ހދ ކުޅުދުއްފުށި: އެ ރަށް ސިޓީއަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ކައުންސިލުން ބުނޭ--
30 ޑިސެމްބަރ 2019 - 17:58
ހދ. ކުޅުދުއްފުށީގައި އިހުތިޖާޖު ކުރަން ނިންމާފައި ވަނިކޮށް އެ ރަށަށް ސިޓީއެއްގެ ދަރަޖަދީ ދެން އިންތިޚާބު ކުރާނީ ސިޓީ ކައުންސިލެއް ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ކުޅުދުއްފުށީގެ އާބާދީ 10،000 އަށް އެރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ގާނޫނު ބުނާގޮތުން އެ އަދަދަށް މީހުން ހަމަވެއްޖެ ނަމަ ސިޓީއެއްގެ ދަރަޖަށް ދެވޭނެ އެވެ. އެރަށް ސިޓީ އަކަށް ހެދުމަކީ ސަރުކާރުގެ ވައުދެކެވެ.
ނަމަވެސް އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބު އިއުލާން ކުރި އިރު ބުނެފައިވަނީ ކުޅުދުއްފުއްޓަށް އިންތިޚާބު ކުރާނީ ރަށު ކައުންސިލެއް ކަމަށެވެ. އެއާއެކު އެރަށު މީހުން ނުރުހުން ފާޅުކޮށް އިހުތިޖާޖަށް ނުކުތުމަށް ނިންމި އެވެ.
ކުޅުދުއްފުށީ ރަށު ކައުންސިލްގެ ރައީސް އަބްދުލް ލަތީފް "މިހާރު" އަށް ވިދާޅުވީ ދެން އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެރަށަށް އިންތިޚާބު ކުރާނީ ސިޓީ ކައުންސިލެއް ކަމުގެ ޔަގީންކަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ދީފައިވާ ކަމަށެވެ. އެއާއެކު އިހުތިތާޖު ނުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި ރަސްމީކޮށް ލިޔުމަކުން ނާންގާ. އެކަމަކު އަނގަބަހުން ޔަގީންކަން ދީފި ދެން އޮންނާނީ ސިޓީ ކައުންސިލް އިންތިޚާބެއްކަމުގެ،" އެމްޑީޕީ ފަސް ކައުންސިލަރުން ތިބޭ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ލަތީފް ވިދާޅުވީ އެ ރަށު ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ މި އަހަރު ކުރީކޮޅު ބައްދަލުކޮށް ވެސް ސިޓީ ކައުންސިލަކަށް ބަދަލުކޮށްދޭން އެދިފައިވާ ކަމަށެވެ. އެގޮތަށް ސަރުކާރުން އަމަލު ކުރާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިޓީއެއްގެ ގޮތުގައި ރަށެއް ކަނޑައެޅުމުގެ ބާރު ލިބެނީ ރައީސަށެވެ. އެކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދުއާ ސުވާލު ކުރުމުން ވިދާޅުވީ މާދަމާ ޖަވާބެއް ދެއްވާނެ ކަމަށެވެ.
ދެން އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ކުޅުދުއްފުއްޓަށް އިންތިޚާބު ކުރުމަށް އިއުލާން ކުރީ ހަތް ކައުންސިލަރުންނެވެ. ސިޓީ އަކަށް ބަދަލުވި ނަމަވެސް އިންތިޚާބު ކުރާނީ ހަތް ކައުންސިލަރުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
31 December 2019
މުޒާހަރާނުކޮށް އެއްވެސްކަމެއް ހާސިލްނުވާނެ ކަމުގެ ހެއްކެއް މީ!
ޑީޑޯސް
31 December 2019
ތިއީ އެންމެފަސޭހައިން ކުރެވޭނެ ކަންތައްތަށް! ތަންތަނުގެ ބޯޑް ބަދަލުކުން. ހިދުމަތަކަށް އެއްވެސް ބަދަލެނާދޭ ރައްޔަތުންނަށް ކުރިއެރުމެ ނުލިބޭ
ނަގޫރޯޅި
31 December 2019
ވައުދު ވީ ލަސް ތަކެއްނުވެ ގާނޫނުގަ ބުނާ އެއަދު ހަ މަވާނެކަން އެނގޭތީ. ދެން މިދިޔަ ނޮވެ މްބަރައް ސިޓީގެ ދަރަޖަދޭން ގާނޫނީ އަދު ހަ މަވީ މަ ތިފެހެއްޓީ ރައިވައިގެން އެއީ ހެޔޮފުޅު ކަ މުންކޮއްދިން ކަ މެއްކަ މައް ދަންކަން. އެހެންނުވާނެ. ކަލޭ މެން ގުނބޯ ހައްދާ އައްޑޫ މީހުން މިރަށާ ކުޅެން ނަހަދާ.
ހޫރު
31 December 2019
ކޮން ސިޓީއަކަށް ހަދަންތަ؟ ސިޓީއެއްގައި ހުންނަ އެއްވެސް ކުލަވަރެއްނެތް. ބޭސިކް ކަންކަންވެސް ފުރިހަމަ ނުވެ. ނަމުން ސިޓީ ހަދައިގެން ތިބޭ
ނަވާބު
31 December 2019
މިއީ ގާނޫނުގަ އޮތް ކަމެއް. ހެޔޮފުޅުޅުކަމުން ކުރާ ކަމެއް ނޫން
އިބްރާ
31 December 2019
ސާލިހު މީހާއާއި ބައްދަލު ކޮށްފައި އޮއްވައި ރަށުކައުންސިލް އެކަނި އިންތިޚާބުކުރަން ނިންމާފައިއޮތުމުން ސާލިހުމީހާގެ ސާލިހުކަން ހާމަވޭ
ޟަޒްރާ
31 December 2019
ނަ މުން ސިޓީ. ޢަސްލު ވިލެޖް
އާދަނު
31 December 2019
ގާނޫނު ތަނެއް ނުދޭ ކުޅުދުއްފުށީގައި ސިޓީ ކައުންސިލެއް އިންތިޚާބު ކުރާކަށް ސިޓީ އަކަށް ހެދި ނަމަވެސް.
900 ޑިގުރީ
31 December 2019
ކައުންސިލްގެ މެމންބަރުން ގިނަވު މަކީ ރަށެއް ތަރައްގީވާކަ މެއްނޫން
ބުލް
31 December 2019
މާލޭމީހުންދޭ ސިޓީދަރަޖަ ހޯދަނީ ކީތްނުވެގެންތޯ އެދަރަޖަލިބުނަސް ވާކަމެއްނެތް އައްޑު އަތޮޅައް ފޯމުލަކައް އެއޮތީ ތިނަންފިލާ ގަނޑުދީފަ ކޮންކަމެއް ކޮއްދިނީ ތިޔަމީހުންގެ އަވާގަ ނުޖެހިއުޅެވޭތޯ ބަލަމާ