ހެލްތު މިނިސްޓަރު އަމީން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.
02 ޑިސެމްބަރ 2019 - 12:01
ރާއްޖޭގައި 24 ގަޑިއިރު ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ދެ ޑޮކްޓަރުން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލިހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި އަމީން ވިދާޅުވީ 24 ގަޑިއިރު ހިދުމަތް ދޭ ގިނަ ތަންތަނަށް ދެ ޑޮކްޓަރުން ނެތުމުގެ ދަތިކަން ފާހަގަ ކުރެއްވިފައިވާތީ މި އަހަރު ނިމުމުގެ ކުރިން އެ ތަންތަނުގައި ދެ ޑޮކްޓަރުން ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މި އަހަރު ނިމުމުގެ ކުރިން 24 ގަޑިއިރު ހިދުމަތް ދޭ ހުރިހާތަނަކަށް ދެ ޑޮކްޓަރުން ހަމަވާނެ. މިހާރު ވެސް ވަރަށް ގިނަ ތަންތަނަށް ހަމަވެފައި ވަނީ،" އަމީން ވިދާޅުވި އެވެ.
އަމީން މަޖިލިހަށް ހާޒިރު ކުރީ ތިމަރަފުށީގައި އަޅަން ނިންމި ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށިފައި ނުވާތީ ބެހޭ ގޮތުން ސުވާލު ކުރުމަށް އެ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އެދިވަޑައިގަތުމަށެވެ.
އެކަމާ ގުޅިގެން އަމީން ވިދާޅުވީ ތިމަރަފުށީ ސިއްހީ މަރުކަޒުގެ ތަރައްގީ އަށް ކުރަން ޖެހޭ މަސައްކަތުގެ ލިޔެކިޔުމާއި ކުރެހުމުގެ މަސައްކަތް ނިމި، އަންނަ އަހަރު އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
އަމީން ވިދާޅުވި ގޮތުގައި އަންނަ އަހަރު އެންމެ ބޮޑަށް އަމާޒު ހިފާފައި ވަނީ އާންމު ސިއްހަތަށެވެ. އޭގެ ސަބަބުން މިހާރު ހުރި މައިގަނޑު މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ. ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމު ކުރުމަށް ފަހު، ދެން ހުރި ސިއްހީ ހިދުމަތް ދޭ ތަންތަން ތަރައްގީ ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރު އަމީން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ތައްޔާރުވެވަޑައިގެން.
"ކޮންމެ ސިއްހީ ނިޒާމެއްގެ ހަގީގީ ފޮނި މީރުކަން ލިބޭނީ އެ ވަށާ ޖެހިފައިވާ ފަރުވާއަކަށް އެ ފަރުވާ ވެގެން. ހަމައެކަނި އެއް ރަށުން، އެއް ރަށުން މިން ކުރާ ކަމަށްވާ ނަމަ، އޭގެ އެންމެ އެކަށީގެންވާ ނަތީޖާއާ ހަމައަށް ނުގޮސްދާނެ،" މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި އަމީން ވިދާޅުވި އެވެ.
އަމީން ތަކުރާރުކޮށް ވިދާޅުވި ގޮތުގައި ހެލްތު މިނިސްޓްރީގެ އަމާޒަކީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށެވެ.
"މ. އަތޮޅު ހޮސްޕިޓަލް ކަމަށްވިޔަސް، ތިމަރަފުށީގެ ސިއްހީ ހިދުމަތް ކަމަށްވިޔަސް، އިހަވަންދޫގެ ސިއްހީ މަރުކަޒު ވިޔަސް، އަޅުގަނޑުގެ އެންމެ ބޮޑު އަމާޒަކީ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުން. އެއާ އެކީގައި އުމްރާނީ ތަރައްގީ ގެނެވޭނެ. އެއާ ދޭތެރޭގައި ޝައްކެއް ނުކުރައްވާ. އުމްރާނީ ތަރައްގީގެ މި އަންނަ އަހަރުގެ ތަސައްވަރު ފެންނާނެ ބަޖެޓުން،" އަމީން ވިދާޅުވި އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންތަށި
02 December 2019
އަމީންއެވެ. ޞިއްޙީ މަރުކަޒްތަކަށް ސިޔާސީ ބޭފުޅުން އައްޔަންކޮށްގެން އެތަންތަނެއް ނުހިގައެވެ. ކަންކަންދަނީ ގޯހުންގޯހަށެވެ. މި 5 އަހަރަކީ ހެލްތް ސެންޓާރުތަކުގެ ހިންގުން އެންމެދަށަށްދާނެ 5 އަހަރުކަމަށްވާނެއެވެ.
ސަރުދާރު
03 December 2019
ތިހެން ތި ކަމެއް ނުވާނެކަން މި ދަނީ ލޮލަށް ފެންނަމުންނެއްނު ފެންތަށި. މިހާރުވެސް ހާދަ ބޮޑު ބަދަލެއް އައިސިއްޔޭ ސިއްހީ ދާއިރާއަށް. ހީވެސް ނުކުރަން މިވަރު އަމީން ކޮށްލާނެ ކަމަށް
ގޮއިދޫހަސަނު
02 December 2019
ސަރުކާރުގެ ދާއިރާދާއިރާގެ މުވައްޒިފުންނާއި ސިފައިންނާއި ފުލުހުންނާއި މިދެބައިމީހުންގެ މައިންބަފައިންނަށް އަމިއްލަ ހޮސްޕިޓާތަކުންނާއި ކުލިނިކްތަކުން އާސަންދައިގެ ޚިދުމަތް ފުލްކޮށްދެވޭއިރު ޓެކްސްދައްކާ ޢާންމުރައްޔިތުމީހާއަށްލިބެނީ އިންސައްތަ! މިއީ ޙަޤީޤަތެއް. މިބުނިމީސްމީހުނަށް ފުލްކޮށްލިބޭނަމަ، ޢާންމުރައްޔިތުމީހާއަށް ނުލިބޭންވީ ކިހިނެތްވެގެންކަމެއް ނުވިސްނެއެވެ. ތިވަރުގެ ޚިދުމަތްތެރި އިޚުލާޞްތެރިއެއްނަމަ، މިކަން ހަމަމަގަށް އަޅުވާދެއްވަބަލާށެވެ.
ޖާބެ
02 December 2019
ކަލޯ އަދިއަވަސް ތިޔަކަންކުރަން، މިނަޔާ މަލީހުއަކީ ހުރިހާ ސަރުކާރަކުން މިހެންކައިގެން އުޅޭ ބައިގަޑެއް މިމީހުންގެ އެއްވެސް ކޯސްއެއްނެތް ޑީލުތަކާ ވިޔަފާރި ފައިސާހަދާލުން.. ޑަކްޑަރުން ކިތަންމެ މޮޅަސް އެތަނަކު ބޭނުންވާ ތަކެއްޗެއް ނުހުރޭ ، އެކްސްޕީރިއެއެންސް ހުއްޓަސް ބަލިމީހާއައް އަޅާލުމުގެ ބައިކުޑަ ތަމްރީންތައް މަދީދެވޭލެއް ނަރުހުން އަދި އަލައް އައްނަ ޑޮކްޓަރުންނައް މިއީ ތަޖްރިބާ ބަލިވެގެން މިހާތަނައް ރާއްޖޭގެ ހޮސްޕިޓަލެއްގަ ބޭއްވި 6މީހުންވެސް ވަޅުލީ
ތަރާދު
02 December 2019
މަލީހުއާއި އަމީން ދެ މީހުން އެއް ތަރާދަކަށްލާ ކިރާލީމަ މި އެނގުނީ ހަގީގަތުގައިވެސް ކަންކުރެވޭ މީހަކީ އަމީންކަން. މަލީހުއަކީ މިހާ ތަނަށް އެއްވެސް ޕާފޯމަންސްއެއް ދެއްކިފައި ހުރި މީހެއް ނޫން. ހަވާލުކޮށްފައިވާ ވުޒާރާގެ މަސައްކަތް ބަހައްޓާފައި ދަނޑުހެއްދުމާއި ޝަރަފުވެރި މެހުމާންކަން ކުރާ މީހެއް. އަމީންވަނީ ނުހަނު ގިނަ ގުނަ ކަންތައް ކޮށްދީ ފުރަތަމަ އަހަރު ނިމުނުއިރުވެސް އެންމެ މަތީ ފަޑިން ޖާގަ ހޯދާފައި. އެހެންވީމާ އަޅާ ނުކިޔާ. އެކަމެއް ނުވެސް ވާނެ
ހަކީމްބެ
02 December 2019
ކޯސްއެއްނެތޭ؟ އަމީންއަކީ އޭނާ ސްކޫލް ދައުރުގައި ސްކޫލް ކެޕްޓަން، ބުސްތާނުގެ ރައީސް. މެލޭޝިޔާގައި ޑިގްރީ ހެދިއިރު ޔުނިވާސިޓީ ރަންވަނަ، އިންޓަނޭޝަނަލް ސްޓޫޑަންޓް އެސޯސިއޭޝަން ރައީސް. އޮސްޓްރޭލިޔާގައި މާސްޓާސް ހެދިއިރު އެ ޔުނިވާސިޓީއިން 1 ވަނަ. ތިބޭފުޅާއަށް ތަންދޮރު ނޭނގުނަަސް ބޮޑުވަރު.
ސަމީރުބާއީ
02 December 2019
އަމީނޫ ތީކީ އަލަށް ކުރާކަމެއް ނޫން. ތީ މީގެ ކުރިންވެސް ތިކަން ހިނގަމުންދާގޮތް. ރައީސް ޔާމީން ސަރުކާރުގަ ގައިނީ ޑޮކްޓަރަކާއެކު ހއ. ހޯރަފުށީ ސިއްހީމަރުކަޒުގަ އެކަނިވެސް 3 ޑޮކްޓަރުން ތިބޭ. މި ސަރުކާރު އައިފަހުން ދެމީހުން ތިބެނި.
ބަބުރަންޖީ
02 December 2019
ސަމީރުބާއީ، ބަލަ މި ދައްކަނީ ކުރަމުން އައި ކަންތަކުގެ ތެރެއިން ފުރިހަމަ ނުވެ ހުރި ކަންތައް ފުރިހަމަ ކުރާ ވާހަކައާއި އޭގެ އިތުރުން އަލަށް ކަންތައްވެސް ކުރާ ވާހަކަ. ޑަކްޓަރުން ހަމަ ކުރުމަކީ ކުރިން ކުރަމުން އައި ކަންތަކުން ފުރިހަމަ ނުވެ ހުރި ކަމެއް. އެކަން އެހެންވެ ކުރަމުންދާ ވާހަކައާއި އަދި ކޮށް ނިންމާނެ ވާހަކަ އެ ބުނީ. ސަމީރުބާއިމެން ފުރަތަމަ ޖެހެނީ ލިޔެފައި އޮތް އެއްޗެއް ރަނގަޅަށް ދޭހަވުމަށް ކޯހެއް ހަދާކަށްނޫންތަ
މައިކަލް
02 December 2019
އައި.ޖީ.އެމް.އެޗް އަޕްގުރޭޑް ވާން އެބަޖެހޭ. މިހާރު އައި.ޖީ.އެމް އެޗުން ލިބޭ ހިދުމަތްތަކަށް ވުރެ މާ އަޕްގުރޭޑުކޮށް ކުލިނު ތަކުން ހިދުމަތް އެބަލިބޭ. މިއީ ކިހިނެއް ވާ ކަމެއްތޯ؟ނިކަމެތި ރައްޔިތުންނަށް ބޭސްފަރުވާގެ ހިދުމަށް ދިނުމުގައި ސަރުކާރުން އިހުމާލުވަނީ، ވިޔާފަރިއަކަށް ނުވާތީތޯ؟ މިރާއިން ހެސްކިޔާފަ ރައްޔިތުން އަތުން އެކި ނަންނަމުގައި ޓެކްސް ބެޓުސް އެބަނަގާ؟ ކީއްވެތޯ ރައްޔިތުންނަށް ރަގަޅުގޮތުގައި ސިއްހީ ހިދުމަތްތައް ނުލިބިގެންދަނީ؟ އެތައް ސުވާލު؟
ރާކަނިމަސްކެވިއްޖެ
02 December 2019
ތި އައިޖީއެމްއެޗެއްވެސް ވަކި ގަވަނިންގ ބޯޑެއް ނަހަދާ ރައީސް އޮފީހުގެ މިނިސްޓަރާ ހަވާލުނުކޮށަ ހެލްތު މިނިސްޓްރީ ދަށުގައި ބޭއްވިނަމަ ހަމަ ޔަގީންތާ އަމީން ތި ތަންވެސް ހިންގާލާ ދައްކާފައިކަން އޮންނަނީ. މޮޅަށް ހިންގަންވެގެން މިނިސްޓްރީ މެންޑޭޓުން ވަކިކޮށް ރައީސް އޮފީހުގެ މިނިސްޓަރާ ހަވާލުކުރިޔަސްވީ ކަމެއް ނެތްވިއްޔާ.، ދެންވެސް އަމީންއާ ތި އައިޖީއެމްއެޗުވެސް ހަވާލުކޮށްލަބަލަ
ހަޑިގިއްލާ
02 December 2019
ތީ މިނިސްޓަރ އަމީންގެ ބެލުމުގެ ދަށުން ހިނގާތަނެއް ނޫން...
އަނީސާއްތަ
02 December 2019
އެކޮއެ ރަނގަޅު، އެކޮޔާ ދޭތެރޭ އަނީސާއްތަ ވަރަށް ހިތްހަމަޖެހޭ
އިކްރާމް
02 December 2019
އަމީން ބުނެެފިއްޔާ އެކަމެއް ކޮށްފައި ދައްކާނެކަން އަހަރުމެންނަށް އެނގިގެން ހިނގައްޖެ ފާއިތުވު އަހަރު މަނިކުފާނުގެ ސުކޯ ޝީޓަށް ބަލައިލީމަވެސް. ތިއީ މި ސަރުކާރުގެ މިހާރު ހުރި އެންމެ ގަދަ އެއް ވަޒީރު. ކުރިއަށް ކުރިއަށް ހަމަ ބާރަށް ކުރިއަށް..،
ގައުމީ ލޯބީގާ
02 December 2019
ސަރުކާރަށް އަހަރެއް ފުރުނުއިރު ސިއްހީ ވުޒާރާ ނޫނީ އެދެވޭ ނަތިޖާ ނެރެވުނު ވުޒާރާއެއް ނެތް. މަނިކުފާނު ކުރާ ބުރަ މަސައްކަތް އަޅުގަނޑުމެން ލޮލުން ފެނި އަތުން އެބަ ހިފޭ. އިރާދަކުރެއްވިއްޔާ މަނިކުފާނުގެ ޒައާމަތުގައި ސިއްހީ ދާއިރާއިން އިންގިލާބީ ބަދަލު ފެނިގެންދާނެ.
ދަންނަކަލޯ
02 December 2019
ހާދަ މޮޅޭ މިއަދު މަޖިލީހުގައި ޖަވާބުދެއްވި ގޮތް. ވަރަށް ވަށާޖެހޭ ޖަވާބުތައް. ސުވާލުތަކަށްވުރެވެސް ފުރިހަމަ ޖަވާބުތައް. މަޖިލީހުގެ ރައީސްވެސް ދެފަހަރު މަތިން ސނ ފޮހުނުތަން ފެނުނު.
އާނަސްތު
02 December 2019
ސަބަހޭ ހެލްތު މިނިސްޓަރު. މިއަދު މަޖިލީހުގައި މަނިކުފާނު ދެއްވި ޖަވާބުތަކުން ބޮޑު މަންޒަރު ވަރަށް ބޮޑަށް ސާފުވެގެން ދިޔަ. މަނިކުފާނު ވިދާޅުވި ފަދައިން އުމްރާނީ ތަރައްޤީއާއި އެކީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުން އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކަށްވާންވީ.