31 ޑިސެމްބަރ 2019 - 18:00
ގުޅީފަޅުން ފްލެޓް ގަތް މީހުންގެ ތެރެއިން ހާލުގައި ޖެހުނު މީހުންނާ މެދު ގޮތެއް ނިންމަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި މުއްދަތު ހަމަވިއިރު ވެސް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް ބުނެ އެ ފަރާތްތަކުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޑީޕީގެ ސަރުކާރުގައި 2010 ވަނަ އަހަރު ގުޅީފަޅުން ފްލެޓް ގަތް މީހުންގެ ތެރެއިން ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އަދިވެސް އެތައް އާއިލާއެއް އެބަތިއްބެވެ. ގުޅީފަޅުގެ ފްލެޓްތަކަކީ މީހުން ދިރިއުޅެން އެކަށީގެން ނުވާ ތަންތަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަނޑައަޅައި 18 އާއިލާ އަކަށް ހުޅުމާލޭން ފްލެޓް ދިނެވެ.
މިހާތަނަށް ބޯހިޔާވަހިކަމެއް ނުލިބި 142 އާއިލާއެއް އެބަތިއްބެވެ. ގުޅީފަޅު ފްލެޓް ގަތުމަށް އެ އާއިލާތަކުން 50 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން އެ މީހުން އިންވެސްޓް ކުރި އެވެ. މިހާތަނަށް ބަދަލު ނުލިބޭތާ ފްލެޓެއް ވެސް އެ އާއިލާތަކަށް ނުލިބެ އެވެ.
މިކަމާ ކަންބޮޑުވުން ފާޅުކޮށް، އުނިމާ ގްރޭންޑްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފްލެޓް ގަތް މީހުންގެ ފަރާތުން ވާހަކަ ދެއްކި މުހައްމަދު މޫސާ ބުނީ މިދިޔަ އޮކްޓޫބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކޮށް، އެ މީހުންގެ ބޭނުންތައް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މިދިޔަ 10 އަހަރު ފްލެޓް ނުލިބި، ކުއްޔަށް އުޅެން ޖެހުމުން ލިބުނު ގެއްލުމުގެ ބަދަލާ އެކު، ގުޅީފަޅުން ނުވަތަ ހުޅުމާލެއިން ފްލެޓެއް ދިނުން ހިމެނެ އެވެ. އަދި ބަދަލު ނުދޭ ނަމަ ތިން ކޮޓަރީގެ ލަގްޒަރީ އެޕާޓްމަންޓެއް ކޮންމެ އާއިލާ އަކަށް ދިނުމަކީ ވެސް އެ މީހުންގެ ހުށަހެހެޅުމެކެވެ.
ގުޅީފަޅުން ފްލެޓް ގަތް މީހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ގޮތެއް ނުފެންނާތީ ކަންބޮޑުވުން ފާޅުކުރި-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
"ފެންކަޅިވެ އިނދެ ރައީސް އަޑު އެއްސެވ. ވިދާޅުވީ ތިން ހަފުތާގެ ތެރޭގައި ގޮތެއް ނިންމަވާ ދެއްވާނަމޭ. އޭގެ ފަހުން 10 ހަފުތާވީ އެއްވެސް ޚަބަރެއް ނެތް،" ކަންބޮޑުވުން ފާޅުކުރަމުން މުހައްމަދު ބުންޏެވެ.
"10 އަހަރު މި ވަނީ މިހާލުގައި އުޅޭތާ. އެއްވެސް ކުރިމަގެއް ނުފެނޭ."
އޭނާ ބުނިގޮތުގައި، އޭގެ ފަހުން ދެ ބައްދަލުވުމަކަށް ރައީސް އޮފީހަށް އެ މީހުން ގެންދިޔަ އެވެ. އެކަމަކު، އެ ބައްދަލުވުންތަކުގައި ވެސް މާބޮޑު އުންމީދެއް ނުލިބުނެވެ.
މުހައްމަދު ބުނީ، ސަރުކާރުން މަސައްކަތް ކުރަނީ ގެއްލުމުގެ ބަދަލަކީ ގުޅީފަޅުން ފްލެޓް ގަތުމަށް ދެއްކި ފައިސާ އެކަނި ކަމަށް ވިސްނައި ދިނުމަށް ކަމަށެވެ.
ހާލުގައި ޖެހި، ގޮތް ހުސްވެފައިވާ މީހުންގެ ތެރެއިން ހަސަން މޫސާ ބުނީ ގެއްލުމުގެ ބަދަލު ސަރުކާރުން ހިސާބު ކުރާއިރު މިވީ 10 އަހަރުގެ ތެރޭގައި ކުއްޔަށް ދިޔަ ހަރަދު ނުހިމަނާ ކަމަށެވެ. އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.
ގުޅީފަޅުގައި ބައެއް އާއިލާތަކުން އުޅެމުން ދަނިކޮށް، އެއީ މީހުން އުޅެން މަނާ ރަށެއް ކަމަށް ކަނޑައެޅީ ސަރުކާރުން ކަމަށް ވާއިރު، އޭގެ ފަހުން ލިބުނު ގެއްލުންތަކަށް ބަދަލު ދޭން ޖެހޭނީ ވެސް ސަރުކާރުން ކަމަށް މުހައްމަދު ބުނެ އެވެ.
އެކި ނަންނަމުގައި ސަރުކާރުން އެކި ކުންފުނިތަކަށް ބަދަލުތައް ދޭއިރު ގުޅީފަޅު ފްލެޓް ގަތް މީހުންނަށް ބަދަލު ނުދެވިގެން އުޅޭ ސަބަބާ މެދު މުހައްމަދު ހިތުގައި ސުވާލު އުފެދެ އެވެ.
"ސީލައިފް މައްސަލާގައި ސަރުކާރުން ބަދަލު ދޭން ނިންމިއިރު އެއީ ސަރުކާރުގެ އިހުމާލަކުން ވެސް ވީ ކަމެއް ނޫން. ސަރުކާރުން ދޭން ބޭނުންވާތީ ބަދަލު ދެނީ،" މުހައްމަދު ބުންޏެވެ.
މި މައްސަލައިގައި ރައީސް ކުރިން ވިދާޅުވެފައި ވަނީ ގުޅީފަޅުން ފްލެޓް ގަތުމަށް ފައިސާ ދައްކައި، މިހާތަނަށް ބޯހިޔާވަހިކަމެއް ނުލިބި ތިބި މީހުންނަށް ހޯއްދެވި ހައްލަކީ ހުޅުމާލެ އިން ފްލެޓު ދިނުމެވެ. މި ސަރުކާރުން އަޅާ 4،000 ފްލެޓުގެ ތެރެއިން ފުރަތަމަ ބުރުގައި އެ އާއިލާތަކަށް ފްލެޓް ދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
ގުޅިފަޅަކީ ނަޝީދުގެ ސަރުކާރުން 2010 ވަނަ އަހަރު ބޭރުގެ ކުންފުންޏެއް ކަމަށްވާ ގްލޯބަލް ޑިވެލޮޕްމަންޓް ފަންޑް (ޖީޑީޕީ) އާ ހަވާލުކޮށްގެން ހިއްކި ރަށެކެވެ. އެ ފަޅު ހިއްކުމަށް ފަހު ނަޝީދު ވަނީ މީހުން ދިރިއުޅޭ ތަނަކަށް އެ ރަށް ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއްޓި
02 January 2020
މިހާރު ދައުރު ބަދަލުވެ ޚިޔާލު ބަދަލުވެއްޖެ ނޫންތޯ ! މިހާރުގެ އަމާޒަކީ ގުޅިމާލެ ވެސް އާބާދު ކުރެއްވުންނޫންތޯ ! ކުރިން އެރަށުގައި ހެދި ފްލެޓްތައް އެތަންތަނަށް ފައިސާދެއްކި ފަރާތްތަކަށް ދީގެން އެރަށް އަވަހަށް އާބާދު ކުރުން މާ ޚަރަދު ކުޑަވާނެ ނޫންތޯ !
މުސް
01 January 2020
ޖީޑީޕީ އެތާ އެޅީ ނަމޫނާ 4 ފުލޯގެ 2 ފުލެޓް. 2 ރޫމްސްގެ. ޢެއީވެސް ޖީޑީޕީ ހެދީ މުޅިން މަކަރު. ލާރި ހުރީމަ ފުލެޓް ގަތީ އެންވީމަ ސަރުކާރައް ނުޖޭހޭނެ އެމީހުންގެ ހުރިހާ ޑިމާޑެއް ގަބޫލުކުރާކަށް. ޢެމީހުންނަ އެމީހުން ފުލެޓް ގަންނަށް ދެއްކިލާރި އަބުރާ ދިނީމަ ނިމިނީ. މާލެގަ ވަރަށް ހާލުގަ ވަރަށް ގިނަ އާއިލާތައް އެބައުޅޭ. ޢެމީނަ ފުލެޓް ނުލިބި ލާރިހުރީތީވެ ގުޅީފަޅުއް ފުލެޓް ލިބުން މީހުނަށް ކިޔުއަށް ނާރާ ޕޮއިންޓް ނޫދީ ފުލެޓް ލިބުމަކީ ވަރަށް ބޮޑު ބޭއިންސާފެއް.
ސަދަން
31 December 2019
މިއީ ވަރަށް ގޮތް ބޮޑު ބައިގަނޑެއް. މި މީހުން ބޭނުން ވެގެން އުޅެނީ ގެއްލުނު ފްލެޓުގެ ބަދަލުގަ ހުޅުމާލެއިން ބިމެކޯ! ތި މީހުންނަށް ފްލެޓްގެ ބަދަލުގަ ބިމެއް ދިނީމަ ކިތައް އެހެން ބަޔެއްގެ ހައްގު ގެއްލޭ ކަމެއް މި ބައިގަނޑަށް ނޭގޭ. އިންސާފަކީ ހަމައެކަނި ތިމާ ބޭނުންވާ ގޮތައް ކަން ވުމެއް ނޫން.
ފާތޭ
31 December 2019
ރައީސް އިންނެވީ ހަދާނެ ގޮތް ހުސްވެ، އިވެންޓެއް ބާއްވާ ސެލްފީ އެއް ނެގޭނެ އިރަކާމެދު ވިސްނަން. ގުޅިފަޅު މީހުންނަށް ދެއްކީ ރިލުވާނުގެެ އާއިލާއަށް ދެއްކިފަދަ ލަދުކުޑަ ދަޅައެއް
ޟުގާ
31 December 2019
ޢަވަސް ހައްލެއް ހޯދަދީ. މިވެސް ދިވެހިން
ރަދީފު ބިން ރަފައިދާ
31 December 2019
ބުރިޖު އަޅާލީމާ ތިޝަކުވާ ނިމުމަކަށް އައިސްދާނެ. އަދި މާލޭ ސަރަހައްދުން ކުދިބޮޑު އެންމެންނަށް ގެވަޅެއްވެސް ލިބޭ ވައުދު އޮތީ ކުރިޔަށް. ދެން އެދުވަހުން ގެއެއް ތަބަކަކަށް ލާފައިދިނަސް ހިފާނެމީހަކުނުވާނެ. އެހާވެސް ތިޔާގިކޮށް އުޅޭނީ.
މަޜީ
31 December 2019
ކުދިބިންކޮޅަށް ހުޅުމާލޭން ދެއްވަން ވިދާޅުވި ގޯތީގެކަންކަންވެސް އަވަސްކޮށްލަދެއްވާ ކުރިޔަށްއޮތީވެސް ކައުންސިލް އިނއތިހާބު
ރާއްޖެ
31 December 2019
މި ސަރުކާރުން ފުރަތަމަ 100 ދުވަސް ގުނި ގޮތް ހަނދުމަ ކޮއްފަ 10 ހަފްތާ ގުނަން ފަށާ. މިއީ އުފެދުމުގަ ވެސް ސްލޯ ސަރުކާރެއް.
ޟުހާ ވަގުތު
31 December 2019
އެޢީވެސް އިންސާނުން. ޑިވެހިން. ކޮބާ ސޯލިހު. ރައްޔިތުންގެ ހައްޤު.
އައިޝާ
31 December 2019
ލިޔުން ވަރަށް ފުރިހަމަވީސް ފުލެޓް ކުރިންލިބުނު މީހުންގެ ވާހަކަ ނުވަތަ ފުލެޓް ބަހާލިގޮތް ގެނެސްދިން ނަމަ...