ޓްރިފްއެޑްވައިޒާ އާއި އޮއިސްޓަ ޑޮޓްކޮމް އަށް ފޮޓޯ ނަގައި އަދި ލިޔެދޭ މީހަކު ރާއްޖެ އެތެރެވިޔަ ނުދީ، ދެ ފަހަރަށް ފޮނުވާލާފައިވާ ކަމަށް އޭނާއާ ހަވާލާދީ ބޭރުގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފި އެވެ.

އަންހެން ލިޔުންތެރިއެއް ކަމަށްވާ ލާރާ ގްރާންޓް ވަނީ ރާއްޖޭގައި ތަޖުރިބާކުރަން ޖެހުނު ކަންކަން ތަފްސީލްކޮށް އޮއިސްޓަޑޮޓްކޮމްގައި ލިޔެފަ އެވެ. އެ ހާދިސާ އެހެން ބައެއް ނޫސްތަކުން ވެސް ރިޕޯޓްކޮށްފައިވާއިރު، ލިޔުންތެރިޔާ އަށް ދިމާވި ކަންކަން ސިފަކޮށްފައި ވަނީ ބޮޑު މައްސަލައެއްގެ ގޮތުގަ އެވެ.

ލާރާ ރާއްޖެ އައީ، އޭނާ ބުނެފައިވާ ގޮތުގައި، ހިލޭ ސާބަހަށް ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކޮށްދިނުމަށެވެ. ޓްރިފްއެޑްވައިޒާ އަދި އޮއިސްޓަޑޮޓްކޮމްގެ ލިޔުންތެރިއެއް އަދި ފޮޓޯގްރާފަރެއްގެ ހައިސިއްޔަތުން އޭނާގެ މަސައްކަތަކީ ރާއްޖޭގެ 25 ރިސޯޓެއްގެ ފޮޓޯ ނަގައި ރިވިއު ލިޔުން ކަމަށް ލާރާ ބުނެ އެވެ.

އެކަމަކު، ނިއު ޔޯކުން ފުރައިގެން 20 ގަޑިއިރުގެ ދިގު، ވަރުބަލި ދަތުރަކަށް ފަހު ރާއްޖެ އައުމާ އެކު، އެއާޕޯޓުގައި ކަންތައްވެގެން ދިޔައީ ކުރިން ހީކޮށްގެން ހުރި ގޮތަކަށް ނޫން ކަމަށް އޭނާ ބުނެ އެވެ. ރާއްޖެ އެތެރެވުމަށް ޕާސްޕޯޓާއި އެހެން ލިޔުންތައް އިމިގްރޭޝަން ކައުންޓަރާ ހަވާލުކުރުމުން، ރާއްޖެ އައީ ކޮންކަހަލަ ވިޔަފާރިއެއްގައިތޯ އިމިގްރޭޝަން އޮފިސަރު ސުވާލުކުރުމުން، ކުރަން އައި ކަންތައް ކިޔައިދިނިން ކަމަށާއި އިމިގްރޭޝަން އޮފިސަރު އޭނާގެ ވެރިޔަކާ ވާހަކަތަކެއް ދެއްކުމަށް ފަހު، ލާރާ އަށް ރާއްޖެއަށް އެތެރެ ނުވެވޭނެ ކަމަށް ބުނި ކަމަށް ލިޔެފައިވެ އެވެ.

ސަބަބެއް ކަމަށް ބުނެފައި ވަނީ ރާއްޖެ އައީ ވިޔަފާރީގެ ބޭނުމަކަށް ކަމަށް ފޯމުގައި ފާހަގަ ޖަހާފައި ވުމާއި އެއީ ފޮޓޯގްރާފަރަކަށް ވާތީ ކަމަށް ލާރާ ލިޔެފައިވެ އެވެ. އެކަމަކު ލާރާގެ ލޯބިވެރިޔާ ފޯމުގައި ޖަހާފައި ވަނީ ޗުއްޓީ ހޭދަކުރުމަށް ކަމަށް ވުމުން އޭނާ އަށް ރާއްޖެ އެތެރެވެވޭނެ ކަމަށާއި އެތެރެވާން ބޭނުންތޯ އެހި ކަމަށްވެ އެވެ.

ރާއްޖޭގައި ބިދޭސީ ފޮޓޯގްރާފަރުން މަސައްކަތްކުރުން މަނާކަން އެ ހިސާބުން ލާރާ އަށް އެންގި ކަމަށާއި ހިލޭސާބަހަށް މަސައްކަތްކުރަން އައި ނަމަވެސް އެތެރެ ނުވެވޭނެ ކަމަށް އެންގި ކަމުގައި ބުނެފައިވެ އެވެ.

What It's Like for the Maldives to Reject Your Entry...Twice
What It's Like for the Maldives to Reject Your Entry...Twice
I was supposed to be at the start of the trip of a lifetime. Instead, I was sitting on a metal bench, sobbing, having just been rejected by Maldives’ airport customs officers…for the second time. Let’s back up to before I was put on the Maldives' "never let this girl into our country" list. As a writer and photographer for TripAdvisor and Oyster.com, my plan was to visit 25 hotels throughout the drop-dead-gorgeous Maldives over a three-week span; I would be photographing the resorts (free of charge for the properties) and later writing comprehensive reviews. So a few days before my epic sob session, I boarded a flight traveling from New York City to the Maldives, with a layover in Dubai -- a 20-hour excursion. After watching three movies, reading several chapters of my book, and eating more airplane food than necessary, I began to fill out the requisite customs forms. Thinking nothing of it (and of course wanting to be fully within the law -- and assuming I was), I marked that I was there for business, while my boyfriend (who would be accompanying me for the first week) marked he was on holiday.

ލާރާ ބުނި ގޮތުގައި، ރާއްޖެ އަށް އެތެރެވެވޭނެ ގޮތެއް އޮންނާނެތޯ އޮޅުންފިލުވުމުން، ޓޫރިސްޓު ވިސާގައި އައުމުން ހުއްދަ ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވާ ކަމަށް އޭނާ ލިއެފައިވެ އެވެ. އެހެންވެ ފުރައިގެން ދުބާއީ އަށް ދިއުމަށް ފަހު އޭގެ ހަތަރު ދުވަސް ފަހުން ރާއްޖެ އައީ، އޭނާ ބުނިގޮތުގައި، ޓޫރިސްޓް ވިސާގަ އެވެ.

އަދި އެފަހަރު ރާއްޖެ އައީ މަސައްކަތް ކުރަން ނޫން ކަމަށް ވަރަށް ސާފުކޮށް އިމިގްރޭޝަނަށް އޮޅުންފިލުވައިދިނުމުން ވެސް ކުރިމަތިވީ ކުރީގެ މައްސަލަ ކަމަށް އޭނާ ބުންޏެވެ. ރާއްޖޭގައި މަސައްކަތް ކުރަން އައި ބިދޭސީ ފޮޓޯގްރާފަރެއްގެ ގޮތުގައި އޭނާ ސިފަކޮށް ރާއްޖެ އިން ބޭރުކޮށްލާފައިވާ ކަމަށް ލިއުންތެރިޔާ ބުންޏެވެ. އޭނާ ދެވަނަ ފަހަރަށް ރާއްޖެއިން ފޮނުވާލީ ޓޫރިސްޓެއްގެ ގޮތުގައި އައި ކަމުގައި ވިޔަސް އަދި އެ ދަތުރުގައި ފޮޓޯ ނެގުމުގެ މަސައްކަތް ނުކުރާނެ ކަމަށް ބުންޏަސް، ޗުއްޓީ ހޭދަކުރުމަށް ހުންނާނެ ތަނެއް ބުކްކޮށްފައި ވެސް ނެތުމުންނެވެ.

ލާރާ ލިޔެފައިވާ ގޮތުގައި، ރާއްޖެ އެތެރެވެވޭނެ އެއްވެސް ގޮތެއް ނުފެނުމުން ދެން އެންމެ އަވަހަށް އޮތް ފްލައިޓުން ދިޔައީ ސްރީ ލަންކާއަށެވެ.

އިމިގްރޭޝަންގެ މީޑީއާ އޮފިސަރު ހަސަން ހަލީލް ވިދާޅުވީ ބޭރު ނޫސްތަކުގައި ރިޕޯޓްކޮށްފައި ވިޔަސް ޓްރިފްއެޑްވައިޒާގެ ލިއުންތެރިއަކު ރާއްޖެ އިން ފޮނުވާލި ކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އެގޮތަށް ރިޕޯޓްކޮށްފައިވާ ކަމަށް މައުލޫމާތު ލިބުމުން، އެކަން ހިނގިތޯ ސާފުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަލީލް ވިދާޅުވި ގޮތުގައި އާއްމު އުސޫލެއްގެ ގޮތުން ބިދޭސީ ފޮޓޯގްރާފުން ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދައެއް ނުދޭނެ އެވެ. އެއީ ވަޒީފާގެ ގޮތުން ނުވަތަ ހިލޭވި ކަމަށް ވިޔަސް އެކަން ހަމަޖައްސާފައި އޮންނަ އުސޫލް ކަމަށް ހަލީލް ވިދާޅުވި އެވެ.

ޓޫރިސްޓް ވިސާގައި ރާއްޖެ އަންނަން އިމިގްރޭޝަނުން ބުނި ކަމަށް ލިއުންތެރިޔާ ބުނާ ވާހަކަ ވެސް އިމިގްރޭޝަނުން ދޮގުކުރި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބިދޭސީ ފޮޓޯގްރާފަރުންނަށް ނުވަތަ ލިއުންތެރިންނާއި ނޫސްވެރިން ރާއްޖޭގައި މަސައްކަތް ކުރެވޭނީ ވަކި ހުއްދަތަކެއްގެ ދަށުންނެވެ. ކަމާބެހޭ އިދާރާތަކުން އެ ހުއްދަ ހޯދައިގެން ރާއްޖެ އަންނަ އެއްވެސް މީހަކު އިމިގްރޭޝަނުން ނުހިފަހައްޓާނެ ކަަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ހުއްދަތައް ނުނަގައި، އަންނަ އެއްވެސް މީހަކު އެތެރެވާކަށް ހުއްދަ ނުލިބޭނެ ކަމަށް ހަލީލް ވިދާޅުވި އެވެ.

ރާއްޖެ އައި ލިއުންތެރިއަކު ފޮނުވާލިއިރު ފޮޓޯ އާއި ވީޑިއޯ ނަގައި އަދި ނޫސްވެރިކަމާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށް ރާއްޖެ އަންނަ ބިދޭސީން ސެކިއުރިޓީ ސްކްރީން ކުރުމަށް އިމިގްރޭޝަނުން ވަނީ ނިންމައިފަ އެވެ. މިހާ ހަރުކަށި ފިޔަވަޅެއް އެޅީ، އަލް ޖަޒީރާގެ ނޫސްވެރިންތަކެއް ރާއްޖެ އައިސް، ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭގޮތުން ޑޮކިއުމެންޓްރީއެއް ތައްޔާރުކުރުމާ ގުޅިގެންނެވެ.

ބިދޭސީ ނޫސްވެރިން ސްކްރީން ކުރަނީ ވިސާ ދޫކުރުމުގެ ކުރިންނެވެ. އެ މީހުން ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ އަށް ނުވަތަ ބިޒްނަސް ވިސާ އަށް އެދޭ އިރު، ސެކިއުރިޓީ ފޯމު ހުށަހަޅަން ޖެހޭ ގޮތަށް ވަނީ ހަދައިފަ އެވެ. މި ފޯމު އިމިގްރޭޝަނުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެ އެވެ.