ކ މާފުށީގައި 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނިގޮތުގައި އެ ކުއްޖާ މިއަދު ހަވީރު 5:45 ހާއިރު ގެއިން ނުކުތް ގޮތަށް ޚަބަރެއް ނުވެ އެވެ. އެ ކުއްޖާގެ ފޮޓޯ އާއްމުކުރި ނަމަވެސް ކުއްޖާގެ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި މާފުށީ ރައްޔިތުންގެ އިތުރުން ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
ކުދިން ގެއްލިގެން ހޯދަން ދޭތެރެ ދޭތެރެއިން އިއުލާނުކުރެ އެވެ. ގިނަ ކުދިން، މާ ގިނައިރުތަކެއް ނުވެ ފެނިފައިވެ އެވެ.