ހޮނޑާފުށި ރިސޯޓު---
01 ޖެނުއަރީ 2020 - 11:56
ހޮނޑާފުށި އައިލެންޑް ރިސޯޓުން ސާވިސް ޗާޖު ދެނީ ރަނގަޅަށް ކަމަށާއި އަހުމަދު ޝިމްހާޒު ވަޒީފާއިން ވަކި ކުރީ ގަވާއިދާ އެއްގޮތަށް ކަމަށް އެ ރިސޯޓުން މިއަދު ބުނެފި އެވެ.
އެ ރިސޯޓުން ނޫސް ބަޔާނެއްގައި ބުނީ ޝިމްހާޒް ވަކިކުރީ ސާވިސް ޗާޖާ ގުޅިގެން ކަމަށް ބުނެ ދައްކަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. ޝިމްހާޒު ވަކިކުރި އިރު އޭނާ ހުރީ ޕްރޮބޭޝަންގައި ކަމަށް ވުމުން އޭނާ ވަކި ކުރުމުގައި ގަވާއިދާ ހިލާފުވެފައި ނުވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ޝިމްހާޒް ވަކިކުރި ސީދާ ސަބަބެއް ބަޔާނުގައި ހޮނޑާފުށި ރިސޯޓުން ނުބުނެ އެވެ.
ބަޔާނުގައި ބުނިގޮތުގައި ރިސޯޓާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަ ދައްކަނީ އަގު ވައްޓާލުމަށެވެ.
އެކަމަކު، ޝިމްހާޒު ބުނެފައިވާ ގޮތުގައި އޭނާ ވަޒީފާއިން ވަކި ކުރީ ފޭސްބުކް ޕޭޖެއް ކަމުގައިވާ "ރިސޯޓު ބޯއިސް މޯލްޑިވްސް" ހިންގާ ކަމުގެ ތުހުމަތުގަ އެވެ. އަދި އެކަމަށް އޭނާ އިންކާރު ކުރުމުން ރިސޯޓާ ގުޅޭ މައުލޫމާތު ހިއްސާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ލިބިފައިވާ ކަމަށް ރިސޯޓުގެ ޖެނެރަލް މެނޭޖަރު ބުނެފައިވާ ކަމަށް ވެސް ޝިމްހާޒު ބުންޏެވެ.
ޝިމްހާޒް ވަޒީފާ އިން ވަކިކުރުމުގެ އިތުރުން އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ކުޑަ އަދަދެއް ދޭ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފަ އެވެ.
ނަމަވެސް ހޮނޑާފުށިން ބުނީ އެ ރިސޯޓަކީ އުދަނގޫތަކާ އެކު ހުޅުވި ރިސޯޓަކަށްވެފައި އެ ރިސޯޓުގައި ސާވިސް ޗާޖު ދަށްވަނީ ރިސޯޓުން ހިދުމަތް ހޯދާ މީހުންގެ އަދަދު ދަށްވުމުން ކަމަށެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހު އެ ރިސޯޓިގެ އޮކިއުޕެންސީއަކީ 16 ޕަސެންޓް ކަމަށާއި ސާވިސް ޗާޖުގެ ގޮތުގައި 36 ޑޮލަރު (555.12ރ) ދީފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޓޮމް
02 January 2020
ދެން ކޮންދޮގެއް އަދި ތިހަދަނީ ހައްގޭ ކިޔައިގެން ހަޅޭލަވަން ލަދުގަންނަންޖެހޭނެ. ތީ ދިވެހިން ހިންގާ ގިނަރިސޯޓްގެ ހާލު
ވަގު ކަދުރު
02 January 2020
ޓީމް އުވާލާ، ޤަޢުމުގެ މަދްލަހަތާއި ތަރައްޤީގާއި ޓުޢަރިޒަމްގެ ދާއިރާގައި ޤަޢުމަށް ގުރުބާންވާ ފަހުލަވާނުންގެ ގުރުބާނީއަށާއި ސިވިލްސާރވެންޓުންނާއި ޓީޗަރުންނާއި ޑޮކުޓަރުންނާއި ނަރުހުންނާއި ދިފާޢީ ބާރުތަކުގެ ގުރުބާނީގައި ރެނދުއަޅުވަށް ޓީމް އިން އުފައްދާ ފިތުނަޔަށް ރައްކާތެރިވޭ އެއުޅެނީ ހިހޫތަނުންކާން ކޮންޝަކްޝަން ޖަމިއްޔާގޮތަށް ހިހޫތަނުން ކައިގަންނަށް އެ އުޅެނީ.
ސިމާ
02 January 2020
ޕޮރޮބޭޝަންގަ ހުންނަ މުވައްޒަފެއް ފޮނުވާލަން މާބޮޑު ރީޒަން އެއް ދައްކާކަށް ނުޖެހޭ. އެ ސްޓާފް އެއީ އެތަނަށް ދާއިމީ ކުރަން ކަމުނުދާކަމަށް ފެންނަ ނަމަ ވީ އެއްމެ ވަހަށް ފޮނުވާލަން ޖެހޭ، ހަމަ އެ ގޮތަށް އެ މުވަށްޒފައް ވެސް ކަމުނުދެޔޭ ކިޔާފަ ވަޡިފާ ދޫކޮށްލެވޭނެ. އެހެން ނޫނަސް މުވައްޒަފް ދާންވީމަ ދާންވީ، ކުންފުންޏައް ކިތައްމެ ގެއްލުމެއް ވިޔަސް ހެޔޮ....... މީ ހަމަވާގޮތް.
ބްރޯ!
02 January 2020
ހަމަނުޖެހޭ!؟ 36 ޑޮލަރު ބޮލަކަށް ޖެހެންޏާ، މުޅިރިޒޯޓުގަ 150 މީހުން މަސައްކަތްކުރާކަމަށް ބަލާނަމަ، 59 ރޫމުގެ ރިޒޯޓަށް ސޭލްސް ހެދިފައި ވަނީ 54،000ޑޮލަރު (މާލޭގެ ގެސްޓްހައުސްތަކަށްވުރެ ދަށް). 150 ސްޓާފުންގެ މުސާރަ އެވަރެޖްކޮށް 250 ޑޮލަރުކަމަށް ބަލަންޏާ އެއީ 37،500 ޑޮލަރު. ބާކީ އޮތީ 16،500ޑޮލަރު (254,430ރުފިޔާ). މިވަރުން ހަރަދު ބަޗާތޯ؟ އަމިއްލަ ސިކުނޑިން ވިސްނާލުމަކީ ކޮންމެހެން ބޭނުން ކަމެއް. މަކަރާ ހީލަތް ނެހެދޭ ގޮތަށް ސިޔާސަތު ބިނާކުރުމަށް ގޮވާލަން
ކުނބު
02 January 2020
ތީ އަދުރޭތަ
ބޮނޑި
02 January 2020
ޝިމްހާޒް ވަޒީފާއިން ވަކިކުރި މައްސަލަ ވަރަށް ރަނގަޅަށް ތަހުގީގުކުރަންޖެހޭ! ހޮނޑާފުށި ރިސޯޓުން ޝިމްހާޒް ވަޒީފާއިން ވަކިކުރި މައްސަލަ ހާމަކުރާކަށް ނުކެރުމަކީ އެކަމުގައި ނުބައެއް އުޅޭތީ. ބޭރުގެ މީހުންގެ މެނޭޖުމަންޓްގެ ދަށުން ހިންއިރު، ދިވެހިންނާމެދު ބޭރުގެ ފަރާތްތަކުން "އިސްވެރިން" ކަންކުރަނީ ވަރަށް އިހާނެތިކޮށޭ! މިކަމާމެދު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އިތުރަށް ވިސްނަންޖެހެއޭ. އަމިއްލަ ވަޒަނުގައި ބީރެއްޓެއްސަކަށް ދިވެހިން ނަހަދާށޭ!
ބޮނބި
02 January 2020
ބޮނޑިައަށް ދަންނަވާލަން، ޕްރޮބޭޝަންގެ އަސްލު މާނަ ދަސްކުރުމަށް، ޕްރޮބޭޝަން ޕީރިއަޑް އޮންނަނީ ކޮންމެވެސް ބޭނުމަކު ދެފަރާތަށްވެސް ފައިދާވާގޮތަށް
ހަކީމް
02 January 2020
" ނޮވެމްބަރު މަހު އެ ރިސޯޓިގެ އޮކިއުޕެންސީއަކީ 16 ޕަސެންޓް " މިއީ ކަނޑައެޅިގެން ދޮގެއް.
އިލްހާމް ރަޝީދު
01 January 2020
އޮކިއުޕެންސީ ސޯޅަ ޕަސެންޓުގައި ހުންނައިރު ހޮޑާފުށި ފަދަ ރިސޯޓަކުން ސަވިސްޗާޖަށް އެހާބޮޑު އަދަދެއް ނުވެވޭނެ. ޢަހަރެންގެ މުވައްޒަފަކު ކުންފުނި ބަދުނާމްކޮށް އެފަދަ އަމަލެއް ހިންގިނަމަ ނުދޭނަން މޮކޮސްވެސް.
ހަޑިގިއްލާ
01 January 2020
މައުލޫމާތައްޓަކައި ދަންނަވަން. ހޮނޑާފުއްޓަކީ ތްރީއޭއިން ކުއްޔަށް ދޫކޮށްފައިވާ ރިސޯޓެއް. އެރިސޯޓް ހިންގަނީ ތްރީއޭއަކުން ނޫން
އޮނަރަބްލް އަފީފު ދީދީ
01 January 2020
ޝިމްހާޒު ވަޒީފާއިން ވަކިކުރީވެސް ޤަވާއިދާއި ޙިލާފަށް "އަނިޔާވެރިގޮތަކަށް" ކަމަށް ބުނުމުގެ ފުރުސަތު އެބައޮތް. # ދިވެހި އޯނަރުން ހިންގާ ރިސޯޓް ތަކާއި މަދުން ނަމަވެސް ބޭރު މެނޭޖްމަންޓް އޮތް ރިސޯޓް ތަކުގައި ފުޅާކޮށް ރޭސިޒެމް އޮންނަކަމާއި "ގެސްޓްމީހާއަތުން މުވައްޒަފުނަށް ދިނުމަށް ނަގާ ސޭވިސްޗާޖަސްއިން ވައްކަންކުރާކަން" ނުދަންނަ މީހަކު ރިސޯޓްގައި ނޫޅޭނެއޭ ބުނެވިދާނެ. # މަޖުބޫރީ ހާލަތަށްޓަކައި މިހެން ތިބުން ރަނގަޅެއްނޫން. ޙައްޤު ހޯދަން ތެދުވޭ.
އެނގުނަސް
01 January 2020
ވަޒީފާއިން ގަވައިދާ އެއްގޮތަށް ވަކިކުރިމަށް 3 މަސްދުވަހުގެ މުސާރަދޭންޖެހޭ. ދިނިންތަ؟
ނޭގުނަސް
01 January 2020
ޕްރޮބޭޝަން ގަ ހުރި މުވައްޒަފަކު ޕްރޮބޭޝަންގެ މުއްދަތުގެ ތެރޭ ވަކިކޮއްގެން ނުޖެހޭނެ 3 މަސް ދުވަހުގެ މުސާރަ ދޭކަށެއް
އަލީ ޝިޔާމް
01 January 2020
ޕުރޮބޭޝަންގަ ހުންނަ ދުވަސްވަރު ވަޒީފާއިން ކަނޑާލާއިރަކު ތިންމަސްދުވަހުގެ މުސާރަދޭކައްނުޖެހޭ ގާނޫނަކުން.
ހެޗްއާރު
01 January 2020
ޕުރޮބޭޝަން ތެރޭ ނޯޓުސް ނުދީ ވަކި ކުރެވޭނެ! އެހެންވީމާ ނުޖެހޭނެ 3 މަހުގެ މުސާރަ ދޭކަށް.
ވަހީދު
01 January 2020
ޕްރޮބޭޝަން ގަ ހުއްޓާ ވަކިކުރާއިރު ތިންމަހުގެ ނުހިނގާ އޮންނަ ތިންމަހުގެ މުސާރަ ދޭކައް ނުޖެހޭނެ. އަލީވަހީދު މިކަންހިނގި ގޮތްނުބަލާ ޓުވިޓާގަ މިހެންކަންކަންނިންމީމަ ނަތީޖާ މާރަނގަޅުވާނެހެނެއްހިޔެއްނުވޭ. ކުރިންދެއްކިވާހަކަ ފޫބައްދާލަން ޖެއްސި ސްޓަންޓެއްހެންހީވަނީ. މިނިސްޓަރައް މިކަމުގެ ހަޣީގަތްބަލާ ރިސޯޓް ކުރަވެރިވާނަމަ ރިސޯޓާއިމެދު ނުވަތަ ސްޓާފާމެދު ފިޔަވަޅުއެޅެންވާނެ.
ސިމްހާޒް
01 January 2020
ޕްރޮބޭޝަންތެރޭ ވަޒީފާއިން ވަކިކުރުމުން ތިންމަސް ދުވަހުގެ މުސާރަ ދޭންޖެހޭތަ؟ އެއޮތީ ބުނެފައެއްނުން ވަޒީފާއިން ވަކިކުރީ ޕޮރޮބޭޝަން ތެރޭގައޭ
އަހުމަދު.
02 January 2020
އެނގުނަސް ނޭންގުނަސް ދެން ކޮންމެވެސް އެއްޗެއްކިޔަނީ. ވަޒީފާ އާއި ބެހޭ ޤާނޫނުނިކަން ބަލާލަބަ.