ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއް ލަތީފް. އޭނާ ވިދާޅުވީ ހަތިޔާރުގެ ވާހަކަ ދެއްކެވީ މަޖާޒީ ގޮތުން ކަަމަށް. ފައިލް ފޮޓޯ/މިހާރު
10 ޖެނުއަރީ 2020 - 21:32
ހަތިޔާރު ތޫނުކޮށްގެން މަގުމައްޗަށް ނުކުންނަން ގޮވައިލުމުން ފާޑުކިއުން އަމާޒުވުވުމުން، ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއް ލަތީފް މުހައްމަދު އޭނާ ދެއްކެވި ވާހަކަ ރޭ މާނަކޮށް ދެއްވައިފި އެވެ.
އިދިކޮޅު ކޯލިޝަނުން މިދިޔަ ހުކުރުދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ލަތީފް ވިދާޅުވީ، މި ސަރުކާރު ވެރިކަންކުރަން ދީގެން ނުތިބެވޭނެ ކަމަށެވެ. އަދި ވިދާޅުވީ މަގުމައްޗަށް ނުކުމެ، ގާނޫނީ އިމުގެ ތެރެއިން މި ސަރުކާރު ވައްޓާލާނެ ކަމަށާއި އެ ނޫން ގޮތެއް ނެތް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، މަގުމައްޗަށް ނުކުންނާނީ ކެރިގެން ހިތްވަރާ އެކު އަދި ހަތިޔާރުތައް ތޫނު ކޮށްގެންނެވެ.
"ހަތިޔާރުތައް ތޫނުކޮށްގެން ނުކުންނާނީ. ހަތިޔާރު ހިފައިގެން ނުކުންނާނީ ސަރުކާރު ޖަވާބުދާރީ ކުރުވަން. އެ ނޫން ކަމެއް ދެން ނުކުރާނަން. އެއީ ގާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ކަންކަން. އެކަން ކުރާނީ ގާނޫނީ އިމުގެ ތެރެއިން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމަށް ގެންނަން، އޭރުގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އިސްވެ މަސައްކަތް ކުރެއްވި ލަތީފް ވިދާޅުވި އެވެ.
ލަތީފްގެ މިވާހަކަ އަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ލަތީފް ރޭ ވިދާޅުވީ ހަތިޔާރުގެ ބޭނުން ކުރުމަކީ ދިވެހިން މަަޖާޒީ ގޮތެއްގައި ވެސް ގޮތުގައި ބޭނުންކުރާ ބަހެއް ކަމަށެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޕީއެންސީގެ އޮފީހުގައި ބާއްވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭގެ ޖަލްސާގައި ލަތީފް ވިދާޅުވީ "މިދައްކަނީ ނިއުކްލިއަ ހަތިޔާރާއި ކެމިކަލް ހަތިޔާރުގެ ވާހަކައެއް ނޫން" ކަމަށެވެ.
"ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލާ ވާހަކަ ދެންނެވީ ހަތިޔާރުގެ ވާހަކަ ދިވެހިން މަޖާޒީ ބަހެއްގެ ގޮތުގައި ބޭނުންކުރާ. އެއްގޮތަކަށް ވެސް މިކިޔަނީ އަޅުގަނޑުމެން ނިއުކްލިއަ ހަތިޔާރާއި ކެމިކަލް ހަތިޔާރު ވާހަކައެއް ނޫން މި ދައްކަނީ. ބަޑި އާއި ލޮންސި އާއި ކަތިވަޅި ވާހަކައެއް ނޫން މި ދައްކަނީ،" ލަތީފް ވިދާޅުވި އެވެ.
އެއްވެސް މީހަކަށް އަނިޔާ ދޭ ވާހަކަ ނުދައްކަވާ ކަމަށާއި ސަރުކާރު "ސައިޒަށް ތިރިކުރަންވީ" ގާނޫނީ އިމުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރީގެ ޖަލްސާގައި ލަތީފް ދެއްކެވި ވާހަކަޔާ ގުޅިގެން، ސޯޝަލް މީޑިއާގައި އޭނާ އަށް ފާޑުކީ ބައެއް މީހުން ވަނީ ޖިނާއީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގުކުރަން ވެސް ގޮވާލައިފަ އެވެ. އަދި އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ވެސް ބައެއް މީހުން ސިފަ ކޮށްފައިވެ އެވެ. އެހެންވެ، ލަތީފް ހައްޔަރު ކުރުމަށާއި ވަގުތުން ފިޔަވަޅު އެޅުމަށް ބައެއް މީހުން ގޮވާލާފައިވެ އެވެ.
"ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލާ ވާހަކަ ދެންނެވީ ހަތިޔާރުގެ ވާހަކަ ދިވެހިން މަޖާޒީ ބަހެއްގެ ގޮތުގައި ބޭނުންކުރާ. އެއްގޮތަކަށް ވެސް މި ކިޔަނީ އަޅުގަނޑުމެން ނިއުކްލިއަ ހަތިޔާރާއި ކެމިކަލް ހަތިޔާރު ވާހަކައެއް ނޫން މި ދައްކަނީ. ބަޑި އާއި ލޮންސި އާއި ކަތިވަޅި ވާހަކައެއް ނޫން މި ދައްކަނީ،" ލަތީފް
ޕީޕީއެމްގައި ހުންނެވުމަށް ފަހު ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތް މަޖިލީހުގެ 12 މެމްބަރުންގެ ތެރޭގައި ލަތީފް ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެކަމަކު މިހާރު އޭނާ ވަނީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ހަރަކާތްތަކާ ގުޅިވަޑައިގެންފަ އެވެ. އަދި ޔާމީންގެ ދިފާއުގައި ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާމީނު
12 January 2020
އަސްލު މިކަލޭގެއުޅުނީ ގުއިރޯނެއްދަމައިގެން ސަރުކާރު އޭގަ ޖައްސަން. އެކަމަކު މިކަލޭގެ އަމިއްލައަށް ޖެހުނީ! އެހެންނޫނަސް ތީ މާ މުހިއްމުމީހެއްނޫން ސިޔާސީ މަޢިދާނުގަ
ޢަބްދުﷲނާފިޒް
12 January 2020
ލަތީފުއަށް ނުވިސްނޭތަ، ކަލޭ ޕޕމގަ ހުއްޓާ ކަންފަތު ފޫޅުގަނޑުގަ ހިފާ ހޫރާލީ ކީއްވެގެންކަން، ތިހެން އުޅެންޏާ އަނެއްކާވެސް ސަސްޕެންޑް ކުރަން ޖެހިދާނެ، އޭރުން ދެން މާރީއްޗެއްނުވާނެ، ވިސްނާލައިގެން އުޅެބަލަ.
ޢަަލަދިން މަދަފަކާ
11 January 2020
ދެފުއްކެހެރި ??♂️
1234
11 January 2020
މިއީ ލަ ދުވެސް ގަންނަން އެގޭ ބައެއްނޫ؟
ކެރޯން
11 January 2020
ވާނުވާނޭގޭ ސޮރެއްތަ
ސިލް
11 January 2020
ދިވެހި ބަސް ނޭނގޭ މީހުން އެހާ ގިނަކަން ދަނެގެން މިހާރު ވާހަކަ ދައްކަންވާނީ. ބަސް އެނގުނަސް ސިޔާސީ މީހަކު އެއްޗެއް ނުބުނެގެން ތިބެނީ އެމީހަކު ބުނި އެއްޗެއްގަ ހިފާ ދަމަން ރެޑީވެގެން. އެމީހަކަށް ނެގުނުގޮތަކަށް މާނަނަގައިގެން ވާހަކަ ދެއްކުމަކީ މިހާރު މާމޮޅު ކަމެއްކަމަށްވެފައި އޮންނަނީ. ރަގަޅަށް ވިސްނާލީމަ އެނގޭނެ ހަތިޔާރުގެ ވާހަކަ އެގޮތަށް ފާޅުކޮށް އެކަކުވެސް ނުދައްކާނެކަން. އެކަމު ސިޔާސީ ގޮތުން ބްރެއިންވޮޝްވެފަ ތިބޭތީ ވިސްނުން ކިލަނބުވެފަ އޮންނަނީ
އެކަތަ
11 January 2020
ތިޔަ ލަތީފް ތިހެން ކިޔަސް މިހާރުވެސް ހުރީ ސިއްރުން އެމްޑީޕީއަށް ސޮއިކޮށްގެން. ނިކަން އެމްޑީޕީގެ ޕްރައިމަރީގެ ހއ ދިއްދޫ މެމްބަރުންގެ ލިސްޓްގެ 33 ވަނައިގައި އޮތީ ކާކުތޯ ބަލާބަލަ. ޢެ ލިސްޓް އެބައޮތް އެމްޑީޕީ ވެބްސައިޓްގައި. ފުނަމާ ލަތީފަކީ ހުރިހާ ޕާޓީއަކަށް ދުވާ މީހެއް. ކިޔޭ ނުކިޔޭ ނޭނގެ. ސިޔާސީ މައިދާނަށް ކުފޫ ހަމަވާ މީހެއް ނޫން.
ހޭޝްޓެގް
11 January 2020
މަޖާޒީ ގޮތުން މީނަ ބަންދުކުރަންވެސް ފެނޭ! ކޮންމެފަދަކަމެއް ކޮއްފަވެސް މިކިޔަނީ މަޖާޒީއޭ އަނެއް ޖާޒީއޭ!
މަގުފުޅާޓިނު
12 January 2020
ބަޔަކު ގުޅިގެން ރައްޔިތުންގެ ތިޖޫރި ދަވާލާފަވެސް މިކިޔަނީ އެއީ މަޖާޒީ ގޮތުން ކުރި ކަމެކޯލަ.
ހަހަހެހެ
11 January 2020
މަޒާޖީކޮށް ޖަލުހުކުމެއް ކޮއްލާ!
ގައުމުގެ ދޫ
11 January 2020
ޖޯޝާފޯރީގާ ނުވަތަ ޖަޒުބާތުގާ ވެސް ބުނަންނުވާ ވާހަކަ ހުންނާނެ، ސިޔާސީ މައިދާނުގާ އުޅެންވާނީ އަމިއްލަ ބުއްދިން ވިސްނައި ބަސްބުނުމުގެ ގާބިލިއްޔަތު ހުންނަ ބޭފުޅުން. ޕޯޑިއަމަށް އެރުމުގެ ކުރީން ކަންފަތްބުޑުގާ މީހަކު ބުނެލާ ވާހަކަ ޕޯޑިއަމްގާ ބުނާކަށް ނުޖެހޭ. ސިޔާސީވެރިން މިއަށްވުރެ ފޯރުންތެރި ވިސްނުންތެރި ބަޔަކަށް ވާންޖެހޭ. ޒިންމާދާރު ސިޔާސީ އިދިކޮޅު ހަރަކާތަކީ ގައުމަށް ނުހަނު ބޭނުންތެރި ހަރަކާތެއް، އެ ކަން ޚަރާބުކުރުމުން އެއްކިބާވާންޖެހޭ.