ދިވެހިންގެ އުއްމީދީ ޕާޓީ އުފެއްދުމުގެ ހުއްދަ ދެނީ: އެ ޕާޓީ އުފެއްދުމުގެ އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ދީފައި -- ފޮޓޯ/އިލެކްޝަންސް ކޮމިޝަން
17 ޑިސެމްބަރ 2019 - 15:34
ދިވެހިންގެ އުއްމީދީ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އުއްމީދީ ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ދިނީ މ. ރީފްސައިޑް މުހައްމަދު ސައީދަށް ކަމަށެވެ.
”ދިވެހިންގެ އުއްމީދީ ޕާޓީ” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އަލްފާޟިލް މުހައްމަދު ސައީދު , މ، ރީފްސައިޑް، މާލެ އަށް މިއަދު އީސީ އިން ރަސްމީކޮށް ދީފި pic.twitter.com/FadaOlVS1P
— Elections Commission (@ElectionsMv) December 17, 2019
އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓް
ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދިނުމުން ޕާޓީ ރަޖިސްޓްރީކޮށް ދޭނީ މަދުވެގެން 3،000 މީހުންގެ ސޮއި ހަމަކޮށް، އަދި މަދުވެގެން 300 މީހުން ބައިވެރިވާ ޕާޓީ އުފެއްދުމުގެ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދު ފާސް ކުރުމުންނެވެ.
ބައެއް ޕާޓީތައް އުފެއްދުމުގެ ހުއްދައަށް ކުރިން އެދުނަސް، އެ އިލެކްޝަންސް ކޮމިޝަނުން އޭރު ދީފައެއް ނުވެ އެވެ. އެކަމަކު ހުއްދަ ދިން ޕާޓީތަކުގެ ތެރެއިން ބައެއް ޕާޓީތައް މިހާރު ވަނީ ރަޖިސްޓްރީކޮށްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަކުރުގެ އާދަނު
19 December 2019
ތި ޕާޓީ އަށް މަވެސް ވަންނަން ބޭނުން. ކިހިނެއް ހަދަންވީ...
ދިލް
18 December 2019
"ލޮލް" ކަހަލަ ހިންޏެއް މަގާތަށް އަންނަނީ.
އިންސާނާ
18 December 2019
ދިވެހިންގެ އުއްމީދީ ޕާޓީއަކީ ޕީޕީއެމް ޕީއެންސީ މިގައުމާ ރައްޔިތުންނައް އެވަރުގެ ހިނިތުންވުމެއް ގެނެސްދެވުނު ސިޔާސީބަޔަކު މިގައުމަކުންއަދިފެނިފަކާނުވޭ
ދިލް
18 December 2019
ތެދު ވާހަކައެއް. ހިނި އައިގޮތަށް އަނގަ ލައްޕަން ހަނދާން ނެތިފަ މަވެސް މި އިންނަނީ! އަނގަ ވާޅުވެސް ވާނެދޯ އަޅެ. އެކަމުވެސް ކީއްކުރާނީ... ހިނިއައިސް މި އިނީ.
ފެންބެ
18 December 2019
ހެހެ ސިޔާސީ ގޮތުން ކޮން ކަމެއް ކުރެވޭނީ ތި ޕާޓީއަށް. ފޮޓޯއަކަށް ހުއްޓިލަން ނޭގެ. ލުލް.
ފަރޭ
17 December 2019
ކަންތަކާ ލައިގަންނަނީ! ކޮންމެއަތޮޅެއްގައި ޕާޓީއެއްނުހަދާ މައިތިރިވާނެބާ؟
ހޮސެން މިއާ
17 December 2019
މި ރާއްޖެ މަދުމީހުން ތިބެނީ އެކަމަކު ގިނަ ޕާޓީ ހުންނަނީ. މީ ކޮންވައްތަރު މީހުން
ބޮންދު
18 December 2019
ދެން ހޮސެންމިއާ މެން އެ ޕާޓީތަކަށް ވަންނަ ތިބެނީ. އޭރުން ޕާޓީތަކުގަ މީހުން ގިނަވަނީ. ދެން ރަގަޅު ހުންނަނީ..
އިންތިހާބް
17 December 2019
ކައުންސިލެއް ލިބިއްޖެއްޔާ މިފަހަރު ފައިދާ ހޯދިދާނެ. ޑީއާރްޕީއިންވެސް އެކުޅެނީ މި ގޭމް.
ައަހުމަދުއަލޯ
17 December 2019
ދިވެހިންގެ ބާތުޑޭ ޕާޓީ، ބޮނޑިބަތް ޕާޓީ، ދޮންފަޅޯ ޕާޓީ، އެންޓިއެމްޑީއެން ޕާޓީ، ފޯއެމްޑީއެންޕާޓީ، ލާދީނީ ޕާޓީ، ދީނީ ޕާޓީ، ހެދިކާމީރު ޕާޓީ، ހެދިކާޖަހައިގަންނަ ޕާޓީ......
ޝާޑު
17 December 2019
އަދި ކޮބާ ދޮންއަންނާރުޕާޓީ، ވެހޭތާ ފެންނަގާ ޕާޓީ.
އަދި
18 December 2019
ދެން މަދުވަނީ އެ ހުރިހާ ޕާޓީތައް ބަލަހައްޓަން ހަދާ ޕާޓީ..
ޞެއިހް ކަނޑޫދޫ މިރުސް
17 December 2019
ސަހަރޯ އޭ ހިތައް އަރާ. މިއީ ކިހިނެއް ވެފައި ތިބޭ ބައެއްތަ!
ނަޖުދާ
17 December 2019
ޕާޓީގާ ބައިވެރިވާ ކޮންމެމީހަކަށް ރޮލެސް ގަޑިއެއް ލިބޭނެބާ؟