ޑްރަގްގެ މައްސަލާގައި މިރޭ ފާސްކުރި ލޮނުމިދިލިގޭގެ ކޮޓަރިއެއް.---ފޮޓޯ: މިހާރު
19 ޑިސެމްބަރ 2019 - 21:23
މާލޭގައި ކެފޭ ހިންގާ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރުމުގެ ވިޔަފާރި ކުރާ ގެތަކަށް އަމާޒު ކޮށްގެން، އެ ގެތައް ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއްގައި ގިނަ ބަޔަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލަތަކުގެ ތުހުމަތަށް އެންމެ ފަހުން މިރޭ ފާސްކުރީ މ. ލޮނުމިދިލިގެ އެވެ. އެ ގެއިން ހަތަރު ފިރިހެން ކުޑަކުއްޖަކާއި ދެ ފިރިހެނަކާއި އަންހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ، ލޮނުމިދިލިގެ އިތުރުން އެހެން ހަތަރު ގެއެެއް މި މަހުގެ މިހާތަނަށް ބަލައި ފާސްކޮށް 36 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ، މ. ފެޝަންމީޑާއި މ. ނަދީ އިރުމަތީބަޔާއި ހ. ވެލިރަންގެ އަދި ގ. މެމޮރީވިލާ އެވެ.
ފުލުހުން ބުނިގޮތުގައި މި މަހުގެ ފަސްވަނަ ދުވަހު ފެޝަންމީޑް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗިއްސާ އެކު 11 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މި މަހުގެ 12 ވަނަ ދުވަހު ނަދީ އިރުމަތީބައިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗިއްސާ އެކު ހައްޔަރުކުރީ ހަތަރު މީހެކެވެ. މި މަހުގެ 16 ވަނަ ދުވަހު ވެލިރަންގެ އިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗިއްސާ އެކު 10 މީހަކު އަދި މެމޮރީވިލާ އިން މަަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗިއްސާ އެކު ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މެމޮރީވިލާ ފާސްކުރީ އިއްޔެ އެވެ.
ފުލުހުން ބުނީ، މިއީ މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި ބަލައި ފާސްކޮށްފައިވާ ގެތައް ކަމަށެވެ.
ފުލުހުން ބުނީ މިއީ އެ ގެތަކުގެ ވެރި ފަރާތް ނުވަތަ ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތަކުގެ ރުހުމާ އެކު، މާލީ މަންފާ ހޯދުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށް ފާހަގަކުރެވޭ ކަމަށެވެ.
"...މި އޮޕަރޭޝަންތަކަކީ ގެތަކުގެ ވެރި ފަރާތް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތް ޒިންމާދާރު ކުރުމަށް ނުވަތަ ޖިނާއީ ތަހުގީގު ހިންގައި އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށްޓަކައި، ހިންގާ އޮޕަރޭޝަންތަކެއް ކަން ފާހަގަކުރަން،" ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަދުރޭ2
21 December 2019
ތިބުނާއުސޫލުން މާލޭގައި ނައިޓްކްލަބް ތަކާ ޑިސްކޯތައް އެބަ ހިންގާ. އަޑުގަދަކަ މުން ހިސާބުގަނޑު މީހުނަށްނުނިދޭ. މައްސަލަ ޖެއްސިއަސް ޕޮލިސް އަޅައެއްނުލާ.
1234
20 December 2019
މިސަރުކާރަށް 1 އަހަރު ވީއިރު މިކަން ހުއްޓުވަން އެއްވެސް ކަމެއް ނުކުރީ ހަމަ ނޭނގޭތީބާ؟
ވަދޫދު
20 December 2019
ކެފޭ ހިންގާ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރުމުގެ ވިޔަފާރި ކުރާ ތަންތަނުންވެސް މިފެންނަނީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗިހިދޯ!!!.....
އަހޫ
20 December 2019
ހާދަ އެހެންކަހަލަ ސުރުޚީއެކޭ. ފާސްކުރަނީ ހޮޓާފަދަ ތަންތަންހެން ސާފުތާހިރު ކަމަށްވާނަމަ ހުއްދަދޭގޮތަށްތޯ.
އިސްމާއިޅް އަބުދުﷲ
20 December 2019
ބަންގާޅިންވެސް މިހާރު ގިނަ އަދަދަކަށް މާލޭން ތަންތަން ކުއްޔަށް ހިފައިގެން ތިޔަކަން އެބަކުރޭ. އެތަންތަނުގަ އޮންނަ ކަމަކީ ގަވައިދާޢީ ހިލާފަށް 20 ނުވަތަ 30 މީހުން ނިންދެވުމާއި ކައްކާ ކާންދިނުމެވެ. ދެން ޑުރަގު ވިއްކުމެވެ. މާލޭގައި ބަންގާޅިން ތަންތަން ކުއްޔަށް ނަގައިގެން ހިންގާ މިފަދަ ވިޔަފާރިތަކުން މަހަކު ތިން ލައްކަ ރުފިޔާގެ ނުވަތަ ހަތަރު ލައްކަ ރުފިޔާ ފައިދާ އެމީހުން ނަގައެވެ.
ކޮތަރު
20 December 2019
ނިމިދިޔަ ސަރުކާރުގަ މިކަހަކަލަ ކަންކަން ކުރާކަންއެގޭއިރުވެސް އަޅާނުލާތިބީ
ބާލައާދަނު
20 December 2019
ތިޔަތަންތަން ބަލާ ފާސް ކުރީމަ ނިމުނިއްޔެއްނޫން. ތިޔަ ފަަދަ ތަންތަން ދައުލަތަށް ނަގާ. ދިރިއުޅެން ދޫ ކުރެވޭ ބިންތަކުގައި ޣައިރު ޤާނުނީ ޢަމަލުތައް ހިންގޮގެންނުވާނެ.
ޙޫރު
20 December 2019
ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކަން ހުއްދަ ދީފަ ވަނީ ކޮންފަރާތަކަށްތޯ؟ މި ލިޔުމިގެ ސުރުހީގަ ވާ ގޮތުން ތި ވިޔަފާރި ކުރަން ހުއްދަ ދޫކޮށް އެވިޔަފާރި ކުރާަ ތަންތަން ފާސްކުރަމުން ދާ ވާހަކަތޯ އެޑިޓަރ ތި ވިދާޅުވަނީ؟
ނާއިފް
20 December 2019
ތި ލޮނުމިދިލިގެޔަކީ މިހާރު ސަރުކާރަށް ނަގާވަރު ގެޔެއްނު!
ޢިބޫ
20 December 2019
ޑްރަގް ވިޔަފާރި ހިންގާ ތަންތަށް ދައުލަތަށް ނެގޭނެ ގޮތަށް ގާނޫނެއް ހަދަން އެބަޖެހޭ އެއީ ބައެއް ތަންތަނުގެ ވެރިންވެސް އެކަންއެބަކުރޭ އޭރަށް ތަންކޮޅެއް މަދުވާނެ ކަމަށް ލަފާކުރެވޭ.