އަންހެނުންތަކެއް ސައިކަލް ދުއްވަނީ. އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އަންހެނުންނަށް ވަނީ ގިނަ ގޮނޑިތަކެއް ހާއްސަކޮށްފައި.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު
11 ޑިސެމްބަރ 2019 - 21:41
އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްތަކަށް 372 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެ ކަމަށެވެ. އަދި އިތުރު 372 ކައުންސިލަރުން ރަށު ކައުންސިލްތަކަށް އިންތިހާބު ކުރާ އިރު، އެ ގޮނޑިތަކަށް ދެ ޖިންސުގެ މީހުންނަށް ކުރިމަތިލެވޭނެ ކަމަށް އީސީން ބުންޏެވެ.
ރަށު ކައުންސިލްތަކުން ރައީސުންގެ ގޮތުގައި 179 މީހަކު އިންތިހާބުކުރާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަތޮޅު ކައުންސިލަރުންގެ ގޮތުގައި 18 މީހަކު އިންތިހާބު ކުރާއިރު، ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސް ހިމެނޭ ގޮތުން 197 މީހަކު އަތޮޅު ކައުންސިލަރުންގެ ގޮތުގައި ތިބޭނެ ކަމަށް އީސީން ބުންޏެވެ.
މީގެއިތުރުން ސިޓީ ކައުންސިލްތަކަށް އިންތިހާބު ކުރާ އަންހެން ކައުންސިލަރުންގެ އަދަދަކީ 12 ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. ސިޓީ ކައުންސިލަރުންގެ ގޮތުގައި އިތުރު 24 މީހަކު އިންތިޚާބުުކުރާއިރު އެ 24 ގޮނޑިއަށްވެސް ދެ ޖިންސުގެ މީހުންނަށް ވާދަ ކުރެވެ އެވެ.
ސިޓީ ކައުންސިލްގެ މޭޔަރުންގެ ގޮތުގައި ތިން ބޭފުޅަކު އިންތިހާބު ކުރާނެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް 929 މެމްބަރުން އިންތިހާބު ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އީސީން ވަނީ ބުނެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމި އިރު، ކައުންސިލްތަކުން ވަކި ޕަސަންޓަކަށް ގޮނޑި އަންހެނުންނަށް ހާއްސަކޮށް، ލާމަރުކަޒީ ބިލް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެކަމަކު، މިހާތަނަށް އައި އިރު، އެ ބިލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފައެއް ނުވެ އެވެ.
ބިލްގައި ކައުންސިލްތަކުގައި އަންހެނުންގެ ދައުރު ފުޅާކުރަން ހާއްސަ ބާބެއް ވަނީ ހިމަނައިފަ އެވެ. އެ ބާބުގައިވާ ގޮތުން، ރަށްރަށާއި ސިޓީ ކައުންސިލްތައް ހިނގަނީ އަންހެނުންގެ ދައުރު ރައްކާތެރި ކުރެވި އަންހެންގެ ބައިވެރިވުމާއި އެކުގައި ކަން ކަށަވަރު ކުރުމަށްޓަކައި ކައުންސިލްތަކުގައި އަންހެނުންގެ ދައުރެއް ކަނޑައެޅިފައި އޮންނަން ވާނެ އެވެ. މި މަގުސަދު ހާސިލްކުރަން ކައުންސިލްތަކުގެ މެމްބަރުންގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރަން ޖެހޭ ކަމަށް އެ ބާބުގައިވެ އެވެ.
މިއީ ރާއްޖޭގައި އިންތިހާބީ މަގާމުތަކެއް އަންހެނުންނަށް ހާއްސަކުރާ ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑޭ
12 December 2019
ދައުލަތުން ކުރާ ބޭކާރު ބޮޑު ޚަރަދެއްކަމަށް ފެންނަނީ!
ހިޔާ
12 December 2019
މިހާރު ތިޔައޮތީ ގޮނޑިތައް ކަނޑައަޅައިފަ. ސުވާލަކީ އަންހެނުންނަށް ކަނޑައެޅި ގޮނޑިތައް ނިސްބަތްވަނީ ކޮންދާއިރާތަކައްތޯ. އެދާއިރާތަކުގެ ރައްޔިތުން އަންހެނުންނަށް ވޯޓުދިނުން މަޖުބޫރުވާނެތޯ؟
އާވައްތަރެއް
12 December 2019
ކޮންމެ ގެއަކަށް ކައުންސިލަރެއް ހަމަކުރަންވީނު؟
ކަލޯގޭ މޫސަ
12 December 2019
ދައުލަތުގެ ބަޖެޓް ހުސްކުރަން ކުރާ ބޭކާރު ޚަރަދު.
ވަންނަ
12 December 2019
ކައުންސިލަރުންނަށް ވުރެ ކަތީބުން މާ ހިންގުންތެރި! ކަތީބު ނިޒާމު އަލުން ގެނައުމަށް ގޮވާލަން! ބޭކާރު އިސްރާފު ކުރާކަށް ނުފެނޭ! ޑިމޮކުރެސީ ކަމަކު ނުދޭ! ލާމަރުކަޒީ ވާތަނެއް ނުފެނޭ! ތިޔަ ނިޒާމަކަށް 8 އަހަރު ވީ! އަށް އަހަރު ތެރޭ ކައުންސިލަރުންނޭ ކިޔާ އަޑު އަރައިފައި ވަރަށްވެސް ހުތުރުކޮށް! މިއީ ނަޝީދު ދވެހިން ބޮލަށް ސަވާރު ވާން ހިންގައިހާ ޖަރީމާ!
ރޫހީ
12 December 2019
ކައުންސެލަރަކަށް އުޅޭ ސޮރެއް ކުރިން ރިސޯޓެއްގަ އުޅުނުއިރު ލަގެޖެއްގަ ފްރެޖައިލް ޓެގް އަޅުވާށޭ ބުނީމަ ލަގެޖް ނަގައިގެން ގޮސް ބެކޮ އޮފީސް ފްރިޖަށް ލާފަ ހުރީ. މިފަހަރުވެސް ކުރިމަތިލާކަމަށް ވަނީ. މިފެންވަރު މީހުން ލައިގެން ކިހިނެއް މިކަން ކުރަނީ. ދެން އަނެއްހެން މައްސަލައެއް ނޫން އެއީ މަޖިލީހުގެވެސް ނުލާހިކު މޮޅަށް ކިޔަވައިގެން ތިބި މީހުން ވިއްޔަ. އަނެއްކާ ކެޔޮދޫ ރަކީދޫ ގޮއެފުޅަފެހެންދޫއަށް ވެސް ހަމަ ރަށަކަށް ފަހެއް؟
ބޮނދު
12 December 2019
ދައުލަތުގެ ދަރަނި ހެސްކިޔާފައި ބޮޑުކޮއް އޮއްވައި ގިނަކައުންސިލަރުން ލަނީ ކޮންވައްތަރު ސަރުކާރު ހިންގަނީ
ބޮންދު
12 December 2019
ބޮންދުމެންނަށްވެސް ކޮމެންޓް ކުރެވޭނެ އެވަރުވީމަ..
ރުޅި
12 December 2019
ތިޔައީ އުފާވެރި ހަބަރެއްނޫން. 200 މީހުންގެ ކުޑަ އާބާދީއަކަށް 5 ކައުންސެލަރުން މާގިނަ. ގޮތްނިންމާ މީހުން ގިނަވުމުން ކޯޅުންބޮޑުވާނެ. ދެރައީ ޓެކްސްފައިސާ އިން އިންތިހާބޮޑު މުސާރަދޭތީ. އެކަމުގެ ސަބަބުން އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭން ބުރޫއަރާނެ. ދެން އަނެއްކާވެސްވީ އާ ޓެކްސެއްނަގަން. މިހާރުވެސް ފިޔާކިލޯއެއް 70 ރުފިޔާއަށް.
އަޙުމަދު
12 December 2019
ކައުންސިލަރުންވެސް ޝަރުތެއް އެބައޮންނަންޖެހޭ ، ޝަރުތު ހަމައެކަނި މިހާރު މިއޮންނަނީ ސިވިލް ވަޒީފާގައި އެކަމަކު ޒިންމާ ބޮޑީ މަޖުލީސް، އަތޮޅުކައުންސިލަރުން، ރަށުކައުންސިލަރުން ކޮބާތޯ ޝަރުތު
ޕިޔާ
12 December 2019
އަންހެނަކަށްވީތީއޭ ކިޔާފަ ތަބަކަކަށް ލައިގެން ހާއްސަ މަގާމެއް ދިނުމަކީ އަންހެނުން ބާރުވެރި ކުރުވުން ކަމަކަށް ނުދެކެން! އަޅުގަނޑު ދެކޭގޮތުގައި އަންހެނުންވެސް ފިރިހެނުންނެކޭ އެއްސަފުގައި ވާދަކުރުމުގެ ފުރުސަތު ތަނަވަސްކޮށްދީ އެފުރުސަތު ދޭންވީ! ދެން ވާދަކޮށްގެން ހޮވުން މީހަކު ހޮވުނީ! ނުހޮވުނު މީހަކު ދެންފަހަރަކުން ރަނގަޅަށް ކެމްޕޭން ކޮށްގެން ހޮވޭތޯ މަސައްކަތް ކުރަންވީ! މިހާރު މިކުރަން އުޅޭ ކަމަކީ އަންހެނުން ބާރުވެރި ކުރުވުމެއްނޫން! ނިކަމެތިކުރުން!
އަލުވި
12 December 2019
ބަރާބަރު ވާހަކައެއް.. ވާދަކޮއްގެން އެކަމާ އެކާވޭނެ މީހަކު ހޮވަންވީ، ވަކި އަންހެނަކައް ވެގްނޭ ކިޔާފަ މަގާމެއް ހުސްކުރާކައް ނުޖެހޭ. މަޖިލިހުގައިވެސް އެބަތިބި ހީވާގި މަސްއްކަތު އަންހެނުން، އެމީހުންނައް ވެސް މަގާމު ލިބުނީ ރިޒާވް ކޮއްގެނެއްނޫން. ހަމަ ވާދަކޮއްގެން އެތަކެއް ފިރިހެނުން ފަހަތައްޖައްސާލާފަ..... މިޔައް ބުނެވިދާނެ އަންހެނުން ކުރިއަރާފައޭ. މަގާމެއް ރިޒާވް ކޮއްފަ ދީގެން ވަކި ކަމެއް ނުވާނެ