ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު (ވ) އަދި ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެޑްވޮކަސީ އެންޑް ކޮމިއުނިކޭޝަން މެނޭޖަރު އައިމަން ސަލާމްކުރައްވަނީ.-- ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް/ މިހާރު
04 ފެބުރުއަރީ 2020 - 14:36
ގުޅިގެން މަސައްކަތްކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް މިއަދު އެއްބަސްވެއްޖެ އެވެ.
އެ ކޮމިޝަންގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ދެ ފަރާތުން އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެޑްވޮކަސީ އެންޑް ކޮމިއުނިކޭޝަން މެނޭޖަރު އައިމަން ރަޝީދެވެ.
ފިޔާޒު "މިހާރު" އަށް ވިދާޅުވީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ވެސް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރި ކަމަށެވެ. އެއްބަސްވުމާއެކު، ހަރުދަނާ ގޮތެއްގައި ދެ ފަރާތް ގުޅިގެން، މައުލޫމާތު ހޯދައި ލިބިގަތުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްކޫލުތަކާއި ސިއްހީ މަރުކަޒުތަކުގެ މިދިޔަ އަހަރުގެ ރިޕޯޓު ގިނަ ތަންތަނުން ފޮނުވާފައި ނުވާ ކަމަށެވެ. އެހެންވެ މައުލޫމާތު ހޯދައި ލިބިގަތުމުގެ ރިޕޯޓު ފޮނުވުމަށް ސްކޫލުތަކަށް ފިލާވަޅު ނަގައިދޭން ޖެހޭ ކަމަށައި އެކަމަށް ސިއްހީ މަރުކަޒުތަކަށް "ފަރުވާ ދޭންޖެހޭ" ކަމަށް ވިދާޅުވި އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެޑްވޮކަސީ އެންޑް ކޮމިއުނިކޭޝަން މެނޭޖަރު އައިމަން ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް/ މިހާރު
އައިމަން ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނާސް އޮފީހާ ގުޅިގެން ކުރިން މަސައްކަތް ކުރަން ކުރިން ގޮންޖެހުންތަކާ ދިމާވި ކަމަށެވެ. ނަމަވެސް އާ ކޮމިޝަނަރާ އެކު މަސައްކަތް ކުރުމަށް ފަހި ފުރުސަތެއް ލިބިފައިވާކަން ފާހަގަކުރެއްވި އެވެ.
މިހާރު އަމަލުކުރަމުން އަންނަ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަކީ ވެސް ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އދ. ގެ ހިއުމަން ރައިޓްސް އިނީޝިއޭޓިވް ގުޅިގެން ޑްރާފްޓް ކުރި ބިލެކެވެ.
އޭނާ ވިދާޅުވީ މައުލޫމާތު ނުލިބި ދައުލަތެއް ޖަވާބުދާރީއެއް ނުކުރެވޭނެ ކަމަށެވެ. އޭގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެގެންދާ ކަމަށް ވިދާޅުވި އެވެ. ކޮރަޕްޝަންގެ މައްސަލައަށް އަދި ވެސް އެދެވޭ ހައްލެއް ނުލިބޭކަން ފާހަގަކުރައްވައި އައިމަން ވިދާޅުވީ އެފަދަ މައްސަލަތަކަށް ހައްލެއް ލިބޭނީ އެކަން ކުރާ މީހުންނަށް ފިޔަވަޅު އަޅައިގެން ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން، ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަންނީ ލަފައާ، އެހީތެރިކަން ދިނުމާއި ތަމްރީނު ފޯރުކޮށްދޭނެ އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އިދާރީ އޮނިގަނޑު ރިވިއުކުރުމުގެ މަސައްކަތް ވެސް ޓީއެމް އިން އަންނަނީ މިހާރު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެއްބައެއް
05 February 2020
ތިއައީ އެއްބައެއް އަދި އެއް ތަނެއްނު؟ ދެން ކޮން އެއްބަސްވުމެއް ބޭނުންވާންވީ؟ އޯކޭ، ހެޑްލައިނެއް ހެދޭނެތާ ދެއްތޯ؟
ކޮރަލް
04 February 2020
ތިޔަ އެއްބަސް ވުމުގެ އަގަކީ ކިހާ ވަރެއްތޯ އެވެ. ހިލެއެއް.ނުވާނެ އެވެ.
ޖުލައި
04 February 2020
ކަން ދެއްކުމުގަ އުޅޭ ކޮމިސަނަރެއް
ކަނބިލި
04 February 2020
މި ހިނގާ 5 އަހަރު ތިޔަ ކިޔާ ޓްރްންސްޕެރެންސީ އޮންނާނީ ނިދާފައި. ޕާޓީން ބަޔަކު ވެރިކަ މަށް އައު މުން ޓްރާންސްޕަރެންޓް ނުވެގެން ނިދިފިޔަވެސް ނުޖަހާނެ. މިއީ ބޮޑު މުސާރަލިބޭ ވަޒީފާއެއްގައި ތިބޭ ވަކި ބައެއްގެ އެޖެންޑާ ޕްރޮ މޯޓް ކުރާ ބަ އެއް
ނަމުން ޓްރާސްޕޭރަންޓް
04 February 2020
މިސަރުކާރު ގެނަން މަސައްކަތް ކުރި މީހުންވީމަ ކޮންމެވެސް ގޮތަކުން އެތިކޮޅެއް ދެވޭތޯ ބަލަން ވާނެ ތިބައި މީހުންނަކީ އެހާ ޓްރާންސްޕޭރަންޓް ބައެއްނޫން
ރަދީފުގެދަރި ކުމާރު
04 February 2020
ތިދެތަން އެއްވީމާ ދުނިޔެނުދެކޭފަދަ މޮޅު ޑިމޮކުރަސީއެއް މިތާ އޮންނާނީ.