ޕީޕީއެމްގެ އެއްވުމެއްގައި ޣައްސާން ވާހަކަ ދައްކަވަނީ: ޖަލަށްލިޔަސް، ޔާމީންގެ ހައްގުގައި މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައި. --ފޮޓޯ/މިހާރު
06 ޖެނުއަރީ 2020 - 16:08
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމެއް އެކުލަވައިލަން ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ޔޫރަޕްގައި މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާގަ އެވެ.
ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ، ބޭރުގެ ފަރާތްތަކާއި މި ސަރުކާރާ އެކު ވާހަކަ ދެއްކެވިފައި އޮތީ މިއަދުގެ ކުރިން ޔާމީން ގެކޮޅަށް ބަދަލުކުރާ ގޮތަށް ކަމަށެވެ. ސަރުކާރުން އެއްބަސްވި ގޮތަށް ޔާމީން މިނިވަން ވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖެ އިން ބޭރުގައި ޣައްސާން ކުރައްވަމުން ގެންދަވަނީ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމެއް އެކުލަވައިލުމުގެ މަސައްކަތެވެ.
"އަމާލް ކްލޫނީ ފަދަ ގާބިލް، ބޭބޭފުޅުން ރައީސް ޔާމީންގެ ލީގަލް ޓީމުގައި ހިމެނިވަޑައިގަންނަވާނެ. އިނގިރޭސި ވިލާތާއި ބައިނަލްއަގުވާމީ ގޮތުން ފުންނާބު އުސް ލޯފާމްތަކާއި އަޅުގަނޑުމެން ވާހަކަ ދައްކައި ޔާމީންގެ މައްސަލަ އދ. ގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން ވެސް މިވަނީ ނިންމާފައި،" ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔާމީން މިނިވަން ކުރަން ކުރާ މަސައްކަތުގައި ވަރަށް އަވަހަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެމަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލި ކަމަށް ދައުވާގައިވެ އެވެ.
މި ދައުވާގައި ފަސް އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ވަނީ ޖޫރިމަނާކޮށްފަ އެވެ. މި ހުކުމް، ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފަ އެވެ. އިސްތިއުނާފްގެ މުއްދަތު ނިމެންދެން ވެސް އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދޭން ވަކީލުން ކަމާބެހޭ މުއައްސަސާތަކަށް ވަނީ ހުށަހަޅުއްވައިފަ އެވެ.
ޕީޕީއެމުން ބުނެފައިވާ ގޮތުގައި ޔާމީންގެ މައްޗަށް އިއްވީ ނުހައްގު ޖަލު ހުކުމެކެވެ. ބޭނުމަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅު މަރާލުން ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބްލޫނީ
07 January 2020
ކްލޫނީ ބޮޑަށް ވަފާތެރިވާނީ ނަޝީދަށް.
ޔާނު
07 January 2020
ޅޮލް!
ބޮޑުމީހާ
07 January 2020
އެމްއެމްޕީއާރުސީގެ ހިޔާނަތް ނުހިގަނީތަ! ޔާމީން އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާނުވޭތަ! ނާސާއިން ލޯޔަރުން ގެނަޔަސް މި ހަގީގަތް ބަދަލެއް ނުކުރެވޭނެ
މުޙުއްމާ
07 January 2020
މުޅިދުނިޔެއަށް އެގޭ ބޮޑުވައްކަމެއްގަ ޙުކުމް ކުރީމަ ޔާމީނު ސަލާމަތްކުރަން ޤައްސާނުއާއި އަދުރޭ ކޮންމެ ތާކުން ވަކީލުން ގެނަޔަސް އަދުލުވެރި ޝަރޔަތަކުން އޭނާ ސަލާމަތްވާނެ އެއްވެސް ގޮތެއްނެތް. ޤައްސާނު ތި ވައްކަމުގެ ބައިވެރިވި ކަމާއިމެދު މިހާރު ވަރަށް ބޮޑަށް ސުވާލު އުފެދޭ. އަމިއްލަ މުސްކުޅި ބައްޕަ ނުޙައްގުން ޖަލަށް ލީމަ ޗުޕް އޭވެސް ނުބުނެ ބައްޕަ ޖަލަށްލީ ކުށްވެރިޔާ ސަލާމަތްކުރަން މަސައްކަތެއް ނުކުރާނެ ތިކަމުގަ ގޯހެއް ނެތްނަމަ.
ޙިނި
07 January 2020
ޔާމިނު ވަގައް ނެގިހާ ފައިސާތައް ހޯހަނީ ކޮންއިރަކުން؟
ނެޑް
07 January 2020
މިއީ ވަރަށް ފާޑަކަށް ފައިސާ ގެންގުޅޭ ސޮރެއް. ފައިސާގެ ގުޅުން ލޭގެ ގުޅުމަށްވުރެ ވަރުގަދަ ވާނެ ކަމުގެ ފުރިހަމަ މިސާލެއް.
ފަހުދު
07 January 2020
ޣައްސާނުގެ ޑީއެންއޭ ޓެސްޓެއް ހަދަން ހިނގާ
ނާހަމަތެދެއް!
08 January 2020
މަ ހީހީ ހަލާކު!
އަޙުމަދު.
07 January 2020
ޔާމީނު ފައިސާކޮލެއްދިނީމަ އެފައިސާކޮޅު ހުސްވަންދެން ޔޫރަޕުގައި ކަހަޅުއެޅިދާނެ، ޔާމީނަށްކޮށްފައިވާ ޙުކުމް އަނބުރާލެވޭވަރުގެ ލޯޔަރަކު ޔޫރަޕަކުނެއް،ނުވިތާކަށް އދ އެއް ނޫން ހދ ވިއަސް ނުވަތަ އެހެން ޖަމާއަތަކުންވިއަސް ޔާމީނުމިނވަންކުރާކަށް ނުގޮވާނެ. ތިބޭފުޅާގެ ކޮން އިޙުލާސްތެރިކަމެއް ވަކި ހުންނާނީ ؟ ބައްޕާފުޅު ނުހައްގުން ޖަލައްލީމަ ޗުއްޕުވެސްބުނެލަން ނުކެރުނުމީހަކު ޔާމީނު ސަލާމަތްކުރަން ތިއުޅެނީ ހެޔޮ ނިއަތުގައެއްނޫން، ފައިސާގެދަހިވެތިކަމުގަ
ކުއްލި
07 January 2020
ނައިފަރު ބުރެޑުޕިޓޫ ޖެނުއަރީ 6 ގޮއްސި.. މަމެން މިތިބީ ބަލަން.. އަދި ނުފެނޭ ގެޔަކުން...
ނަޖްވާ
07 January 2020
ބަލަގަ އަންނިމެންހެން ޔާމީނަކީ ސިޔާސީ ކުއްވެރިޔެއް ނޫނޭ! އޭނަޔަކީ މަނީ ލޯންޑަރިންގ ކޮށްގެން ކުށްވެރިވެފަ ހުރި މީހެކޭ! ކިހިނެއްވެގެންތަ ތިޔާހެރިގެން ތެޅިބާލަނީކީ އެއް!