވަނަ ކޮޓަރީގަވެސް އެޓޭޗް ޓޮއިލެޓްގެ ބަދަލުގައި ބޭރުން ވަންނަގޮތަށް ފާޚާނާ ހެދުން މީ ބަލައިގަނެވޭނޭ ކަމެއްނޫނެވެ. ދިވެހިން ޤަލޯހާޖާ ކުރުމާ އި ގައިންތާހިރުވުމުގައި ގެދޮރު އަޅާއިރު ކަންކުޅައީކީ މިހެނެއ ނޫނެވެ. ބޭރުގަ ހުންނަ ގޮތަށް ރާއްޖޭގައި ފްލެޓް ޑިޒައިން ކުރަން ހެޔޮވެސް ނުވާނެއެވެ.ދެފޫޓް ދެފޫޓް ވިޔަސް ފާޚާނާ އެޓޭޗްކޮށްލަދެއްވާ އަސްލަމް

The name is already taken The name is available. Register?

ކަލަސް

20 November 2019

ފްލެޓުތަކަށް ބަދަލުގެނައުމަށް 6 މަސް ވަންދެން މަސައްކަތް ހުއްޓުވާފަ، 365 ދުވަސް ފަހުން މި ބުނަނީ ބަދަލު ނުގެންނަން ނިންމީއޭ. ބަދަލު ނުގެންނަން ނިންމުމަށްޓަކައި 365 ދުވަސް ނެގީމާ އަހުރެންގެ ތަލި މީނީ ވެއްޓި ކުޅު ހިކިފަ. މުއިއްޒު ބުނީ 2019 އޭޕްރިލްގަ ނިމޭނޭ. ވީމާ، ބަދަލު ނުގެނެސް ނިންމަން 2020 ގެ އޮކްޓޯބަރ ވީމާ ތަންކޮޅެއް ބޮޑުވަރު. އެއީ އިތުރު 550 ދުވަސް. އަދި އެވެސް ޔަގީން ތާރީޚެއް ނޫން. ސުހޭލު އިސްތިއުފާދީ

The name is already taken The name is available. Register?

އުމޭ

20 November 2019

ހާދަވަރުގަދަ ކޮތަރުކޮށިތަކެކޭ! ހިލޭދިނަސް ތިތާނގައުޅެން ބޭނުމެއްނޫން.

The name is already taken The name is available. Register?

ފުންއަސަރު

20 November 2019

ފަސޭހަ ހަމަ އެންމެނަށްވެސް ފަސޭހަ. އެކަމަކު ތިޔަތަނަށް އެއްވެސް ބަދަލެއް ނުގެނެސް ތިތަން ނިންމީމަ، މިސަރުކާރަށް އެއްވެސް ކަމެއްނުކޮށް ފަރުޖައްސާލެވުނީކަމުގާ ދެކެން. ދެންއޮތީ ތަނާހަވާލުވާން ތިބި މަމެންކަހަލަ އިތުރުގޮތެއްނެތް މީހުން. ކިތަންމެ ކުޑަޔަސް ތަކުލީފަކާ ކުރިމަތިވިޔަސް، ތަނާހަވާލުވާނެ. އަދި މުޅިއުމުރު އެގޮތުގާ ވޭތުކުރަންޖެހޭނެ. ހަގީގަތަކީ މީކީ ދުވަހުކުއްޔަށް ހިފާތަނެއްނޫންކަން ބޮޑުންނަށް ނުވިސްނޭތީ. ނޫނީ ހުންނަ ޖާހިލުކަމަކުން ކަންނުކުރާތީ!

The name is already taken The name is available. Register?

ނާޒީ

20 November 2019

އެ ކޮމެޓީގެ މުސާރަ ބަރާބަރަށް ހިނގާނެތާ.... އަވަހަށް ނުނިންމާތި. ކޮންމެ ކަމެއްގައިވެސް ވަނީ މިވަރު... ވެރިކަން ގެންނަން ކުރި ބުރަ މަސައްކަތުން އާންމުންނަށް ލިބޭ މަންފާ ދަނީ ކުޑަވަމުން ... ވަކި ބައެއްގެ ޖީބު

The name is already taken The name is available. Register?

ޕިސްޕިސް

20 November 2019

މިހުރިހައި ދުވަހެއް ކޮށްފަ ބުނަން އެގުނީ ތިހެން. އަހަރެމެން ތިތަނަކަށް ނުވަދެވިފަ މިތިބެނީ. ބޯހިޔަވެހިކަމެއް ދީބަލަ ލަގްޒަރީ އެޕާޓްމަންޓެއް ނުދިނަސް.

The name is already taken The name is available. Register?

މަމީ

20 November 2019

ތަށިމިށީ ނުޖަހާ ކުލަ ނުލާ ދީބަލަ އަވަހަށް، އޭރުން ވަންނަ މީހުން އެމީހުން ބޭނުންވާ ގޮތަކަށް ތަށިމުށިޖަހާފަ ބޭނުން ކުލައެއްލައިގެން އުޅެދާނު، މިހާރު އަވަހަށް ތިތަނަށް ވަންނަން ވިއްޔާ ބޭނުންވަނީ

The name is already taken The name is available. Register?

ާއާރިފާ

20 November 2019

ރައްޔިތުންނަށް ރަގަލު ހިދުމަތެއް ދެވޭނީ ރެގިއުލޭޓް ކުރާ މިނިސްޓްރީ ހަރު ދަނާ ވެގެން. ހައުސިންގް މިނިސްޓްރީން ވަޒީފާ ދެނީ ޔާމިންގެ މީހުންނަށް. ވަރަށް ރޭވިގެން ހިގާކަމެއް.

The name is already taken The name is available. Register?

ކޮލަމާފުށި މޮޔަސޮރު

20 November 2019

މިނިސްޓަރ އާތިފާ ޕްރެސަރެއް ނެތި މަގާމުގައި ހުރުމަށް ހުރިހާ ކަމެއް ގުރުބާން ކުރަނީ. ރައްޔިތުން ނަށް ހުރިހާ ދެރައެއް.

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
25%
ނުފެނޭ
75%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454