ރޭގެ އެއްވުމުގެ ތެރެއިން ޝިޔާމް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ ---
01 ޑިސެމްބަރ 2019 - 11:32
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި އެއްވުމުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ، ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް ދޫކޮށްލައިފި އެވެ.
ޔާމީނަށް ކުރާ އަނިޔާ ހުއްޓާލުމަށާއި "ތަރައްގީގެ ބާނީ" ދޫކޮށްލަން ގޮވާލައި މާލޭގައި ބޭއްވި އެއްވުމުގައި ޝިޔާމާ އެކު، އިތުރު ބަޔަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
އޭގެ ތެރޭގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ދަރިފުޅު އިބްރާހިމް ފައިސަލާއި ވޮލީބޯލް އެސޯސިއޭޝަނުގެ ކުރީގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ހިމެނެ އެވެ.
އެކަމަކު، ޗިޓު ދިނުމަށް ފަހު، ފުލުހުން ވަނީ އެމީހުން ދޫކޮށްލައިފަ އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގުޅިގެން މާލޭގައި ރޭ ބޭއްވި އެއްވުން. --
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި 77 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެކަމަކު، އެ ހުކުމް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ގަބޫލެއް ނުކުރެ އެވެ. އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި އެއީ އިންސާފުން ބޭރުން، ސިޔާސީ މަގްސަދެއްގައި ކުރި ހުކުމެކެވެ. އެހެންވެ، ޔާމީންގެ މައްޗަށް އިއްވި ހުކުމް ބާތިލްކޮށް، އެމަނިކުފާނު ވަގުތުން މިނިވަން ކުރަން ޖެހޭނެ ކަމަށް އެމީހުން ދެކެ އެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅު ސަޕޯޓަރުން މިދިޔަ ހުކުރު ދުވަހުގެ ރެއިން ފެށިގެން ސިލްސިލާ މުޒާހަރާތަކެއް ވަނީ ފަށައިފަ އެވެ.
ރޭގެ މުޒާހަރާ ގައި އިދިކޮޅު ސަޕޯޓަރުން އެންމެ ފުރަތަމަ އެއްވީ، މަޖީދީ މަގު، ޗާންދަނީ މަގު ކަންމައްޗަށެވެ. އަދި ބައެއް ސަޕޯޓަރުން ޖުމްހޫރީ ޕާޓީގެ އޮފީސް އަދި ޖަގަހަ މ. ކުނޫޒާ ދިމާ އަށް ގޮސް އަޑު އުފުލި އެވެ. އެއްވުމުގެ ބައިވެރިން ފުލުހުންގެ ސަފުތައް ފަޅާލާފައި މަޖީދީ މަގުން އިރަށް ހިނގާފައި އަބަދަށް ފެހި މަގުން ދަނިކޮށް، އެސްއޯ ފުލުހުން ނުކުމެ، އެއްވުމުގެ ބައިވެރިން ވަނީ ބައިބައިކޮށްލައިފަ އެވެ.
އެއްވުމުގައި ބައިވެރިވި އިސް ބޭފުޅުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އަބަދަށް ފެހި މަގަށް އެރިތަނާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުވާނާ.
01 December 2019
ގާ ނޫނ ނައް އިސްލާހެއް ގެ ނެސް ވިދިވިދިގެ ން ތި ންފަހަރު ހައްޔަރު ކުރަ ން ޖެހިއްޖެ ނަމަ ބޮޑުޖޫރިމަ ނާއެއް ކޮއްފަ 6 މަހުގެ ޖަލުހުކުމެއް އިއްވަ ންވީ
ގިޔާސް
01 December 2019
މުޒާހަރާ އަށް ނުކުންނަ ކޮންމެ ރެއަކު މުޒާހަރާ ލީޑްކުރަންތިބި ހައެއްކަ މީހުން ގެންގޮސް ހައްޔަރުކުރާތި، އަނެއް ދުވަހު ދޫކޮށްލާނީ، މުޒާހަރާތޯ ކުރެވެނީ ހައްޔަރުތޯ ކުރެވެނީ އެނގިދާނެ.
ހިރީ
01 December 2019
ނުވިސްނޭ މީހުން ކެނެރީގެ ނަސީދަށް ތާއިދުކުރާނީ އޭނައަކީ މިޤައުމުގެ ހަލާކު 10 މީހުން ނުކުމެ ސުލްހަވެރި މުޒާހަރާއެއް ކުރާތީ ވަރަށް ބިރުން އެ ހައްޔަރުކުރަނީ ދެން ކޮބައްޔޯ އަންނި ހޯދައިދިން މިނިވަންކަން
ޔާނު
01 December 2019
ކަލެއަށް ވަރަށް ވިސްނޭ!
ހައި
01 December 2019
އެމީހުންގެ ވެރިކަމުގައި ބޭނުން އިރަކު ބޭނުންތާކު މުޒާހަރާ ނުކުރެވޭ ގޮތަށް ގާނޫނުތައް އޮތީ ފާސް ކޮށްފަ. ދެން ގާނޫނާ ޚިލާފަށް އެހެން އުޅުނީމަ ފުލުހުން ޖެހޭނީ އެކަން ހުއްޓުވަން
ޢަބްދުﷲނާފިޒް
01 December 2019
އެހެންވީމަ ޤައުމުގަ ގިނައީ ނުވިސްނޭ މީހުންތާ ދެއްތޮ، ތިބޭފުޅާއަށް މާބޮޑަށް ވިސްނެނީތާ! ޤައުމުގެ ހަލާކަށް ޤައުމުގެ ގިނަރައްޔިތުން އެދެނީތާ ދެއްތޮ، ތިހިރަ ވިސްނުމަށް ވަރަށް ސަލާމް.
ސަހަރޯ
01 December 2019
ދެތިންރޭ ވަންދެން ތިހެން ތެޅިލާނެ. އަޅާލާ އެއްޗެއްނޫން. އެމް.ޑީ.ޕީން ނުކުންނާނެ މީހުން ވިއަސް ތިޔަތާކު ނެތް މާ ގަޓެއް ހުރި ބައެއް. ޖީބަށް ލިބުނު ބަރުކަމުގެ މަތިން ހަނދާންހުރި ހައެއްކަ މީހަކު ތި ނުކުންނަނީވެސް
ފދދަފަ
01 December 2019
އަދުރޭ އޭރުވެސް ބުނި ހައްޔަރު ކުރަނީ ފަތިސްނަމާދު ކޮއްގެން ގުނޫތު ކިޔަން ތިއްބަ އެއްނޫނޭ.
ޚާލިފް
01 December 2019
މީ ކާކު ތަ؟ މަޝްހޫރު ވާން ވެގެން އުޅޭ މީހެއް. ކުރިން ދުވަހަކުވެސް ރައްޔިތުން ނަމުގަ ކަމެއް ކޮށްދިން އަޑެއް ނާހަން.
ޚާލިފުލް ބަދްރު
01 December 2019
ހަމަ ތެދެއް ތިބުނީ. ވޭތުވެދިޔަ ދައުރުގައި އުޅުނީ ތެޔޮ ވިއްކަން. މިހާރު މިއުޅެނީ ހިންނަވަރު މީހަކަށް ވެރިކަން ލިބުމުން ނައިފަރު މީހާވެސް ވެރިކަން ލިބޭތޯ މަޝްހޫރުވާން. ބޮޑު ޖޯކަރެއްތީ