އިދިކޮޅު ކޯލިޝަންގެ ޖަލްސާއެއް: ޔާމީން ޖަލަށްލާން ކުރި ހުކުމާ މެދު އިދިކޮޅު ކޯލިޝަންގެ ކަންބޮޑުވުންތައް ވަނީ ބޭރުގެ އެމްބަސީތަކަށް ފޮނުވާފައި -- ފޮޓޯ/މިހާރު
03 ޑިސެމްބަރ 2019 - 13:57
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ކަންބޮޑުވުންތައް ބޭރު ގައުމުތަކުގެ ސަފީރުންނަށް ހުށަހަޅައިފި އެވެ.
ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، އެ މަނިކުފާނު ފަސް އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުކުމްކޮށްފަ އެވެ. އެކަމަކު އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އާއި ޕީއެންސީން އެ ހުކުމް ގަބޫލެެއް ނުކުރެ އެވެ.
އެކަމާ ގުޅިގެން ބޭރުގެ އެމްބަސީތަކަށް އިދިކޮޅު ކޯލިޝަނުން ފޮނުވި ސޓީތަކެއް "މިހާރު" އަށް ވަނީ ލިބިފަ އެވެ. އެ ސިޓީތަކުގައި ބުނެފައިވަނީ ޔާމީން ޖަލަށްލާން ހުކުމްކުރީ ސިޔާސީ ކުލަ ޖެހިފައިވާ ޝަރީއަތަކުން ކަމަށާއި އެ ހުކުމަކީ އިންސާނީ ހައްގުތަކާއި ޝަރުއީ އުސޫލުތަކާ ވެސް ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ. އެ ހުކުމްކުރީ ވެސް އުއްތަމަ ފަނޑިޔާރާއި ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ހުސްވެފައި ވަނިކޮށް ކަމަށާއި އަދަބު ކަނޑައެޅުމުގެ މަރުހަލާ ފަސްކުރަން ޔާމީންގެ ވަކީލުން އެދުމުން އެކަމަށް ވެސް ކޯޓުން ދެކޮޅު ހެދުމުގެ ސަބަބުން ކަފާލާތުގެ ދަށުން ބަންދުން މިނިވަންވުމުގެ ފުރުސަތު ވެސް ގެއްލިފައިވާ ކަމަށް އެ ސިޓީގައިވެ އެވެ.
އެ މައްސަލާގެ ހުކުމް މިދިޔަ މަހުގެ ކުރީކޮޅު އިއްވަން ހަމަޖެހިފައި ވަނިކޮށް އޭރު އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމުން އެ މައްސަލަ ބަލަން އެކުލަވާލި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އަލީ ރަޝީދު މީޑިއާގައި އެ މައްސަލައާ ގުޅޭ ވާހަކަތަކެއް ދައްކަވާފައިވާ ކަން ވެސް އެ ސިޓީގައި ފާހަގަ ކޮށްފައިވެ އެވެ.
މީގެ އިތުރުން ބޭ އިންސާފު ޝަރީއަތަކުން އިދިކޮޅު ލީޑަރު ޖަލަށްލުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އޮތް ގޮންޖެހުމެއް ކަމަށާއި އެހެންވެ، ޔާމީން މިނިވަންކޮށް، ރާއްޖޭގައި ގާނޫނުގެ ވެރިކަމާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރަން ސަރުކާރަށް ބާރު އަޅަން މަސައްކަތް ކޮށްދޭން އެދޭ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
ޔާމީން ޖަލަށްލާން ކުރި ހުކުމާ އެކު އިދިކޮޅު ކޯލިޝަނުން މިހާރު ދަނީ އެކަމާ ދެކޮޅަށް ކޮންމެ ރެއަކުހެން މުޒާހަރާ ކުރަމުންނެވެ. އަދި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް މަޖިލީހުގައި ދަނީ އެކަމަށް އިހްތިޖާޖް ކުރަމުންނެވެ.
ޔާމީންގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހަޅާފައި ވާއިރު، އެ މައްސަލަ ނިމެންދެން އެމަނިކުފާނު ވަގުތީ ގޮތުން މިނިވަން ކުރަން ވެސް ވަނީ ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރޭ
04 December 2019
ސަފީރުން އަޅައެއްނުލި
ހޮޯގުޅާ
04 December 2019
ޫތިމާނޫން އެހެންމީހުންނަކީ އެއްވެސް ބައެއްނޫން ކަމަށް ދެކިގެން މުޅިދުނިޔެއަށް ގޮންޖާލާ މީހުންނަށް ނަހައްގުން އަނިޔާދީ ހެދި އަނިޔާވެރިޔާވެސް ފަސްއެބުރި ބަލައިލުން ނުވަތަ ތިމާގެ އަމިއްލަ ނަފުސާމެދު ފިކުރުހިންގާލުން ރަނގަޅު ފުރުޞަތެއްމީ! ޢަނިޔާ ކުރާއިރު ޒާލިމުން.............
ކޮތަރު
04 December 2019
އެއްކަލަ "ދޮން މީހުން" ފައިބުޑަށް ވެއްޓުނީދޯ!
އައްޔުބް
03 December 2019
ޔާމީން ބުނި، އަމިއްލަ ޤައުމުގެ ކަންކަމުގައި ބޭރު މީހުން ގާތަށް ދާކަށް ނުޖެހޭނެޔޭ، އަމިއްލަ ޤައުމުގެ ކަންތައް ނިންމާނީ އަމިއްލަ ޤައުމުން ނޭ، ހީހީ ހަލާކު، މިހާރު މުޒާހަރާ، ބޭރު މީހުން ކައިރިއަށް، ކަމް އޮން، ލެޓް އަސް މެއިންޓެއިން އަވަރ ޕްރިންސިޕަލްސް ޔަގް.
ތަޅާމީހާ
04 December 2019
އޮހޮހޯ، ކައޭމެން ކޮންމެކަމެއް ދަސްކޮށްދީފަ ބިރުގަތީދޯ. ވެއްޓެނީ ވެއްޓެނީ
އަލްޖިބްރާ
03 December 2019
ތިޔަބުނާ ސަފީރުންތަށް ބަޑުގަ ގޮށްލަންދެން ހީ ހީ ހަލާކުވާނެ ! ކަލޭމެން އަތުގަ ބާރު އޮތްއިރު ހިތަށް އެރީ ކީކޭބާ ؟
ސައްޕެބާއި
03 December 2019
ޔާމީނު ޖަލަށް ލުމުން ދެރަވެ އެކަމާ ވިސްނައިފިން. ދެން އޮތީ މިސުވާލުތަކަށް ޖަވާބު ހޯދުން؛ ޔާނު ހަމަ އެއްގޮތަކަށްވެސް އެއްމިލިޔަން އެމެރިކާ ޑޮލަރު އެކައުންޓަށް ޖަމާ ނުކުރަނީތޯ އެވެ. ނުވަތަ އެސް.އޯ.އެފް އިން އެފައިސާ ދިނީ އެހެން މީހަކަށްތޯ؟
1234
03 December 2019
ބަލަ އެއް ކަލަ ފަރަންޖީން މިއަދު ކަމުދިޔައީތަ؟
އަޝްރަފު
03 December 2019
ޤައިމު ޔާމީން ވިދާޅުވި އަހަރެމެންގެ ކަންތައްތައް ނިންމާނީ އަހަރެމެން އަމިއްލަޔަށޭ! ބޭރުގެ ބަޔަކާ ކިރިޔާ ބެއްސިޔަސް އެ ޖަމާޢަތަކުން ވަކިވެފައިވަނީ. އެކަމަކު އެމަނިކުފާނު ޖަލައްލާއިރަށް އަދުރޭމެން މިހިރީ ކުރާކަންތައްތައް! މިކަން އެނގިއްޖެއްޔާ ވަރަށް ކޯފާވާނެ އެމަނިކުފާނު!
ތިންފަހެއް
03 December 2019
ޔާމީނު ކަންކަން ތަރްތީބު ކުރައްވާ ނަންގަވާ ދެއްވި ފިލާވަޅާ އެއްގޮތައްނޫންތޯ މިދަނީ، ކޯޓުން ނިއްމާނީ ، ހުކުމަކާއެކު އިނާޔަތްކެޑޭނެ، ޕާޓީ ގެ ޒައީމްކަން ގެއްލޭނެ، ކޯޓް ނިއްމީމަ އަޅުގަޑު ކީއްތޯ ކުރާނީ، ، ދާހިލީ ނިއްމާނީ ދާހިލިއްޔާއިން، ދެން ސަފީރު ކީއްތޯ ކުރާނީ. ތިމާ ކަންކަންރާވާ ހެދި ގާނޫނު ތަކުގެ ތެރެއިން މިދަނީ، ހިތްވަރުކުރައްވާ
މޯޑޭ
03 December 2019
ދަށްކަވަން ހުރިތަނެއް ދަށްކަވާނެ. ޔާމިނު ބުނިގައިމް ބޭރުމީހުންނަކަށް ނުބެހެވޭނޭ ތިމަންނަ ސިޔާސީމީހުން ބަންޑެލި ބަންޑެންޔަށް ޖަލަށްލިޔަސް.