ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަ ދައްކަވަނީ. ޔާމީން އޮންނެވީ ހައްގުވާ މަގާމެއްގައި ނޫން ކަމަށް އޭނާ ވިދާޅުވި. --- ފޮޓޯ: މިހާރު
14 ޑިސެމްބަރ 2019 - 12:51
މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކިތަންމެ "އިއްޒަތްތެރި ގޮޅިއެއްގައި" އޮތަސް އެއީ އެމަނިކުފާނަށް ހައްގުވާ މަގާމެއް ނޫން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ޔާމީން މިނިވަން ކުރަން ގޮވާލައި ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ އަމިއްލަ މަންފާއެއް ނުހޯއްދަވައި ގައުމުގެ ހައްގުގައި ލޯތްބާއި ކުލުނެއް އޮވެގެން މަސައްކަތްޕުޅު ކުރެއްވި ހަމައެކަނި ލީޑަރަކީ މި ފަހުގެ ތާރީހުގައި ޔާމީން ކަމަށެވެ. އެހެންވެ، ޔާމީން ޖަލުގައި އޮންނެވުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނު މިނިވަން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ބަލާކަށް ބޭނުމެއް ނޫން ޔާމީން އޮތީ ކޮން ކަހަލަ ގޮޅިއެއްގައިތޯ. އެތަނުގައި ކިތަންމެ އިއްޒަތްތެރި ގޮޅިއެއްގައި އޮތަސް އެއީ އެމަނިކުފާނުގެ މަގާމެއް ނޫން. އެމަނިކުފާނަށް ހައްގުވާ މަގާމެއް ނޫން އެއީ. ޔާމީނަކީ ޖަލަށް ވަޑައިގަންނަވަން ޖެހޭ ބޭފުޅެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޔާމީން މި ގައުމަށް ކޮށްދެއްވި ހިދުމަތުގެ އިނާމަކަށް ވާންވާނީ ޖަލު ގޮޅިއެއް ނޫނެވެ. ޔާމީންގެ މައްޗަށް އިއްވީ އަނިޔާވެރި ހުކުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެ ހުކުމް ބަލައިނުގަންނާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްވަވައިގެން ދެ ބޭފުޅުންގެ ސިޔާސީ މުސްތަގުބަލް ހަލާކުކޮށްލަން ދިން އަނިޔާއެއް ކަމަށާއި އެ އަނިޔާ އިން ސަލާމަތް ކުރުމަށް ވުރެ މުހިންމު އެހެން ކަމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރޭގަނޑު ވެސް، ދުވާލު ވެސް، މެންދުރު ވެސް މެންދަމު ވެސް، އަވީގައި ވެސް، ފިނީގައި ވެސް، ވާރޭގައި ވެސް އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމަކީ ޔާމީން މިނިވަން ކުރުމުގެ މަސައްކަތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޔާމީނަކީ ގައުމު ވިއްކާލައިގެން ވެރިކަން ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި، މި ގައުމުގައި އިސްލާމްދީން ނޫން އެހެން ދީނެއް އޮތުމަށާއި ގައުމިއްޔަތު ބީވެގެން ދިއުމަށް އެމަނިކުފާނު ދޫކޮށްނުލައްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ބޭރު ގައުމެއްގެ އަޅުވެތިކަމަށް މި ގައުމު ދިޔަ ނުދީ، ސައްތައިން ސައްތަ މުސްލިމު، އަމިއްލަ މުސްތަގިއްލު މިނިވަން ގައުމެއްގެ ގޮތުގައި މި ގައުމު ބާއްވައިގެން މި ގައުމުގައި ވެރިކަން ކުރަން އެނގިވަޑައިގަންނަވާނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. މި ދައުވާގައި، ފަސް އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ވަނީ ޖޫރިމަނާ ކޮށްފަ އެވެ. ޔާމީންގެ މައްޗަށް އިއްވި ހުކުމް، ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފަ އެވެ. އެކަމަކު، އަދި ހައި ކޯޓުގައި އިސްތިއުނާފުގެ އަޑުއެހުންތައް ނުފަށަ އެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅު ސަޕޯޓަރުން ކޮންމެ ރެއަކު ދަނީ މާލޭގައި މުޒާހަރާ ކުރަމުންނެވެ. އެމަނިކުފާނު ހުންނަވަނީ މާފުށީ ޖަލުގެ ސްޕެޝަޕް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ)ގަ އެވެ. އެއީ، ޔާމީންގެ ވެރިކަމުގައި ކޯޓުތަކުން ހުކުމް އިއްވި ސިޔާސީ ބޭފުޅުން ބައިތިއްބަން ހާއްސަކޮށް ހެދި ތަނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
16 December 2019
އަމިއްލަ މަންފާއެއް ނުހޯދާކަން ދިވަިންނަށް ވަރަށް ސާފުކޮށް އެނގިއްޖެ ޔާމީނުގެ ޝަރީއަތް ޓީވީން ބަލާލީމާ. މީހަކަށް ތިވަރު ބޮޑު ތެދެއް ހެދޭނެ ހެނެއް ހިޔެއް ނުވޭ.
ރޮއިޓަރ
15 December 2019
އެހެންވިއްޔާ މި ގައުމުގައި ވައްކަން ކޮށްފަ ތިބި އެންމެންވެސް ތިބެންޖެހޭނީ ގޭގަތާ! ޤާނޫން އަސާސީގަ އޮންނަނީ ވެރިކަމުގަ ހުރެގެން ކުރާ ހުރިހާ ވައްކަމެއްވެސް ނުބެލޭގޮތަށްތަ؟ ގަމާރު އަދުރޭ. މިހާރު އަރާމު ގޮޅީގެ ވާހަކަ ތިދައްކަނީ މީގެ ކުރިން ދެއްކީ އެކަށީގެންވާ ތަނެއްގައެއްނޫނޭ ބެހެއްޓީ.. ބޭރު ގައުމުތަކަށް ގޮސްގެންވީކީއް އަދުރޭ. ބޭރު މީހަކަށް ކަހާތަންހިރުވާވެސްނުލިނު.އޭގެން އެގޭއެއްޗަކީ ހުކުމް ރަގަޅޭ. އަދުރޭ ދެމަފިރިން 9މިލިއަނަށްގަތް ފުލެޓްވެސް ބަލާ.
އަހްމަދު
15 December 2019
ޖަލުގަ އަނދަގޮޑި ޖަހާފަ ބާއްވާން ޖެހޭނީ
ރެކިފުތާ
15 December 2019
ޔާމީނަކީ ރައްޔިތުންނާއި ގުޅުމެއް ނެތް ބޮޑު ކޭ ހޮޅެއް
އަހުރެން
15 December 2019
ތެދު ވާހަކައެއް. ޔާމީން އޮންނަންޖެހޭނީ ހަމަ ޖަލުގެ ކުޑަ ޓިނު ގޮޅިއެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި. ޔަމީނު އާއި އާއިލައާއި ގުޅުން ހުރި ހުރިހާ ބަޔެއްގެ މުދާ ދައުލަތަށް ނަގަންޖެހޭނީ. ހަގީގަތުގައި ޔާމީންގެ ފަޅާއަރައިގެން މިއުޅެނީ އޭނާ ކޮށްފައިހުރި ކަންކަމުގެ %5. މި އަދުރޭވެސް ހާވާފައި ހުރި ހަޑިތައް ބަލާ ކައިފައިހުރި ލާރި ހޯދާ ޖަލަށްލުން.
ސާދާސީދާ
15 December 2019
އޮންނަންޖެހޭނީ ޓިނުގޮޅިއެއްގައި 25 އަހަރުގެ ޙުކުމެއްގަ!
ސަހަރޯ
15 December 2019
ކަލޭ މަޤާމު ކިޔައިދިން ޒަމާން ހިނގައްޖެ ކަލޯ! ދެން ކިތަންމެ އަނގައެއް ތެޅިއަސް ކަހިރުވައެކޭވެސް ހީވާނޭ މީހަކު މިޤައުމަކު ނެތް. ދެން ލަލަލަ
މަމިގިލި
15 December 2019
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވީ، ގާޒީ ހައިލަމްގެ އަގު ވައްޓާލުމުގެ ނިޔަތުގައި އޭނާގެ ނަމުގައި ބަޔަކު ކުރީ "ފޭކް މެސެޖެއް" ކަމަށެވެ. ފޭކް އެކައުންޓަކުން ކުރި މެސެޖާ ގުޅިގެން ހައިލަމްއާ ދޭތެރޭގައި ފިޔަވަޅު އަޅަން މަސައްކަތް ކުރަމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޢަބްދުﷲނާފިޒް
15 December 2019
"ޔާމީނަކީ ގައުމު ވިއްކާލައިގެން ވެރިކަން ކުރައްވާނެ ބޭފުޅެއް ނޫން" މެތެމެޓިކް ސަރ، ރައްޔިތުންނަށް ތިކަން ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިގެނޭ، ނިމުނު ރިޔާސީ އިންތިޚާބުގަ ރައްޔިތުން ޔާނު އަށް ދެން ހެވޭބުނެ ބޮޑު ޝުކުރިއްޔާއެއް ދިނީ، މެތްސް ސަރ މިހުންނަވަނީ ހިނދުކޮޅުގަ ނޫނބާ!؟
އިބުރާހިމު
14 December 2019
އަސްލުވެސް ތެދެއްތީ! ޔާމީނުގެވެސް އަދި އެހެން ކުއްވެރިންގެވެސް އަސްލު ހަގީގީ މަގާމަކީ ހަމަ އެންމެންވެސް ލާ އާދައިގެ ގޮޅި!