ރާއްޖޭގައި މަސައްކަތް ބަންގްލަދޭޝް މީހުންތަކެއް: ވިސާގެ ސައްހަކަން ކަށަވަރުނުވާ ނަމަ ރެމިޓެންސް ޓެކްސް ނަގަންޖެހޭ ގޮތަށް މީރާއިން ވަނީ ހަމަޖައްސާފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
02 އޮކްޓޯބަރ 2016 - 12:53
ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ބިދޭސީންގެ ތެރެއިން ވިސާގެ ސައްހަކަން ކަަށަވަރު ނުވާ ފަރާތްތަކުން ވެސް ރާއްޖެއިން ބޭޭރަށް ފައިސާ ފޮނުވާ ނަމަ ރެމިިޓެންސް ޓެކްސް ނަގަންޖެހޭ ގޮތަށް ހަދައި، ރެމިޓެންސް ޓެކްސްގެ ބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފި އެވެ.
ވަޒީފާއާބެހޭ ގާނޫނަށް މިދިޔަ މަހު ގެނައި އިސްލާހުގެ ދަށުން ބިދޭސީން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާއިރު ރެމިޓެންސް ޓެކްސް ދައްކަންޖެހެނީީ ވާކް ވިސާ ލިބިފައިވާ ބިދޭސީންނާއި ވާކް ވިސާ ނެތި ރާއްޖޭގައި މަސައްކަތް ކުރުން މަނާ ބިދޭސީންނެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަދައި، މިދިޔަ ބުރާސްފަތި ދުވަހު އަމަލުކުރަން ފަށާފައިވާ ގަވާއިދު ބުނާގޮތުން ބޭރަށް ފައިސާ ފޮނުވާ ބިދޭސީ މީހާ ވާކް ވިސާ ނޫން އެހެން ވިސާއެއް ލިބިފައިވާ މީހެއްކަން ކަށަވަރު ނުވާ ނަމަ ނުވަތަ ސައްހަ ވިސާއެއް ކަން ނުވަތަ ވިސާގެ މުއްދަތު ހަމަނުވާ ކަން ކަށަވަރު ނުވާ ނަމަ އެ މީހެއްގެ އަތުން ރެމިޓެންސް ޓެކްސް ނަގަންޖެހޭނެ އެވެ.
އެފަދަ މީހެއްގެ އަތުން ޓެކްސް ނެގިޔަސް އެ ފަރާތަކީ އެ ޓެކްސް ދައްކަން ނުޖެހޭ މީހެއްކަން އެ މީހަކު ސާބިތުކޮށްދީފި ނަމަ އެ މީހެއްގެ އަތުން ނެގި ޓެކްސް އަނބުރާ ދޭންޖެހޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
އެ ގަވާއިދު ބުނާގޮތުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ އިތުރުން ބިދޭސީއަކު ރާއްޖޭގައި ހުޅުވާފައިވާ އެކައުންޓެއްގައި ހުރި ފައިސާ ރާއްޖެއިން ބޭރުން ނަގާ ނަމަ އެކަމަށް ވެސް ރެމިޓެންސް ޓެކްސް ނަގަންޖެހޭނެ އެވެ. އެކަމަކު އެކަމަށް ޓެކްސް ނަގަން ފަށާނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ކަނޑައަޅާ ދުވަހަކުން ފެށިގެންނެވެ.
އެ ގަވާއިދު ބުނާގޮތުން ބޭރަށް ފައިސާ ފޮނުވަން ބޭންކްތަކާއި އޭޖެންސީތަކަށް ނަގާ ފީތަކަކީ ރެމިޓެންސް ޓެކްސް ހިސާބު ކުރުމުގައި ހިމެނޭނެ އަދަދެއް ނޫނެވެ. އަދި ރެމިޓެންސް ޓެކްސްއާ ގުޅޭގޮތުން މީރާ އަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކަންޖެހޭނީ ވެސް އޮންލައިންކޮށް ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮންދު
02 October 2016
ފިރިންނޭ އަނބިންނަށް ބަފައިންނޭ ދަރިންނަށް ސަމާލުވޭ މިފަހަރު ވަރަށް ގިނަ ވާކް ވިސާތައް ކައިވެނި ވިސާތަކަށް ބަދަލުވާނެ.
ުތުންތޮ
02 October 2016
ބުނަން އުޅޭ އެތި ތަންކޮޅެއް ކުރުކޮށް ބުނެބަލަ...ވިސާ އޮތަސް ނެތަސް ވަގަށް އުޅުނަސް ނުއުޅުނަސް އެކަމަކާ ނުބެހޭނަން... ލާރި ކޮޅު ދޭންވީ ދެއްތޯ
ސިންތިލީ ވޫމް
02 October 2016
ވާކް ވިސާ ނެތި ރާއްޖޭގައި މަސައްކަތް ކުރުން މަނާ ބިދޭސީން އަތުން ރެމިޓެންސް ޓެކްސް ނަގަން އެގޭ ހެން އެމީހުން ނާއި ދޭތެރޭ ގާނުނުގަވާ ގޮތައް އަމަލުކުރަން ނޭގެނީ ތޯ؟؟ އެމީހުން ވަކިކުރަން އެގެނީ ކިހިނެއްތޯ؟
ަަްްަަްޮަައަހުމަދު
02 October 2016
ކިހާވަރެއްގެ ޓެކްސްއެއްކަން ލިޔެލިނަމަ ވަރަށްފަސޭހަވާނެ. ވަރައްވެދުން.
GAN Island
02 October 2016
ރާއްޖޭގެ މަގު ބޭނުން ކޮށްގެން ''ވަގު ވިޔަފާރިވެރިންތަކެއް'' 1.2 ބިލޔަން ޑޮލަރުގެ ވަގު މުއާމަލާތް ހިންގާފައިވާ ކަމަށް ދުނިޔޭގެ މަޝްހޫރު ޓީވީ ޗެނަލް އަކުން މުޅިދުނިޔެއަށް ސާބިތު ކޮށްދީފައިވާ އިރު އެމައްސަލަ ބެލުން އޮތީ ކޮން އިރަކު. ؟؟؟ ދައުލަތުގެ މަޤާމެއްގައި ހުންނަވައިގެން މިދެންނެވި ޒިންމާ އަދާ ނުކުރައްވާ ގެއަށް ގެންދަވާ މުސާރަ ހަލާލު ނުވާނަމަ ޓެކްސް ދައްކަން ނުޖެހުނު ކަމުގައި ވިޔަސް ''ނެންގެވި މުސާރަ އާއި މެދު ސުވާލު ކުރެވޭނެ ދުވަސް އޮތްކަން'' ޤަބޫލު ކުރައްވަވާ.
ބޭންކިންގ ސިސްޓަމް
02 October 2016
މަބުނީ މީރާއަކީ ބޭންކުތަކުގެ މަންމަހެއްޔޭ ބޭންކުތަކުގަ ހުންނަ ލާރި ބޭރުން ނަގާއިރު އޭގެން ޓެކްސް ނަގަން އަންގަން. މަށަށް އެންގޭ ގޮތުގައި އެކަން ކުރެވޭނީ އެމް.އެމް.އޭ. މެދުވެރިކޮށް. އެކަމު އެކަހަލަ ކަމެއް ކުރެވިދާނެބާ އެމް.އެމް.އޭ. އިން އަމަލު ކުރަންޖެހޭ ބައިނަލް އަޤްވާމީ އުސޫލުތަކުގެ ތެރެއިން
މާލު
02 October 2016
ވާރު ނުނަގާ އެއްވެސް ދިމާލެއް ނުބާއްވާތި
އުމަރު
02 October 2016
ހުރިހައި ބިދޭސީންވެސް މިހާރު ގެންގުޅެނީ ލެޕްޓޮޕެއް އިންޓަނެޓް ކަނެކްޝަނާއެކު، އެހެންވެ މީރާއިން ހުރިހައި ހިދުމަތެއްވެސް އޮންލައިންކުރީ، ރާއްޖެ މިހާރު މިއޮތީ ސިންގަޕޫރަށް ބަދަލުވެފައި