ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ހޭލުންތެރިކުރުވަން ހަދާފައިވާ ޕޯސްޓަރެއް---
24 ނޮވެމްބަރ 2019 - 19:35
ތޭރަ އަހަރުގެ އަންހެން ކުއްޖާ އެއްވެސް ކައިވެންޏެއް ކުރިކަން މިހާތަނަށް އެނގެން ނެތް ކަމަށް ކަމާބެހޭ އިދާރާތަކުން މިއަދު ބުނެފި އެވެ.
ދޯންޏެއްގެ ތެރޭގައި ޒަަހަމްކޮށްލައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މޫދަށް ވައްޓާލި ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދު ގާނޫނީ ހަމަތަކާ ހިލާފަށް ކުޑަކުއްޖަކާ ކައިވެނިކޮށްގެން އުޅޭކަމުގެ ތުހުމަތުތައް ވަނީ ކޮށްފަ އެވެ. އެއާއެކު ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ.
އެކަމާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް ހޯދާފައިވާ މައުލޫމާތަށް ބަލާއިރު، އެ ކުއްޖާ އެއްވެސް މީހަކާ ކައިވެނިކުރިކަން އެނގެން ނެތް ކަމަށެވެ. އެހެންވެ އެ ކުއްޖާ އުޅެނީ ކޯޓުން ބޭރުން ކައިވެނިކޮށްގެން ކަމެއް ނުވަތަ ނޫންކަމެއް އެއްވެސް އިދާރާތަކަށް އަދި ކަށަވަރެއް ނުވެ އެވެ.
ނަމަވެސް ޖެންޑާ މިނިސްޓްރީން އިއްޔެ ބުނީ ކުޑަކުއްޖަކު ބަލިވެއިން ކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ވަގުތުން ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި ތުހުމަތުކުރެވޭ ބޮޑެތި މީހުންނާ މެދު ފިޔަވަޅު އަޅައިދިނުމަށް ފުލުސް އޮފީހަށް ހުށަހަޅާފައިވާ ކަމަށް ބުންޏެވެ.
އެ ބަޔާނުގައި ބުނިގޮތުގައި އެއް އާއިލާއެއްގެ ކުދިންތަކެއް ތައުލީމާއި ސިއްހީ ހައްގުތަކުން މަހްރޫމްކޮށްފައިވާ ކަމުގެ މައުލޫމާތު ޖޫން 6، 2018 ގައި ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށެވެ. އޭގެ ފަހުން ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން މައްސަލަ ތަހުގީގުކޮށް ގާތުން ބަަލަމުން އަންނަ ކަމަށް ބުންޏެވެ.
އަންހެން ކުއްޖާގެ އާއިލާއަކީ ދީނީ ހަރުކަށި ވިސްނުން ގެންގުޅޭ ބަޔަކަށް ވާއިރު އެކަމުގެ ސަބަބުން އެ އާއިލާ އަށް ނިސްބަތްވާ ކުދިންނަށް ވެސް އެކަށީގެންވާ ތައުލީމްގެ ފުރުސަތުތަކާއި ސިއްހީގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ހައްގުން މަހްރޫމްވެފައިވާ ކަމަށް ބުންޏެވެ.
ނަމަވަސް އެކަން ހައްލުކޮށް ކުދިންނަށް ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކުން ކުރަމުން އަންނަ ކަމަށް ބުންޏެވެ.
"ދީނުގެ ނަމުގައި ހައްދުފަހަނައަޅާ ދިއުމުގެ ސަބަބުން ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބި ކުޑަކުދިން ކުށުގެ ޝިކާރައަކަށް ވެގެންދިއުމަކީ ސަރުކާރުން އަޅާނުލާ ދޫކޮށްލާނެ މައްސަލައެއް ނޫނެވެ. އެފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ ކުުދިންނަށް އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމާއި އެފަދަ މައްސަލަތަކުގައި އަޅަންވާ ގާނޫނީ ފިޔަވަޅު އަޅަމުންދާނެކަމުގެ ޔަގީންކަން އަރުވަމެވެ،" ބަޔާނުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖްވާ
26 November 2019
ޖޫން މަހު ލިބުނު އިންޓެލް ރިޕޯޓުން އަދިވެސް ތަހްޤީޤު ކޮށް ނުނިމޭތީ މީ ހިތާމަ ހުރި ކަމެއް!
ޢަލީބެ
25 November 2019
ނޯޓުކޮށްލައްވާ. 2018 ޖޫން ގަ. ފުލުހުންގެ އިންޓެލް އަށް އެނގުނު. ޔާމީނަށް އެދުވަސްވަރު ރިޕޯޓު ލިބޭތޯ. ހުރިހާ ކުދިންނަށް ތައުލީމުގެ ފުރުސަތު ދޭނަމުން ގެންދިޔަ ފުލުހުން އަދިވެސް ތަހުގީގުގަ.!!!!!
ދަގަނޑުދަހަނާ
25 November 2019
ނޭނގޭނެތާ! ކައިވެނީގެ ސެޓްފިކެޓު ދީފަ އޮތީ އައިސިސްއިން ވިއްޔަ!
ޙިނި
25 November 2019
ޑީއެންޢޭ އަކީ ފިލްމު ތަކުގަ ހަދާ އެއްޗެއް
ފޮލާސި
25 November 2019
ބަލަ ޑީ އެން އޭ ހެދީމަ އެއީ ކާކުގެ ދަރިއެއްކަން އެގޭނެ. ދެން އެ ޑީ އެން އޭ އިން ހޯދޭ މީހަކަށް ކުޑަ ކުއްޖަކު ރޭޕު ކުރިކަމުގެ ދައުވާ ކުރަންވީ. މީ އަންނި ބުނާ ތަން. ޕޮލިހުން ތިބެނީ ފަހަތު ފަޔަށް ބުރަވެފަ ރޭޕު ކުރިކަމަށް ނުހަދައި، ވަލީދިން ބަފަޔަށް ދަރި އަކު ރޭޕު ކުރަން ދޫކުރި ކަމުގެ ތުހުމަތު ނޮކޮށް. ވައި؟ ދީނީ؟
އެންދެރި
25 November 2019
ކައިވެނި ނުކޮށް އަތިރިމަތީ އަނދިރި ގަނޑުގަ ކަންކަން ކުރުނަކީ އާއްމު ކަމެކެވެ. ބަޔަކު އަޅައެއް ނުލަ އެވެ.
ދީންދަސް ކުރާ މީހަ
25 November 2019
ކަންގޮތް ނޭގޭތި ކޮއްލެ ކޮމެއްޓެއް! އިސްލާމް ދީނުގަމީހުނާ އިދެވޭއުމުރަކީ ކޮބައި؟ ހައިލު ނުވަތަ ބާލިގު ވީމަތޯ!ބައެއްކުދިން ނުވައަހަރުގަ އަނެބައި ކުދިން 13 އަހަރުގަވެސް ހައިލުވެދާނެ؟ ދީނުގަ މިގޮތައް އޮތްކަމުގަ ވިއަސް އެކަމަކީރަގަޅު ކަމެއް ނޫކަމައް ދެކުމަކީ ދީގޮތުންކޮންކަހަލަ ކަމެއްތޯ؟ ދީނުގަ މެހެން އޮވެއްޖެ ނަމަ ސަތޭކަ ޕަސެއްޓު މުސްލިމުގަ އުމެއްގަމިގޮތައް ކަނުކުރަނީކީތްވެ؟؟ދީނުގަ އޮނާނެތަ ކުރަންނުވާވަރު ހަޑިކަމެއް ގޯސްކަމެއް؟؟އެގޭބޭފުޅަކުބުނެދީބަލަ
އަލީ!
25 November 2019
ތިއޮތީ ރަގަޅަށް ފުލުހުންނާ ޖެންޑާމިނިސްޓރީ އަނދިރި ދައުލަތާ ބައިއަތުހިފާފަ.
ރީތިއުޅުން
25 November 2019
ސަރުކާރުން ކުރުވާކަންތައް މީ. އަނެއްކާވެސް ކަމެއްވީމަ އެވާހަކަ ދައްކާލާފަ ނިންމާލާނެ.
އަހުމަދު އަލޯ
24 November 2019
ސިޓީ ބިޓީ ނުލާ ނޫނީ މުއައްސަސާ ކުރިމަތީ މުޒާހަރާ ނުކުރާ ކަމެއްވިއްޔަ ބެލޭކަށް ނޯވޭ އެއްވެސް މުއައްސަސާކަށް، އެއީ އާދައިގެ ދެރަ ނިކަމެއްޗެއްގެ ކަމެއްވިއްޔާ! އެކަމަކު ސިޔާސީ މީހެއްގެ ގޭގައި އިން ގަހަކުން ފަތެއް ވެއްޓުނަސް އިންޓެލިޖެންސަށާއި ދެން ޖެހުނު ތާކަށް އެނގޭނެ. ބަލަގަ ކުޑަކުދިންނަށް އިހާނެތިވުމަކީ ކިހާދަށު ދަރަޖައިގެ ކަމެއް! ލަދު ގަނޭ މިތާ އުޅެން.