އިދިކޮޅު ޕީއެންސީގެ އިސް ބޭފުޅުންތަކެއް ޖަލްސާއެއްގައި: ކައުންސިލް އިންތިޚާބުގެ ކެމްޕޭން އިދިކޮޅުން ވަނީ ފަށާފައި. --ފޮޓޯ/މިހާރު
29 ޑިސެމްބަރ 2019 - 19:35
އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ޕީޕީއެމާއި ޕީއެންސީގެ ޓީމެއް ލ. އަތޮޅަށް މިއަދު ފުރައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ލ. އަތޮޅުގެ އިތުރުން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިދިކޮޅުގެ ޓީމުތައް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އޭގެތެރޭގައި އައްޑު އާއި ގއ. އާއި ގދ. އާއި ތ. އަދި ދ. އަތޮޅުގައި ވެސް ޕީޕީއެމްގެ ޓީމުތައް އެބަތިބި ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ލ. އަތޮޅަށް ކުރާ ދަތުރުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލާ ޕެޓިޝަންގައި ސޮއިކުރުން ވެސް ކުރިއަށް ގެންދާނެ އެވެ. ދައުލަތުން ކުރި މަނީ ލޯންޑްރިންގެ ދައުވާގައި ކުށް ސާބިތުވެ އެމަނިކުފާނު ގެންދަވަނީ މާފުށީ ޖަލުގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.
"މި ދަތުރުތަކުގެ ބޭނުމަކީ އަޅުގަނޑުމެންގެ ޕާޓީގެ ރޫހު އަތޮޅުތަކުގައި ވަރުގަދަ ކުރުމާއި ރައީސް ޔާމީނަށް އޮތް ތާއީދު އިތުރުކުރުމަށް މަސައްކަތް ކުރުމާއި ރައީސް ޔާމީން މިނިވަންކުރަން ގޮވާލާ ޕެޓިޝަންގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ އިތުރުން ލޯކަލް ކައުންސިލްގެ އިންތިޚާބަށް ތައްޔާރުވުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅުގެ ބޭނުމަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރުމެވެ. ޕީޕީއެމްގެ ޓީމުތައް އަތޮޅުތަކުގައި ކުރާ މަސައްކަތާއި ސަޕޯޓަރުންގެ ތާއީދަށް ޔާމީން ޝުކުރު އަދާކުރައްވާ ކަމަށާއި އެމަނިކުފާނު ހުންނެވީ ވަރަށް ސާބިތުކަމާ އެކުގައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ ކުރިމަތިވަމުން އަންނަ ލޯކަލް ކައުންސިލް އިންތިޚާބު ވީހާވެސް ބޮޑު ތަނުން ކާމިޔާބު ކުރުމަށްޓަކައި ޕީޕީއެމް، ޕީއެންސީގެ ހުރިހާ އެންމެން މަސައްކަތްކޮށްދިނުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމާ ދުރުގައި ތިބި ބަޔަކު ޕާޓީގެ ހިންގުމަށް ޝައުގުވެރިކަންފާޅުކުރާ މައްސަލައިގައި ފާޑުވިދާޅުވެ އަބްދުއްރަހީމް މިރޭ ވެސް ވިދާޅުވީ ޕާޓީގެ ލީޑަޝިޕާއި ރިޔާސީ ކެންޑިޑޭޓުގެ މަގާމުގައި ވެސް ހުންނެވީ ޔާމީން ކަމަށެވެ. ޕާޓީ ބައިބައިކޮށް އެ ފުރުސަތު ހޯދަން މަސައްކަތް ކުރިއަސް ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވައިސޫރި
30 December 2019
އަބަދުވެސް މުސްކުޅިން ބުނާނެ ވަގުންގެ އަތައް އަތް މަތީ ފޮށީގެ ތަޅުދަނދި ނުދޭށޭ ވީ މާރައިއްޔަތުން ވަރައް ވިސްނާނެ އާދަ މް ސަރީފު މެންނައް އެން މެ ރަނގަޅު ވާނީ ބުލިޗް އާދެކޮޅައް ކެންޕޭން ކުރުން
ހިމާރު
30 December 2019
މާލެއިން މިހެން ޓީމުތައް ވަޑައިގަންނަވާއިރު މާލޭމީހުނަށް ކުލިދައްކައިގެން އުޅޭ ބޭފުޅުން އެބަޖެހޭ ރަށަށް ގުޅާފަ ރަށުތެރެ ޒީނަތްތެރިކުރުވާ އެޓީމުތަކުގެ އިސްތިގުބާލަށް ގޭދޮށު އެންމެން ބަނދަރުމައްޗަށް ނެރެން މަސައްކަތްކުރަން. ޓީމުތައް ހިތަހަމަނުޖެހިިއްޖެނަމަ ވާނެގޮތެއްވެސް ނޭނގޭނެ.
ރަބަރު
30 December 2019
ސަޕޯރޓްކުރާބަޔަކު ކުރޭ. މުގުރި އެވެ. މިފެންނަ ތަރައްގީ ކީއްކުރަން. މުޅިގައުމު ވުޖީދަށް ގެނައީ އޭނައޭ ބުންޏަސް އަހަރެން ދެން ޔާމީނަށް ޔަމީނުގެ ސަޕޯޓަރަކަށް ވޯޓު ނުދޭނަން ނުދޭނަން ނުދޭނަން. ނުފެންނަ ބަޔަކަށް ނުފެނުނަސް އޭނަގެ ނުލަފާކަން ފެންނަ މީހުނަށް ފެނޭ. އަނިޔާވެރިއެއް.
މުގުރި
29 December 2019
ޔާމީނަކީ މިހާރު މިފެންނަތަރަށްގީގެ މޭސްތިރިޔާ. އޭނަގެ ދުރުވިސްނޭ ސިޔާސަތުގެ ސަބަބުން ފަތުރުވެރިން އަންނަ އެންމެ މުހިންމުތަށް މާލޭ އެއާޕޯޓް ތަރަށްގީކޮށް ދިވެހިދައުލަތަށް އެންމެ ބޮޑުފައިދާއެއް އެލިބެނީ އެތަނުގެ ސަބަބުން. ސިއްހީ ދާއިރާއަށް ގެނާ ތަރަށްގީ ނިކަންދެކެބަލަ. ވިސްނާ މީހާކަކަށް މިކަންކަން އެގޭނެ.
މާހެފުން
29 December 2019
ވީމާ ޖަލުގައި އޮވެގެން ވެސް ޕާޓީ އާއި "ބަގުޑި ބެއްދުން" ނޫން ކަމެއް ނެތް ތާއެވެ. ބަލަ ޕާޓީ ތަކަކީ އެެްވެސް މީހެއްގެ އެއްޗެއް ނޫނެވެ. ތިޔަ އުޅެނީ މޮޔަ ފުޅު ވެގެން ނެވެ
އަމީނާ
30 December 2019
ކަލޭ މޮޔަފުޅުވާންޖެހޭ ސަބަބު އިތުރަށް ސާފުކޮށްދެންޖެހޭ
ހެއްވާ ބައެއް
29 December 2019
ޕެޓިޝަނަކުން ޖަލުހުކުމެއް އިސްތިއުނާފު ވޭ ތީއެވެ؟
ހިތި ރަހަ
29 December 2019
ލ. މާވަށު ދާއިރާގެ ރައްތަކުން އެއްމެ ގޮޑިއެެއް ވެސް ޕީޕީއެމް އަށް ލިބޭނެ ކަމަށް އުއްމީދު ނުކުރާށެވެ.