ކުރީގެ ރައީސް ޔާމީން: އެމަނިކުފާނުގެ އިސްތިއުނާފް ޝަރީއަތް މިމަހުގެ 28 ވަނަ ދުވަހު ފަށަން ވަނީ ހަމަޖައްސާފައި -- މިހާރު ފޮޓޯ/ހުސެން ވަހީދު
14 ޖެނުއަރީ 2020 - 13:55
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް މިމަހުގެ 28 ވަނަ ދުވަހު ފަށަަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފަށް ހުށަހެޅުމުން ހައި ކޯޓުން ކުރިން އޮތީ އެ މައްސަލަ ބަލައިގެންފަ އެވެ.
އެ މައްސަލާގެ އިސްތިއުނާފް ޝަރީއަތް މިމަހުގެ 28 ގައި ފަށަން ހަމަޖައްސާފައިވާ ކަން ހައި ކޯޓުން ކަށަވަރުކޮށް ދިނެވެ.
އިސްތިއުނާފް ޝަރީއަތް ހައި ކޯޓުން ނިމެންދެން ކަފާލާތުގެ ދަށުން ޔާމީން މިނިވަންކޮށްދޭން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އޮތީ އެދިފަ އެވެ. އަދި ކަފާލާތާ މެދު ގޮތެއް ނިންމުން ލަސްވާތީ އެމަނިކުފާނާއި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
ހައި ކޯޓުގެ ގަވާއިދު ބުނާގޮތުން ދަށު ކޯޓުން ކުށް ސާބިތުވެފައިވާ މީހާ ވެސް އިސްތިއުނާފް މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ބަންދުން މިނިވަންކޮށް ދިނުމުގެ ބާރު އެ ކޯޓަށް އޮވެ އެވެ. އަދި މީގެ ކުރިން ޖަލު ހުކުމުގައި ތިއްބެވި ސިޔާސީ ބައެއް ބޭފުޅުން ކަފާލާތުގެ ދަށުން ހައި ކޯޓުން އެގޮތަށް މިނިވަންކޮށް ދީފައިވެ އެވެ. އެކަމަކު ޖިނާއީ އިޖްރައާތުގެ ގާނޫނު މިހާރު އޮތްގޮތުން އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ބޮޑު ބަހުސެއް މިހާރު އޮތީ އުފެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިލިޓަރީ
14 January 2020
ކޮބާހޭ ފުލެޓުތަ. މިހާރު މިދައުރު ނިމެނީ ތަރައްގީ ނުފެނޭ.
ވަތަން އިސްކުރަންޖެހޭ
14 January 2020
މިހާރުން މިހާރަ ރޔާމިން ދޫކޮއްލަން ގޮވާލަން.
ހައްގުބަސް
14 January 2020
ރައިސް ޔަމިން ހާލި ހެދީމަ ނަޝީދުއާ އިބޫ އެދަނީ ރިބަން ފައްތަށް ކަޑަމުން.
މަންޑޭލާ
14 January 2020
ރައިސް ޔާމިން އެކަނިތަ ހައްޔަރު ކުރަން ޖެހެނީ. ކޮބާ ދެންތިބިމީހުން. އެހެންވެ މިކިޔަނީ ސިޔަސީ ދައުވާއެކޭ.
މުޙުއްމާ
14 January 2020
ކޮން އިސްތިޢުނާފެއް ކުރާކަށްތަ. ރާއްޖޭގެ ހުރިހާރައްޔިތުންނަށް ރައްޔިތުންގެ ލާރިވަގައްނެގިކަން އެގޭއިރު ހާދަ ފިޑިޔޭ ޖަލުން ސަލާމަތްވާން ތިއުޅެނީ. ވައްކަން ކުރި އިރު ހިތަކަށް ނައަރާދޯ ޖަލަށް ދާން ޖެހޭނެ ކަމަކަށް. އަދިވެސް ބޭނުމީ ރައީސް ކަމޯ. ކާކު މީނަޔަށް ރައީސްކަން ދޭނީ.
ޢެހެންތަ ހީވަނީ
14 January 2020
ރައްޔިތުން ރައިސްކަން ދޭހިތުންވެސް ދޭނެ ރައިސަކީ ރައިސްޔާމީން . އެއީ މިގައުމުގެ ވިންދު އެއީ މިގައުމުގެ ޝަރަފާއިއްޒަތް ދެމިހެއްޓެވި ،ދީންނުގެ ހިޔާތުގަ މަސައްކަތް ކުރެއްވި ، ގައުމަށްށާއި ރައްޔިތުން ނަށް މަންފާއާ ލާބަހުރި ގޮތަށްވެރިކަން ކުރެއްވި ، ރައްޔިތުންގެ އެންމެ އަސާސީ ބޭނުންތަކަށް ވެސް އިސްކަންދެއްވި ، ގައުމު އެތަށް ރޮގަކުންއެތައްކަމަކުން އެތަށް ދާއިރާ ތަކަކުން އެތަށް މަސައްކަތެއް ކޮއްދެއްވި ހަމައެކަނި ރައިސް .ރައިސް ޔާމީން މިނިވަން ކުރޭ .