ގއ. ވިލިނގިލީގައި ހިނގި ކަރަންޓުގެ ހާދިސާއެއްގައި އަނިޔާވި ޒުވާނާ އަށް އިތުރު ފަރުވާ ދޭން މާލެ ގެންނަނީ -- ފޮޓޯ: މިހާރު
08 ޑިސެމްބަރ 2019 - 20:37
ގއ. ވިލިނގިލީގައި ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު ފެނަކަ ކުންފުނީގެ މުވައްޒަފަކު ކަރަންޓު ގައި ޖެހުމުން އެ އަތޮޅު ހޮސްޕިޓަލުގައި މިއަދު ފަރުވާދޭން ފަށައިފި އެވެ.
ރަށު ކައުންސިލްގެ މެމްބަރު ލުގްމާން ނައީމް ވިދާޅުވީ މި ހާދިސާގައި އަނިޔާވެފައި ވަނީ ވިލިނގިލި ފެހިވިލާގެ، އަހުމަދު މުފީދަށް ކަމަށެވެ. އެ ޒުވާނާއަށް އިތުރު ފަރުވާދޭން މާލެ ގެނައުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ހާދިސާ ހިނގީ ވިލިނގިލީގައި ހުރި ރޯ ހައުސްތަކުގައި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
ލުގްމާން ވިދާޅުވި ގޮތުގައި، ނަރުދަމާގެ މަސައްކަތް ކުރަން ކޮނެފައިވާ ކޯރެއްގައި މުފީދު ހުއްޓައި، އެ ކޯރަށް ކަރަންޓު ޕަމްޕެއް ތިރިކުރީ ކަމަށެވެ. އެހެންވެ، އެ ފެންގަނޑު ގައި ކަރަންޓު ދައުރުވެ، މުފީދަށް އަނިޔާވީ ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލިނގިލީ ނަރުދަމާގެ މަޝްރޫއު ފެނަކަ އަށް ހަވާލުކޮށްފައި ވަނީ މީގެ ހަތަރު ވަރަކަށް މަސް ކުރިން ކަމަށް ލުގްމާން ވިދާޅުވި އެވެ. މީގެ އަހަރުތަކެއް ކުރިން އެ ރަށުގައި ހިނގި ކަރަންޓުގެ އެހެން ހާދިސާއެއްގައި ފެނަކައިގެ އެހެން ޒުވާނެއް މަރުވެފައިވާ ކަމަށް ވެސް ލުގްމާން ވިދާޅުވި އެވެ.
ލުގްމާން ވިދާޅުވި ގޮތުގައި، މިފަދަ މަޝްރޫއު ހިންގާ އިރު، މުވައްޒަފުންގެ ރައްކާތެރިކަން ޔަގީންކުރަން ފެނަކަ އިން އަޅާ ފިޔަވަޅުތައް މިހާރަށް ވުރެ ވަރުގަދަ ކުރަން ޖެހޭނެ އެވެ.
ފުލުހުން ބުނީ، ވިލިނގިލީ ފެނަކައި ގައި މަސައްކަތް ކުރާ މުވައްޒަފަކު ކަރަންޓުގައި ޖެހި، ހާލު ސީރިއަސްވި ކަމުގެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށާއި އެ ހާދިސާއާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައި އެޅުން
09 December 2019
ފެނަކަ ސަޢީދު ޕްރޮކިއޯމަންޓް ގެ ބައިއެޅުމުގެ ކުޅިވަރު ހުއްޓާލާހަ ފުރަތަމަ މުވައްޒަފުން ސޭފްޓީ ޓްރޭނިންގ ކަންކަމާ އުޅެން ވެއްޖެދޯ! ތިރަށުގެ 3 ވަނަ ކޭސް ތިޔާ! އެކަކު މަރުވެއްޖެ! ޓްރޭނިންގ އެއް ދެނީކީ ނޫން، އެކި ރަށްރަށަށް މުސާރާއިގެ މިންގަނޑުވެސް ތަފާތު! މަޖްލީހުގެ ހޫނުގޮނޑިއަށް މީނާ ހާޒިރު ކުރާން ވެއްޖެ!
ހަބީބު
08 December 2019
ފުލުހުން ބަލަންޖެހޭ ކަންކަން ރަނގަޅައްބަލާތި ބަލާފަ ވާނުވާގަ ތިބޭތި ދުވަހަކުވެސް ބަލާ ކަމެއްގެ ކޮޅެއްމެދެއް ނިމޭ ހިސާބެއް ނޭނގޭނެ ފޯނަކުން އެއްޗެއް އޮޅުމެއް ނުމެފިލާނެ ނޫނޭވާ ރައްޔިތުންގެ މުސާރަ ކައިގެން އާއިލާގެ މީހުންނައް ފުހުލަކައް ވީތީ ލިބޭހާ ހިދުމަތެއް ހިލޭ ދީގެން ދައުލަތް ތަކުން ތިޔަގެންގުޅޭ ފުލުހުންގެ ގަމާރުކަމާއެވެ
ރައްޔިތުންގެ ކައުންސިލަރު
08 December 2019
ދައުލަތުގެ ޚަޒާނާ އިން ރަައްޔިތުންގެ އަސާސީ ޙައްގުތަކަށް ލުއިފަސޭހަތައް ހޯދައި ދިނުމަށް ސަރުކާރުން ހިންގަން ބޭނުންްވާ މިފަދަބޮޑެތި މަޝްރޫއު ތައް. ރައްޔިތުންނަށް ޚިދުމަތްކުރަން ތިއްބަވާ މުވައްޒަފުމީހާ ލައްވާ ގަދަބާރުން 2ރުފިޔާ ބަޔަށް ކުރުވާނަމަ، ކުރިއަށް އޮތްތާނގަ މިފަދަ އަދި އެތައް އެތައް މައްސަލަތަކެއް ވެސް ފެންމަތިވެ ފޫނުބެއްދޭނެ ވަރުގެ ނުރައްކާތަކާއި މުވައްޒަފުން ކުތިމަތިލާނެ. މި އީ ހުއްޓާލަން.ވެއްޖެ ކަމެއް.