އދ. މަންދޫ: 83 އަހަރުގެ ފިރިހެނެއް ނުފެނިގެން އެ ރަށުގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ޓްރިޕް އެޑްވައިޒަ
20 ނޮވެމްބަރ 2019 - 23:51
އދ. މަންދޫގައި ދުވަސްވީ މީހަކު ގެއްލިގެން ހޯދަން މިރޭ ފަށައިފި އެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަނީ އުމުރުން 83 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ގެއްލިގެން އުޅޭ ކަން ފުލުހުންނަށް ހުށަހެޅީ އިޝާ ނަމާދަށް ފަހު އޭނާ ނުފެނުމުންނެވެ. އަދި މި މައްސަލަ އެތަނަށް ހުށަހަޅާފައި ވަނީ 9:30 ހާ އިރު ކަމަށް އެތަނުން ބުންޏެވެ.
އެ މީހާ ހޯދަން ފުލުހުންގެ ޓީމެއް މިހާރު ވަނީ އެ ރަށަށް ގޮސްފަ އެވެ. އެންމެ ފަހުން އޭނާ ފެނުނު އިރު ލައިގެން ހުރީ މުންޑެއް އެކަނި ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy