އައިޖީއެމްއެޗް. އެ ތަނުގެ ސީލިންގުން ބައެއް ވެއްޓި ކުއްޖަކަށް ވަނީ އަނިޔާވެފައި.
14 ޑިސެމްބަރ 2019 - 13:18
އައިޖީއެމްއެޗްގެ ސީލިންގުން ބައެއް ވެއްޓި ކުޑަ އަންހެން ކުއްޖަކަށް މިއަދު އަނިޔާވެއްޖެ އެވެ.
މަންޒަރު ދުށް މީހަކު "މިހާރު" އަށް ކިޔައިދެމުން ބުނީ އެ ހާދިސާގައި ވެއްޓުނީ އައިޖީއެމްއެޗް އައިސީޔޫ ކައިރީގައި ހުންނަ ވެއިޓިން އޭރިއާގެ ސީލިންގުން ބައެއް ކަމަށެވެ. ސީލިންގުގެ ބައެއް ނައްޓާލައިގެން ވެއްޓިފައި ވަނީ ވާރޭ ވެހި ސީލިންގް ފޯވުމުން ކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ.
އެވަގުތު އެތަނުގައި ގިނަ އަދަދެއްގެ ބަޔަކު ތިބި ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ސީލިންގުގެ ބައެއް ވެއްޓި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެފައިވާ ކަމަށް އޭނާ ބުންޏެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހޮސްޕިޓަލްގައި އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމަށެވެ. އަދި އެ ހާދިސާގައި ސީލިންގުގެ ބައެއް ކުޑަ ކުއްޖެއްގެ ގައިގައި ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު، އެ ކުއްޖާ އަށް ބޮޑު އަނިޔާއެއް ނުވޭ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މި ހާދިސާ ހިނގި ގޮތް އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްޓާފުން
15 December 2019
ޒިންމާ ނަގާ ނެ ފަރާތެއް ނުވާނެ ދެޖީބައް އަތްޖަހާފަ ދެކޮލައް ހިންގީމަ ނިމުނީ އަތިފާ ސާކިރުމެން
ދޫބެ
15 December 2019
"އެކަމަކު، އެ ކުއްޖާ އަށް ބޮޑު އަނިޔާއެއް ނުވޭ،" ޔޭ! "ފުދޭ ވަރަކަށް" ދޯ އަނިޔާވީ! ކިހާ ދެރަވަރު ކަންކަންތަ ތިހުންނަނީ.
ސުބު
15 December 2019
ތިފެންނަނީ އިންޑިޔާގެ މޮޅު ކޮލިޓީ، ތިކޮލިޓީއާ ހެދި މިގައުމުގެ ކުރީގެ ރައީސަކު އެހެރަގެން އަވަދިވަނީ
ބޮޑުމީހާ
15 December 2019
އަވަހަށް ބޮޑު އަގުދީފަ ބަޔަކާ ހަވާލުކޮށްލާ! ތިތަން މަރާމާތުކުރި ކުންފުނި ހާޒިރުކޮށް ދައުލަތަށް ބަދަލު ހޯދަން ރަނުގެ ފުރުސަތެއް ތިއޮތީ ލިބިފަ. ބޭނުން ހިފާނެކަމަށް އުއްމީދުކުރަން
ބަދަލު
15 December 2019
އިންޑިއާއަތުން ބަދަލު ނުނަގާނެ މިސަރުކާރުން.
ކޮލެޖް ޑޮކްޓަރު
15 December 2019
ކަލޭމެން އަތުން މީހަކަށް ކިތަންމެ ބޮޑު އަނިޔާއެއް ވިޔަސް ބުނާނީ ބޮޑުވަރެއް ނުވެޔޭ. މަރުވިޔަސް ބުނާނީ ބޭހާއިގުޅިގެނެއް ނޫނޭ, ސާޖަރީގެ ސަބަބަކުން ނޫނޭ
ރީތި މޫސަ
15 December 2019
ތިއިންޑިއާމީހުން ހެދިގާކޮށި ދެކިބަލަ އެއްވެސް ތަނބެއް ބެރިޔަކާ ދިމާނުވާނެ އަދި ތަނބާ ބެރިޔާގުޅޭތަންހުންނާނީ ހިލަތަށްދިމާލަށް ކޮންކުރިޓްކުރުމުގެ އެއްވެސް ފެންވަރެއްނެތް ހަމަ އެގޮތް އަރަބިއްޔާ ހުރިތަނުގައެޅި އިމާރާތްވެސް
މަލް
14 December 2019
އެއްކަލަ އިންޑިއާއިން އެންމެފަހުން މަރާމާތު ކޮށް އާކޮށްދިން ބައި އެވެެއްޓުނީ. ހެޔޮނުވާނެ އިންޑިއާ ކޮމްޕެނީ ތަކަށްދީގެއް އެއްވެސް މަސައްކަތެއް ކުރަން.
aanu
14 December 2019
ގިނަ ދަރީންތަކެއް އެބަޖެހޭ މިދާއިރާައަށް ނެރެން... ސަރުކާރުން އިންވެސްޓް ކުރަން އެބަޖެހޭ
ޔާސްމީން
14 December 2019
ހުރިހާގޮތަކުން ބެލިކަމުގަ ވިޔަސް ރާއްޖޭގެ ސިއްހީދާއިރާގެ ފެންވަރު ދަނީ ދަށަށް. މިކަން ރަނގަޅެއް ނުވެސް ކުރެވޭނެ ސަރުކާރުން ހުރިހާ ޑޮކްޓަރުން ދެކޭ ބިރުން އުޅޭހާ ދުވަހަކު. ހޮސްޕިޓަލުގެ ހާލުވެސް އަހާ ދަށް އަދި ޑޮކްޓަރަށް ދެއްކުންވެސް އެހާމެ އުނދަގޫ. ބޭނުންވާ ބޭސްތަކެއް ގިނަފަހަރަކަށް ނުލިބޭ. ޖޭހޭނީ މުޅި މާލޭގާ ދުއްވަން. ދެން ސީލިން ބޮލަށް ނުވެއްޓުނީއްޔާ ދެރަ.
އެދުރުބޭ
14 December 2019
އަދިވެސް މިއުޅެނީ އިންޑިއާއަށް ބަރޯސާވާން، ވަކި ބަޔަކާ ނުޖެހި އުޅެވެން ޖެހޭ