ޖުމްހޫރީ ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ގާސިމް ވާހަކަ ދައްކަވަނީ. އިދިކޮޅު ޕީޕީއެމްގެ ތުހުމަތުތަކަށް ގާސިމް ރައްދު ދެއްވި. --މިހާރު ފޮޓޯ/ނިޝާން އަލީ
03 ޑިސެމްބަރ 2019 - 23:50
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަކީ ކޮން ބައެއްކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ ބުރާސްފަތި ދުވަހު ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރަށް ޖަލަށްލުމާ އެކު، ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރަން ހުކުމްކޮށްފަ އެވެ. އެ ހުކުމާ އެކު ޔާމީންގެ ސަޕޯޓަރުން ތުހުމަތުކުރާ ގޮތުގައި އެއީ ގާސިމް އަޑީގައި ހުންނަވައިގެން އިއްވި ހުކުމެކެވެ. އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ގާސިމް ރިޝްވަތު ދެއްވި ކަމަށް ވެސް ތުހުމަތު ކުރެ އެވެ. އެ ތުހުމަތުތަކަށް ގާސިމްގެ އަރިސް ބައެއް ބޭފުޅުން ވަނީ މީގެކުރިން ރައްދު ވެސް ދެއްވައިފަ އެވެ.
ޖޭޕީއާ އަލަށް ގުޅުނު ބައެއްގެ ފޯމު ހަވާލުކުރުމަށް ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ އަދި އެ ޕާޓީގެ އޮފީސް، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ އޭނާއާ ދިމާލަށް މި ދުވަސްކޮޅު ތަފާތު ފާޑު ކިޔުންތައް އަމާޒު ކުރަމުންދާ ކަމަށެވެ. ގާސިމް ވިދާޅުވީ ޔާމީނަށް ހުކުމް ކުރަން "ފަނޑިޔާރުގޭގައި" އިންނެވީ އޭނާ ނޫން ކަން ދިވެހި ހުރިހާ ރައްޔިތުންނަށް ސާފުވާނެ ކަމަށެވެ.
"އަޅުގަނޑެއް ނޫން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި އިނީ. އަޅުގަނޑެއް ނޫން ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމުގައި އިނީ. އަޅުގަނޑު ހުރީ، ކޮންތާކު؟ ކާކުތޯ މިއީ؟ ކީއްކުރާ މީހެއްތޯ؟ އަޅުގަނޑަށް ކިހިނެއްތޯ އެ ބުނާ ކަންތައްތަކެއް ކުރެވޭނީ؟" މަޖިލިހުގެ ރައީސް ކަން ކުރިން ކުރެއްވި ގާސިމް ވިދާޅުވި އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ގާސިމަށް ތަކުރާރުކޮށް ފާޑުކިޔަސް މަނީ ލޯންޑަރިންގެ ތުހުމަތަށް ޔާމީން އެންމެ ފުރަތަމަ ހައްޔަރުކުރުމާ އެކު ގާސިމް ވަނީ ޔާމީން ބަންދުން ދޫކޮށްލަން ގޮވާލައްވައިފަ އެވެ.
ގާސިމް އޭރު ވިދާޅުވީ "ވާނުވާ ޖަހާފައި" ޖަލަށް ނުލާން ކުރިން ވެސް ގޮވާލެއްވި ކަމަށެވެ. އަދި ޔާމީނަށް އިންސާފު ހޯދައިދޭން އޭރު ވިދާޅުނުވަންތޯ ޖަލްސާގެ ބައިވެރިންގެ އަރިހުން ގާސިމް އެއްސެވި އެވެ.
ފަހުން، ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށް ޔާމީން މިނިވަންކޮށްފަ އެވެ.
ޔާމީނަށް ކުރި ހުކުމާ ގުޅުވައިގެން ގާސިމަށް ކުރާ ތުހުމަތަށް އޭނާ ތަކުރާރުކޮށް އިންކާރުކުރެއްވި އެވެ.
"އަޅުގަނޑާ ތިމާގެ، އަޅުގަނޑު ދަންނަ މީހަކު ވެސް އެ ތަނުގައި ނޫޅޭނެ. ތިމާގެ މީހަކު ވެސް ނޫޅޭނެ. ދަންނަ މީހަކު ވެސް ނެތް އެ ބެންޗަކު،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި އޭނާއާ ހަމައެކަނި ދިމާވީ ޔާމީންގެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވި، އަދި ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި އަހުމަދު ހައިލަމްއާ އެވެ. އެއީ އޭނާގެ މައްޗަށް ކުރި ރިޝްވަތުގެ މައްސަލައަކާ ގުޅިގެން ޝަރީއަތަށް ހާޒިރުވެވަޑައިގެންނެވި ދުވަހެއްގައި ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގެ ހުކުމް އައުމާ ގުޅިގެން އެ ހުކުމްގެ އިސްތިއުނާފް މަރުހަލާތައް ވެސް އަދިވެސް އެބައޮތް ކަމަށެވެ. އޭނާއާ ދިމާލަށް އިދިކޮޅު ފަރާތްތަކުން ތަފާތު ތުހުމަތުތައް ކުރަނީ އެއްވެސް ހަގީގަތެއް އޮވެގެން ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި، ޔާމީންގެ މައްޗަށް އިއްވި ހުކުމާ ގުޅުވައިގެން ވާހަކަ ދައްކަނީ ޕީޕީއެމް ދޫކޮށް، ޖުމްހޫރީ ޕާޓީއާ ބަޔަކު ގުޅިދާނެތީ އެކަމުގެ ބިރަށެވެ. ގާސިމް ވިދާޅުވީ ދިވެހިންނަކީ މޮޔައިން ނޫން ކަމަށާއި އަމިއްލަ ފިކުރުގައި އެ މީހުން ގޮތް ނިންމާނެ ކަމަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށް ތަފާތު މިންގަނޑެއް ނުގެންގުޅޭނެ އެވެ. އަދި އެންމެ "ދޮރެއްގައި ޓަކި" ޖަހާ އިރަށް އެ ދިވެއްސަކު ބޭނުންވާ ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުތުފީ
04 December 2019
އަލީ ހަމީދު ދަންނަން ދޯ!
ހުކުން
04 December 2019
ނޭގުނަސް އެގުނަސް ކީއްކުރާނީ މިއީ އެޖެންޑާ 19 ގެ ރައީސް ހިންގާ ގައުމެއް.
އަޙުމަދު.
04 December 2019
ކޯޓުތަކުގައި ތިއްބަވާ ފަނޑިޔާރުން ނޭނެގޭ ކަމަށް ވިދާލޫވެ އިތުރު ފުޅު ނުހައްދަވާށެވެ.
ގައުމީ ލޯބީގާ
04 December 2019
މިދިވެހިރާއްޖޭގަ ގާސިމް ނުދަންނަމީހުނެއް ނުއުޅޭނެ ގާސިމްގެ ފައިސާގެ އާރުވެރިކަމާއި ބާރުވެރިކަން ވެސް ނުދައްނަބަޔަކު ނުއުޅޭނެ . އެހެންވާހަކައެއް ދައްކާބަލަ
ފާއިޒު
04 December 2019
ރިޝްވަތެއް ދޭ ކޮންމެ ފަހަރަކު ދޭނީ ރިޝްވަތި ހިފަން ހުރި މީހާއަކާއި މާބޮޑު ގުޅުމެއް ތިމާއާއި ދޭތެރޭ އޮވެގެނެއް ނޫން. ބައެއް މީހުން މެދުވެރިކޮށްވެސް އެފަދަ ކަންކަން ކުރެވިދާނެ
1828
04 December 2019
އިނގޭނެ. ދޮގު ނުހަދާ.
ކުކުޅޭ ---
04 December 2019
އެއިރު ދަންނަ މީހުން މިހާރަކު އެތާކު ނުތިބޭނެ
ޝޮކްތެރަޕީ
04 December 2019
މަކަރުވެރިކަމާއެކީ ވާހަކަ ދައްކާމީހުން ގިނައީ.
ބެންޗް 5
04 December 2019
އަސްލުގައި ޔާމީނަށް ހުކުމް ކުރި ފަނޑިޔާރުން އެއްމެ ބޮޑަށް އެގޭނީ ހަމަ ޔާމީނަށެވެ.
ޢަބްދުﷲނާފިޒް
04 December 2019
ގާސިމް އަޑީގައި ހުންނަވައިގެން އިއްވި ހުކުމެކޭ ސިޔާސީ ހުކުމެކޭ ފަޅޮލޭ ކިޔާއިރު، އެއްފަހަރުވެސް ނުބުނެ ދައުލަތުގެ ތިޖޫރިއަށް ވަންނަން ޖެހޭ އެއްމިލިއަން ޑޮލަރު ޔާމީނުގެ އަމިއްލަ އެކައުންޓަށް ޖަމާ ނުކުރެއެކޭ، ދެން ކޮން ކޮހެއް މިބައިގަނޑު މިގޮވަނީ!؟