މާލޭގައި މިއަދު މީހަކަށް ތޫނު އެއްޗަކުން ހަމަލަދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ މާޔާ ކްލިނިކް ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ރިޕޯޓެއް މިއަދު މެންދުރުފަހު 1:18 އެހާކަށް ހާއިރު ލިބުނު ކަމަށެވެ. އެކަމާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ޒަހަމްވި މީހާއަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ.
މާލޭގައި މިއަހަރު ހިންގި ނުރައްކާތެރި މާރާމާރީ ތަކުގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރު މަދެވެ.