މަގު ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކުރި އިންޑިއާ ކުުންފުނީގެ ދެ އިސްވެރިން ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
12 ޑިސެމްބަރ 2019 - 16:20
އައްޑޫގެ މަގު ހެދުމާއި ބިން ހިއްކުމުގެ ބޮޑު މަޝްރޫއުގެ ޑިޒައިން އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީގެ މަސައްކަތް 7.1 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ) އަށް އިންޑިއާގެ ދެ ކުންފުންޏަކާ ޕްލޭނިން މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.
މާލެ ފިޔަވައި އާބާދީ އެންމެ ބޮޑު ސިޓީގެ ކައުންސިލުން ތައްޔާރުކުރި ވިޝަންގެ މައްޗަށް ބިނާކޮށްފައިވާ މަޝްރޫއުތަކުގެ ކޮންސްޓްރަކްޝަން ކޮންސަލްޓަންސީ އަދި ޑިޒައިނިން މަސައްކަތް ހަވާލުކުރީ އިންޑިއާގެ އެލް އެންޑް ޓީ އިންފްރާސްޓްރަކްޗާ އަދި އިން ޖޭވީ ވިތު އެލްއީއޭ އެސޯސިއޭޓްސް ކުންފުންޏާ އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ، އެ ދެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ އިންޑިއާ ސަރުކާރުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރެއިން ކަމަށެވެ.
މަގު ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކުރި އިންޑިއާ ދެ ކުުންފުނީގެ އިސްވެރިންނާއެކު ސަރުކާރުގެ އިސް އޮފިޝަލުން ފޮޓޯއަކަށް ހުއްޓިވަޑައިގެން .-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
އައްޑޫގެ މަގު ހެދުމާއި ބިން ހިއްކުމުގެ ބޮޑު މަޝްރޫއުގެ ޑިޒައިން އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީގެ މަސައްކަތް އިންޑިއާގެ ދެ ކުންފުންޏަކާ މި ހަވާލުކުރީ 1221 ދުވަހުގެ ތެރޭގައި (ތިން އަހަރާއި ބައި) ނިންމާ ގޮތަށެވެ. އެއްބަސްވުމުގައިވާ ގޮތުން، މި މަޝްރޫއުގެ ޑީޓެއިލް ޕްރޮޖެކްޓް ހެދުމާއި ޕްރިލިމިނަރީ ޑިޒައިން ތައްޔާރު ކުރުން އަދި ބީލަމުގެ މަސައްކަތްތަކާއި ކޮންސްޓްރަކްޝަން ސުޕަވިޝަންގެ ކަންކަން އެލް އެންޑް ޓީ އިންފްރާސްޓްރަކްޗާ އާއި އިން ޖޭވީ ވިތު އެލްއީއޭ އެސޯސިއޭޓްސް ކުންފުނިން ކުރަން ޖެހެ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުގައި، އައްޑޫގެ 25 ކިލޯ މީޓަރުގެ މަގު ހަދައި 228 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އެއީ ހިތަދޫން 90 ހެކްޓަރާއި މަރަދޫ، މަރަދޫފޭދޫން 75 ހެކްޓަރާއި ހުޅުމީދޫން 38 ހެކްޓަރު އަދި ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވައިލުމަށްޓަކައި ފަޅުތެރެއިން 25 ހެކްޓަރެވެ.
މިިދިޔަ ޖޫން މަހު ރާއްޖޭގައި ބޭއްވި ޕާޓްނަޝިޕް ފޯރަމްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ އިންޑިއާއިން ދޭ ކްރެޑިޓްލައިންގެ ތެރެއިން 200 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ހޭދަކުރާނީ އައްޑޫގެ އެކި އަވަށްތަކާއި މަގުތަކާއި ބަނދަރު ހެދުން ފަދަ މަޝްރޫއުތަކަށް ކަމަށެވެ. އަދި، އައްޑޫގެ ތަރައްގީގެ ކަންކަމަށް ގާތްގަނޑަކަށް 414 މިލިއަން ޑޮލަރު (6.3 ބިލިއަން ރުފިޔާ) ޚަރަދު ކުރާނެ ކަމަށް ސަރުކާރުން އިއުލާން ކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިލާވަޅު
13 December 2019
ދިވެއްސަކައް އެއްޗެއް ލިބޭގޮތައް ކަލޭމެން ކަމެއްނުކުރާތި ހުރިހާ ފައިިސާއެއް ބޭރައް
އިއްބޭ
13 December 2019
އަބަދު ކްރެޑިޓް ލައިންއެކޭ މިކިޔަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށްތޯ؟ އިންޑިޔާއިން ދިން 1 ބިލިއަން ޑޮލަރުގެ ލޯނުއެއީ. ޗައިނާއިން ލޯނު ނެގީމަ ގޯސްވި މީހުންނަށް އެއްއަހަރު ތެރޭ އިންޑިއާއިން 1 ބިލިއަން ޑޮލަރު ލޯނު ނެގުން އޯކޭ ވެފަ މިއޮތީ.
އައްލާ
13 December 2019
ހަމައެކަނި ޑިޒައިން އަދި ކޮންސަލްޓަންސީއަށް 100 މިލިއަން!!!! ތަންފުކެއް ބޮޑުވަރު. މިރޭޓުން ތިޔަ މަސައްކަތް ކުރަން ކިތައް ބިލިއަން ހަރަދުކުރަންޖެހޭނެބާ؟؟
މަންނާނު
13 December 2019
ތިކަމުގެ ސަބަބުން ނިކަމެތި ރައްޔިތުން ފެލައިގެން ބޮޑު ބަދަލެއް ދޭންނުޖެހިއްޖެއްޔާ ރަނގަޅު ބަދަލުދޭ ސަރުކާރު ސިޔާސީމީހުން ހާވާ ހަޑިޔެއްގެ ސަބަބުން ނިކަމެތި ރައްޔިތުން ފެލައިގެން ބަދަލުދޭކަށް ނުޖެހޭނެ
ދެރަ
13 December 2019
ދަރިފުޅާ ޑިޒައިން ކޮށްލަން 3 އަހަރާބައި. ޥެރިކަން ނިމެން 3 އަހަރާ 10 މަސް
ގޯސް
13 December 2019
އާޅެ އާދެސްކޮށްފަބުނަން ތިޔަވަރަށް ލޯނުނުނަގަބަލަ. ތިޔަކަމުން ހުރިހާމޮޅެއް އިންޑިޔާއަށް. ބޭންކުން ލޯނު ދިނީ ދައްކާނީ ދިވެހިންގެ ޖީއެސްޓީފައިސާއިން. ޙުރިހާ ނަފާ އިންޑިއާގެ ކުންފުނިތަކަށް. ޙެޔޮނުވާނެ އިންޑިއާގެ އުނގުތެރެއަށް ނުވަދެބަލަ. ދެން ދުވަހަކުވެސް ތިޔައުނގުން ނުތެދުވެވޭނެ. އަޅުވެތިކަން.
ޟަމސާ
13 December 2019
ޑިޒައިން އޮތީ މާކުރިން ނިމިފަ އިންޑިއާ މަރުކަޒުގެ ފުރަގަހައް ލިންކުރޯަޑު ބަދަލުކޮއް ކުރިމަތި އިންޑިއާގެ އަސްކަރީ ބަންދަރެއް. ބާކީސާމާނު ހުރިއްޠާ މަގެއްގަ ތާރުކޮޅެއް.. ވަރައްސަލާމް.
އައްލާ
13 December 2019
ތިޔަ ބުނާ ހުރިހާ ކަމެއް ކޮއްފި އައްޑޫގައި އައްޑޫގަ އުޅޭމީހުންނައް އިނގޭނެ އިންޑިއާގެ މަރުކަޒެއް އައްޑޫގައި ހުރިތޯ
ފޭދޫމީހާ
13 December 2019
އައްޑޫގައި ތި މަޝްރޫއު ހިންގިޔަސް ހުރިހާ މޮޅެއް އަދި ފައިދާއެއް އޮތި އިންޑިޔާމީހުންނަށް މިކަމުން އައްޑުމީހަކަށް ވަޒީފާއެއްވެސް ނުލިބި ބޮލުގަ މި އެޅެނީ ބޮޑުދަތަންޏެއް ދަރިންގެ ދަރިންނާހަމަޔަށްވެސް ނުދެއްކޭވަރުގެ.
ހާމަ333
13 December 2019
ޑިޒައިންކުރަން ބަޔަކާ ހަވާލުކޮށްފީމޭ ކިޔައި އަނެއްކާވެސް އައްޑޫއަށް ވަޑައިގަންނަންވާއިރަށް ރައްޔިތުން އޮޅުވާލަނީތޯ? 3އަހަރު ޑިޒައިންކުރުމަށް ދިނީމަ ތިއީ ބޮޑުވަރޭ ބުނެވޭނީ...މިހެންވީމާ މަގުގެ ކޮންސްޓްރަކްޝަން މަސައްކަތް ފެށޭނީ 5 އަހަރު ނިމިގެން އޮންނަ ރިޔާސީ އިންތިހާބަށްތާ...މައުމޫނު މީގެ 16 އަހަރުކުރިން ބިންގާއަޅައި ރައްޔިތުންނަށް ހޯދަދޭން ބުނި ހޮސްޕިޓަލް މިހުޅުވެނީ 16 އަހަރުފަހުން މާދަމާ...ފިނިހަކަ ތަރައްގީދެއްތޯ...