ބ. ކަމަދޫ: އެ ރަށުގެ ފެނަކައިގެ މުވައްޒަފަކު ބޮޑު ވައްކަމެއް ކުރި މައްސަލަ ވަނީ ފެންމަތިވެފައި
20 ޖެނުއަރީ 2020 - 22:13
ބ. ކަމަދޫ ފެނަކައިގެ މުވައްޒަފަކު، ކަރަންޓު ބިލްތައް އަމިއްލައަށް ބޮޑުކޮށްގެން އެ ފައިސާ ބޭނުންކުރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ކަމަދޫގެ ގިނަ ބަޔަކު މިއަދު މެންދުރު ފަހު ވަނީ، އެ ޝަކުވާ ހިފައިގެން ކައުންސިލް އިދާރާއަށް އެއްވެފަ އެވެ.
އެ މީހުން ބުނާގޮތުން، ގޭގެއަށް ފޮނުވާ ކަރަންޓު ބިލާ، ފެނަކަ އޮފީހުގެ ސިސްޓަމުގައި އިންނަ ބިލަކާ ދިމައެއް ނުވެ އެވެ. އެގޮތުން ބައެއް ގެތަކަށް 4،000 ރުފިޔާގެ ބިލެއް ފޮނުވާއިރު، ސިސްޓަމުގައި އިންނަ ބިލުން ދައްކަނީ 2،000 ރުފިޔާ ކަމަށް ބައެއް މީހުން ބުންޏެވެ.
ރަށުގެ މީހުން ތުހުމަތު ކުރާ ގޮތުން، ފެނަކައިގެ ފައިސާއާ ބެހޭ ބައިގައި އިންނަ އަންހެން މީހާ އެކަން ކުރާތާ އަހަރެއްހާ ދުވަސް ވެއްޖެ އެވެ. އަދި އެގޮތަށް ލައްކައަކަށް ވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވާނެ ކަމަށް އެ މީހުން ލަފާ ކުރެ އެވެ.
އެނގިފައިވާ ގޮތުގައި ފެނަކަ މައި އޮފީހުން އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނައިރު، އެ އަންހެން މީހާ ހުރީ ވަޒީފާއިން ސަސްޕެންޑްކޮށްފަ އެވެ. އެކަމަކު އެކަމާ ގުޅޭގޮތުން އެ އޮފީހުން އެއްވެސް ޖަވާބެއް ނުދެ އެވެ.
ކަމަދޫ ކައުންސިލްގެ ރައީސް އަހުމަދު ސާޖިދު ވިދާޅުވި ގޮތުގައި މިއަދު ކައުންސިލް އޮފީހަށް އެއްވި މީހުން އެދުނީ ވަގަށް ނަގާފައިވާ ފައިސާ ހޯދައިދިނުމަށް ކަމާ ބެހޭ ފަރާތްތަކުގެ އެހީ އަށެވެ. އަދި އެ މައްސަލައިގައި ފެނަކައިން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައި ނުވާތީ އެ މީހުން ޝަކުވާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާގޫތު
21 January 2020
އަޅެ 4000/- ދެއްކިއްޔާ ބިލު ދެއްކި ކަމުގެ ފައިސާ ރިސިޓުގާ އިން އަދަދު ބަލާލީމާ އެނގޭނު!
ތުއްތޮންބެ
21 January 2020
ވަގަކައް ހާސްދުވަހޭ ވެރިޔަކައް އެއްދުވަހޭ.
ބްރެކެޓް
21 January 2020
ތީ ފިޔާތޮށި ސަރުކާރުގެ ކުދިން އުޅޭގޮތް...އަދިވެސް އެމް.ޕީ.އެލް، ފެނަކަ،ސްޓެލްކޯ ގައި ތިބީ އެކުދިން. ކޭމްޕެއިންކުރަން ފިޔާތޮށި ޓީޝާޓު ލައިގެން ނިކުތީމަ ފާތުމަ ދީފައިހުރި ވަޒީފާ ތިޔަ....؟!!!
ނަމީމަ
21 January 2020
ޖަޒީރާ ރާޢްޖެ
ރޮކީ
21 January 2020
ސިސްޓަމުން ދައްކާނީ ބިލްގަ އިންނަ އަދަދު.. ހަމަ %100. ތިގޮތަކަށް ތިކަމެއްނުވާނެ އެނޫންގޮތަކަށް ނުކުރާނޭޔެކޭ ނުބުނަން.. މަށަށްވެސް އިނގިގެން މިބުނަނީ.. ބިލާ ސިސްޓަމްގަ އިން ޢަދަދާ ދިމަވާނެ
ޞުހާދު
21 January 2020
ބުރޯ އަށް މާބޮޑަށް ފެނަކަވެފަ އިނގެނީ.. ވައްކަން ކުރެވޭނެ ބައިވަރު ގޮތްގޮތއ ހުރޭ.. އެބުނަނީ ބިލާ ކައުންޓަރުން ނަގާ އަދަދާ ދިމާނުވާ ވާހަކަ.. އެހެންވެތާ އެދަނީ ސަކުވާ ހިފައިގެން
ދޮންއަމާ
21 January 2020
ގިނަރަައްރަށްރަށުގާ ފެނަކަ އިންގީނުގެ ތަކުގެ އިސްވެރިންގެ ގޮތުގަ ހަމަޖައްސާފައި ތިބީ ކޮންމެވެސްކަހަލަ ވައްކަމެތްގެ ތުހުމަތު ކުރެވޭމީހުން ޔާމީނުގެ އަމުރަށް އެކަންކުރީ ވޯޓްހޯދުމުގެ ނިޔަތުގާ ދެރަކަމަކީ މިއަދާ ހަމައައް ވީއިރުވެސް މިބާވަތުގެ މީހުން ބަދަލު ނުކުރާކަން މިވެރިން ސަރުކާރަށްވުރެ މާބޯވަރުގަދަ މިވެރިން ބުނަނީ އަހުރެމެން ތާއީދުކުރަނީ މިސަރުކާރަށާ ރައީސް ސޯލިހަށް ކިހާފައްކާ ދެން ޕާޓީކުދިން އަތްޖަހާ
ދޮންއަމާގެ8ޕަނާ
21 January 2020
ކަލޭ ތި އުޅެނީ ފިތުނަ އުފައްދަންތަ ނޫނީ ކަމެއް އިސްލާހް ކުރަންތަ؟ ނުވަތަ ފަސާދަ ކުރަންތަ؟
އައްޔަބޭ
21 January 2020
ދޮންކަލޯ މި ސަރުކާރުގަ ވައްދާފައިތިބީ ނުލަފާހުރިހާކަމެއް ހަމަވާ މީހުން. ތަޅާފޮޅާ، ޑްރަގް އަދި ވައްކަން.
ޒިންމާ
21 January 2020
ގަނޑުވަރު ތޭރޭ ހުރެގެން ތިކަހަލަ ކޮމެންޓް ކުރީމަ ވަރަށް ހަޑި
މަކުނު
21 January 2020
މިހާރު ދެން އެމީހަކާ އެމީހެއް ކޮއްމެ ކަމެއްގައިވެސް
ALBDULLA JWALHEY
21 January 2020
މީ އެހާހަމަޖެހޭ ވާހަކައެއް ކަމަކަށްނުފެނޭ. ސިސްޓަމުގަ އިންނަ ޢަދަދާއި ފައިސާދެއްކި ރަސީދު ޢަދަދު ދިމާނުވީމަ އެއޮތީ އެހާހިސާބުން މަކަރު އެގިފަ. ދެން އެތަށްދުވަހެއްވަންދެން ކުރިޔަށްގެންދަން ފުރުސަތު ދެވުނީކީއްވެބާ.
ރަދީފް
21 January 2020
މީޓަރުގެ ރީޑިން ނަގާ މީހަކަށް ތިކަމުގަ މަކަރު ހެދޭނީ.އެހެންނޫނީ އެއީ ފަސޭހަކަމަކަށް ނުވާނެ.އަންހެން ކުައްޖާގެ ބޮލުގަ ވަގު ބަދުނާމެއް އެޅުވުމުގެ ގޮތުން ބަޔަކު ޖައްސާ ސްޓަންޓަކަށްވުމުގެ ފުރުސަތު އޮތުންވެސް އެކަށީގެންވޭ.ވ.ވެދުން
އައްޔަބޭ
21 January 2020
މީޓަރ ރީޑިންގ އިން ހަދާމަކަރު ގެ ފައިސާ ޖަމާވާނީ ފެނަކައަށް. ތިކަން ކުރިނަމަ ކޮށްފައި އޮންނާނީ ދެ ބިލެއް ހަދައިގެން. އެވެސް އުނދަގޫވާނެ. ފައިސާ ބަލައިގެންފައި ދޭ ރަސީދުވސް ޖެހޭނީ ދެ ރަސީދު ހަދަން. އެކަން ކޮށްފާނެ. ވެރިފަރާތަށް ވަކި ބިލަކާ ރަސީދެއް. ފެނަކައަށް ވަކި ރަސީދެއް.
ދޮންދީދީ
21 January 2020
މަށަށް ހާދަ ހީނުވެއޭ. ފައިސާ އާއި ބެހޭ މީހަކަށް ބިލްތަކާ ބެހުމުގެ ރައުޓްސް ނުހުއްނާނެ. ތިކަން ތިކުރީ އެހެންގޮތަކަށް.