ޗައިނާގައި ފެތުރެމުންދާ ރޯގާގެ ވައިރަސް އެންމެ ގިނައިން ފެންނަނީ ވޫހާން ސިޓީން. --ފޮޓޯ: ހުއްރެއިތު ޑެއިލީ ނިއުސް
20 ޖެނުއަރީ 2020 - 15:18
ޗައިނާގައި ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަހުން ޖެހޭ ބައްޔާ ގުޅިގެން ރާއްޖޭން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަށައިފި އެވެ.
މިދިޔަ މަހުން ފެށިގެން ޗައިނާގެ ވުހާން ސިޓީގައި ފެތުރެމުންދާ ވައިރަހާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނުގައި ބުނީ، ރާއްޖެ އަށް ވެސް އެ ބަލި އައުމުގެ ފުރުސަތު އޮތުމުން، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ލަފާދީފައިވާ ގޮތުގެ މަތީން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.
ނޭވާލާ ނިޒާމަށް ޖެހޭ މި ވައިރަސް މިއަދާ ހަމަޔަށް 142 މީހެއްގެ ގައިން ފެނިފައިވެ އެވެ. އެ ބަލީގައި ދެ މީހަކު މަރުވެފައިވާ ކަމަށް ޗައިނާގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.
- ދޫނިސޫފާ ސޫފި އަދި ޖަނަވާރު ގެންގުޅެ، ވިއްކާ އަދި ކަތިލާ ތަންތަނަށް ނުދިއުން
- ބަލި މީހުންނާ ކައިރީގައި ނޫޅުން
- ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުން
- ކެއްސައި ކިނބިހި އަޅާއިރު ޓިޝޫއަކުން ރަނގަޅަށް އަނގަ އާއި ނޭފަތް ނިވާކުރުން
އެޗްޕީއޭއިން ބުނީ، ކޮރޯނާ ވައިރަސް ފެތުރޭ ހިސާބުތަކަށް ދަތުރުކުރުމަށް ފަހު ނޭވާލަން އުނދަގޫވާ ނަމަ ނުވަތަ އެފަދަ އަލާމާތެއް ފެނިއްޖެ ނަމަ މާސްކް އަޅައިގެން އުޅުމާއި ސިއްހީ ހިދުމަތް ހޯދުން ފިޔަވައި އެހެން ކަމަކަށް ބޭރަށް ނުނިކުތުން މުހިއްމު ކަމަށެވެ. އޭގެ އިތުރުން ފާއިތުވި 14 ދުވަހުގެ ތެރޭގައި ދަތުރުކޮށްފައިވާ ގައުމުތަކާއި ޓްރާންސިޓް ކޮށްފައިވާ ތަންތަން ހިމެނޭ ގޮތަށް ދަތުރުކުރި ތަންތަނުގެ މައުލޫމާތު ދިނުމަށް ވެސް އެ އެޖެންސީން އެދެ އެވެ.
ފެތުރެމުންދާ ވައިރަހުގައި ބަލިވި ގިނަ މީހުންނަކީ ސީފުޑާއި ޖަނަވާރު ވިއްކާ މާރުކޭޓެއްގައި މަސައްކަތްކުރަމުންދިޔަ މީހުންނާއި އެތަންތަނަށް އެކި ކަންކަމުގައި ގޮސްފައިވާ މީހުންނެވެ. ނޮވެލް ކޮރޯނާ ވައިރަސްގެ މި ބަލި ޖެހުން ގުޅިފައިވަނީ ސީފުޑް ނުވަތަ ޖަނަވާރުން އަރާ ޖަރާސީމަކުން ކަމަށް ލަފާކޮށް، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ޝައްކުކުރެވޭ އެފަދަ މާރުކޭޓުތައް ވަނީ ބަންދުުކޮށްފަ އެވެ.
އިންސާނުންގެ ގައިން ގަޔަށް މި ވައިރަސް އަރާ ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް އަދި ލިބިފައެއް ނުވެ އެވެ. ޖަޕާނާއި ސައުތު ކޮރެއާ އާއި ތައިލެންޑުން ވަނީ މި ބަލި ޖެހިފައިވާ މީހުން ފެނިފަ އެވެ. މި އެންމެންނަކީ ވެސް ވުހާން ސިޓީ އަށް ދަތުރުކުރި މީހުންނެވެ.
ޗައިނާގެ އިތުރުން ތައިލެންޑުން ކޮރޯނާ ވައިރަސް ޖެހުނު ދެ މީހުންނާއި ޖަޕާނުން އެކަކު ފެނިފައިވެ އެވެ. ތައިލެންޑުން ފެނުނު އެކަކަކީ، ޗައިނާގެ އެފަދަ މާރުކޭޓަކަށް ޒިޔާރަތްކޮށްފައިވާ ޗައިނާ އަށް ނިސްބަތްވާ މީހެކެވެ.
ޗައިނާގައި ފެތުރެމުންދާ ވައިރަހާ ގުޅިގެން ވުހާން އިން އަންނަ ފަސިންޖަރުން ސްކްރީން ކުރަން ސިންގަޕޫރާއި ހޮން ކޮންގެ އެއާޕޯޓްތަކުގައި ވަނީ ފަށައިފަ އެވެ. އެމެރިކާގެ ސެން ފްރެންސިސްކޯ، ލޮސް އެންޖަލިސް އަދި ނިއު ޔޯކުގެ އެއާޕޯޓްތަކުގައި ވެސް ވަނީ ހުކުރު ދުވަހުން ފެށިގެން ސްކްރީން ކުރަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިކުއެސްޓް
21 January 2020
ރާއްޖޭގައި މިއުޅެނީ ކާނުތަކުގައި މަދިރިގިނަވެ ބަލި ފެތުރޭވަރުން އަހަރެން ނުދެކެން ދުވާލަކު ވަކި ސަރަހައްދަކަށް މަދިރިއަށް ސްޕްރޭކުރާ ތަނެއް ާޢއްމު ޞިއްޙަތުގެ ކަންތައް ވަނީ އިހުމާލުވެފަ އެހާލުގައި ތިބެ ޗައިނާގަ ހިނގާކަމަކަށް އަހާހުތް ކީމަ ވަރަށް ސަޅި
މައިކިީ
20 January 2020
ކިޔާ ނިމުމު އިރުވެސް ނޭގުން މިބަލި ޖެހުމުން ވާގޮތެއް
އަލީރާޖާ
20 January 2020
މިއީ ސާސް ކަހަލަ ވަަރަށް ނުރައްކާތެރި ބައްޔެއް. މިކަހަލަ ހުރިހާ ބަލިބަލި މި ފެތުރެން ފަށަނީ ޗައިނާއިން. ހިތުހުރި ކޮންމެ ޖަނަވާރެއް ސޫތްޕެއް ފުޅައެއް ބެލުމެއް ނެތި ކާ ބައެއް އެއީ.
އަމާތޫރު
20 January 2020
ޜާއްޖޭގައި ހުންނަ ޥާލްޑު ހެލްތު ރެޕާއި އޭނަގެ ދަށުން ހުންނަ ނޭޕާލު މެޑިކަލް އޮފިސަރުއަކީ ނަމއެްގައި ތިބޭދެމީހުން. ޜާްއޖެއަށް ކަނޑައަޅައިފައިވާ ބަޖެޓުން ކޮންމެވެސް އެމީހުންގެ ރައްޓެއްސެ މާހިރެކޭކިޔާފަގެނެސް ދިވެހިންގެ ކޮސްހެއްދުން އޮތީ.
ސޮމްޗައި
20 January 2020
ވަރަށްބޮޑު ތެދެެއް، ކުރާކަންކަަމަކީ ހިގާލުންބޭވުން ދެން ފޮތެއްގެ ބޭރުގަނޑު ދައްކާފަ ފޮޓޯނެގުން، ފޮޓޯގަނޑު ސޯސަލް މީީޑިއަަށްް ލުުން.
ލަތީފު
22 January 2020
އަމާތޫރު އަކީ ބޮޑު ކޮހެއް. އޭނާ ޖެހޭނީ ބޭރުކުރަން. ދިވެހިންނަށް ބޭނުންވަނީ ދިވެހި މާހިރެއް ޑރ. ފައިސްލް ޑރ. ނިޔާފް ކަހަލަ ދިވެހިންނަށް އެންމެ ރަންގަޅު ގޮތް ހޯދައި ދެއްވާނެ މިދެ ޑޮކްޓަރުން
ތުއްތުނާ
20 January 2020
ބަލި ފެތުރެންފެށީ ޗައިނާގެ ވުހާން ސިޓީގެ މަސް މާރުކޭޓް ހުންނަ ސަރަހައްދެއްގައި .......
މަސްބޭބެ
22 January 2020
ރާއްޖޭގެ މަސްމާރުކޭޓު ބަންދުކުރަންވީ ހަމަ މިހާރު ނޫނީ ޗައިނާހެން ތިޔަބަލި ފެތުރޭނެ
ނިރު
20 January 2020
މިޤައުމުން ރައްކާތެރިވުމަށް އެޅިފިޔަވަޅެއް މިހަބަރަކުން ނޭގުނު
ވާނުވާ.
20 January 2020
ޙަހަހަހަ....އަސްލުވެސް???
ރާއްޖެ އަންނަ...
20 January 2020
ރާއްޖެ އަންނަ ޗައިނާ އަދި ތައިލޭންޑްގެ ފަތުރުވެރިން ސްކްރީން ނުކުރޭ ހެއްޔެވެ؟
އެޗްޕީޕީ މޯލްޑިވިސް
22 January 2020
ދުނިޔަވީ ސިއްހީ ޖަމިއްޔާ އަދި ނުބުނޭ ދެފައި ތަޅައިގަނެ ރާއްޖެ އަންނަ ފަތުރުވެރިން ސުކުރީނުކުރާކަށް. ސަރުކާރުން މިބަލި މުޅިން ކޮންޓުރޯލް ކުރާނެ، މިހާރުވެސް ސިއްހީ ވަޒީރު ހިމަބިހި މުޅިން ރާއްޖެއިން ފޮހެލައިފި. ހާސްކަނޑާލާ އެވްރިތިންގު އިސް އަންޑާ ކޮންޓުރޯލް.