19 މެއި

May 19, 2020 15
ދައުލަތުގެ މުސާރައަކީ ސިއްރެއް ނޫން: އައިކޮމް

ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ އެއްވެސް އިދާރާއެއްގެ މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތަކީ ރައްޔިތުންނަށް ސިއްރުވާންޖެހޭ މަޢުލޫމާތެއް ނޫން ކަމަށް ބުނެ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ސްޓެލްކޯ އަށް މިއަދު ފާޑުކިޔައިފި އެވެ.

23 ފެބުރުއަރީ

February 23, 2020 9
ފަޅުރަށްތައް ދޫކުރި އެގްރިމެންޓު ދިނުމަށް އަންގައިފި

ޓޫރިޒަމްގެ ބޭނުމަށް ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ މައުލޫމާތުތައް ހިއްސާކުރަން އިންފޮމޭޝަނަރު ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ މިއަދު އަންގަވައިފި އެވެ.

12 ފެބުރުއަރީ

February 12, 2020 23
އެމްޓީސީސީ އާއި އައިކޮމް، ބޮޑު ހިޔާލު ތަފާތުވުމަކަށް

ސަރުކާރުގެ ހިއްސާ އޮތް ނަމަވެސް އެމްޓީސީސީ އަކީ ދައުލަތުގެ އިދާރާއެއް ނޫން ކަމަށާއި އެހެންކަމުން މައުލޫމާތު ހާމަކުރުމުގެ ގާނޫނުގެ ދަށުން ހުރިހާ މައުލޫމާތެއް ހާމަކުރަން ނުޖެހޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

11 ފެބުރުއަރީ

February 11, 2020 28
ކޮމިޝަނާގެ ޓްވީޓާއެކު ޓޫރިޒަމް މިނިސްޓްރީ ކަންބޮޑުވެއްޖެ

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި މިއަދު އޮތް އަޑުއެހުމާ ގުޅޭގޮތުން އެ ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ ކުރެއްވި ޓްވީޓާ މެދު ޓޫރިޒަމް މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

February 11, 2020 3
އެމްއެމްޕީއާރުސީގެ އެއްބަސްވުންތައް ހާމަކުރަން އަންގަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ދޫކޮށްފައިވާ ފަޅުތަކާއި ރަށްތަކުގެ އެއްބަސްވުން ހާމަކުރަން ޓޫރިޒަމް މިނިސްޓްރީ އަށް އަންގަން...

February 11, 2020 7
އައިކޮމް އަޑުއެހުމަށް ޓޫރިޒަމުން ނުދިޔަ! ޖޫރިމަނާކުރަނީ

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި މިއަދު އޮތް އަޑުއެހުމަކަށް ޓޫރިޒަމް މިނިސްޓްރީ ހާޒިރުނުވުމުން، އެތަނުގެ އިންފޮމޭޝަން އޮފިސަރު ޖޫރިމަނާކުރަން ނިންމައިފި އެވެ.

04 ފެބުރުއަރީ

February 04, 2020 6
އިންފޮމޭޝަން ކޮމިޝަނަރާއި ޓީއެމް އާއެކު މަސައްކަތްކުރަނީ

ގުޅިގެން މަސައްކަތްކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް މިއަދު އެއްބަސްވެއްޖެ އެވެ.

23 ޖެނުއަރީ

January 23, 2020
އައިކޮމްއިން މައްސަލަތަކުގެ އަޑުއެހުން ހުޅުވާލަނީ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅާ ޝަކުވާތަކާ ގުޅޭ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ގެންދަން ނިންމައި، އެކަމާ ބެހޭ...

January 23, 2020 124
ރައީސްގެ އެމެރިކާ ދަތުރަށް 4.1 މިލިއަން ޚަރަދުކުރި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރު އެމެރިކާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ދައުލަތުގެ ބަޖެޓުން 4.1 މިލިއަން ރުފިޔާ ޚަރަދު ކުރެއްވިކަން ހާމަވެއްޖެ އެވެ.

26 ޑިސެމްބަރ

December 26, 2019 45
ކާޕެޓާ ގުޅޭ ޓްވީޓުނުކުރެވުނު ނަމައޭ ހިތަށް އެރި:ފިޔާޒް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެ އަށް ގެންދެވި ކަމަށް ބުނާ ކާޕެޓާ ގުޅޭގޮތުން ޓްވީޓް ނުކުރެއްވުނު ނަމައޭ ފަހުން ހިތަށް އެރި ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ...

December 26, 2019 1
"ރަން ވަނަ އެވޯޑް" ނޫސްވެރިންނަށް ވެސް ދެނީ

އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން ކޮންމެ އަހަރަކު ދެމުން އަންނަ "ރަން ވަނަ އެވޯޑް" ނޫސްވެރިންނަށާއި ނޫސް އެޖެންސީތަކަށް ވެސް ލިބޭ ގޮތަށް ހަމަޖައްސަައި، އެކަން މިއަދު...

19 ޑިސެމްބަރ

December 19, 2019 37
ކުރީގެ ގޯސް ތަކުރާރު ނުކުރޭ! މިނިވަންކަން ދައްކައިދީ!

މިނިވަން މަގާމުތަކުގައި ކުރިން ތިއްބެވި ގިނަ ބޭފުޅުންނަށް ގިނަ ރައްޔިތުން އޭރު ކުރީ ނަފްރަތެވެ. ސަރުކާރުގެ ނުފޫޒު ވަދެ މުސްތަގިއްލު މުއައްސަސާތަކަށް ރައްޔިތުން ކުރި އިތުބާރު ގެއްލުނެވެ. މުއައްސަސާތަކުގެ ހައިބަތާއި ކަރާމާތާއި ޝަރަފް އޮޔާ ދިޔައީ އޭރުގެ ސަރުކާރުން ބުނިހާ ގޮތަކަށް އެ ތަންތަނުން ބޯލެނބީމަ އެވެ.

18 ޑިސެމްބަރ

December 18, 2019 85
ބްރޯޑް ކޮމްގެ ރައީސް މަރީ، ސަރުކާރު ފަޅީގައި؟!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރުން ސަރުކާރުގެ ހަފުލާތަކުގެ އިންތިޒާމްތަކުގައި އުޅުއްވުމުން ފާޑުކިއުން ބޮޑުވެފައި އޮއްވާ، އާ ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ރޭ ސަރުކާރުގެ އިވެންޓެއް ހުށައެޅުއްވުމުން، ސުވާލު އުފެދިއްޖެ އެވެ.

15 ޑިސެމްބަރ

December 15, 2019 4
މައުލޫމާތު ހާމަނުކުރާ މައްސަލަ އުއްތަމަ ފަނޑިޔާރަށް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް ހުރަސްއެޅޭ ގޮތަށް ޝަރުއީ ދާއިރާގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް، އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާ މިއަދު ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.

02 ޑިސެމްބަރ

December 02, 2019 25
އަޅުގަނޑަށް ހުރަސް އެޅޭނެ މީހަކު ނުހުންނާނެ: ފިޔާޒު

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ތަންފީޒު ކުރައްވާނެ ކަމަށާއި އެކަމަށް ހުރަސް އެޅޭނެ މީހަކު މި އުޑުދަށުގައި ނުހުންނާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް މޫސާ...

December 02, 2019
މައުލޫމާތު ލިބިގަތުމަށް ހޭލުންތެރި ކުރުވަން ކެމްޕެއިނެއް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަށް އާއްމުންނާއި މުއައްސަސާތަކުގެ ވެރިން ހޭލުންތެރި ކުރުވުމަށް ބޮޑު ކެމްޕެއިނެއް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ފަށައިފި އެވެ.

26 ނޮވެމްބަރ

November 26, 2019 8
މައުލޫމާތަށް އެދުމުން އެމްޓީސީސީން ގާނޫނީ އުޒުރެއް!

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީން ގަބޫލުކުރަނީ އެއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ދޭންޖެހޭ ކުންފުންޏެއް ނޫން ކަމަށާއި އެހެންވެ އެކަމަށް ހައްލެއް ހޯދައި ދިނުމަށް އެދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

31 އޮކްޓޯބަރ

October 31, 2019 8
އިންފޮމޭޝަން ކޮމިޝަނަރަކަށް ފިޔާޒް އައްޔަންކޮށްފި

ހުސެއިން ފިޔާޒް މޫސާ، އިންފޮމޭޝަން ކޮމިޝަނަރަކަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

21 އޮކްޓޯބަރ

October 21, 2019 20
ފިޔާޒް އައްޔަން ކުރަން މަޖިލިހުން ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރަކަށް، ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ އަދި ނޫސްވެރިޔާ ހުސައިން ފިޔާޒް މޫސާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ރުހުން ދީފި އެވެ.

20 އޮކްޓޯބަރ

October 20, 2019 28
ފިޔާޒަށް ރުހުންދޭން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި

އިންފޮމޭޝަން ކޮމިޝަނަރަކަށް، ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި އޭނާ އަށް ރުހުން ދިނުމަށް އެމްޑީޕީގެ...

October 20, 2019 10
އިންފޮމޭޝަން ކޮމިޝަނަރަކު މާދަމާ ކަނޑައަޅަނީ

އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަންކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ނަންތަކުގެ ތެރެއިން ބޭފުޅަކު ކަނޑައަޅަން ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް...

08 އޮކްޓޯބަރ

October 08, 2019 13
އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ތިން ނަމެއް ތަޅުމަށް

އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަންކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ހަތަރު ބޭފުޅުންގެ ތެރެއިން ތިން ބޭފުޅެއްގެ ނަން ތަޅުމަށް ހުށައަޅަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

07 އޮކްޓޯބަރ

October 07, 2019 8
މައުލޫމާތު ހޯދުން ފަސޭހަކޮށް އަވަސް ކުރާނަން: ފިޔާޒް

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކޮށްފި ނަމަ މައުލޫމާތު ހޯދަން ކުރަން ޖެހޭ މަސައްކަތްތައް މިހާރަށް ވުރެ ފަސޭހަކޮށް، އަވަހަށް ލިބޭ ގޮތްތަކެއް ހަމަޖައްސަވާނެ ކަމަށް މަޖިލީހުން ކުރި އިންޓަވިއުގައި ކުރީގެ ނޫސްވެރިޔާ ހުސެން ފިޔާޒް މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.

29 ޖުލައި

July 29, 2019 34
ފަޔާޒާއި ފިޔާޒް އިންފޮމޭޝަން ކޮމިޝަނަރު ކަމަށް

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު އަހުމަދު ފަޔާޒް ހަސަނާއި ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ ކުރިމަތިލައްވައިފި އެވެ. އެ ކޮމިޝަނަށް އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްކަން ދެއްވާ ލިސްޓުގައި ވެސް ފަޔާޒާއި ފިޔާޒް ވެސް ހިމެނެ އެވެ.

03 މެއި

May 03, 2019 13
ނުރައްކަލަކަށް ފަހު ދިވެހި ނޫސްވެރިކަމަށް އާ ދުވަހެއް

މީގެ ހަ މަސް ކުރިއަށް ބަލާއިރު ދިވެހި ނޫސްވެރިކަން އޮތީ ބޮޑު ބިރެއްގެ ތެރޭގަ އެވެ. ނޫސްވެރިން ތިބީ ލިޔާ އެއްޗަކުން ދައުވާ އުފުލާނެ އިރެއް ނޭނގި ހާސްކަމެއްގަ އެވެ. އޭރުގެ ސަރުކާރުގެ ކޮރަޕްޝަނާއި އަނިޔާގެ ވާހަކަ ފަތުރާ ޓީވީ ސްޓޭޝަންތައް ބަންދުކުރަން އަންނާނެ އިރެއް ނޭނގޭ ހާލެއްގަ އެވެ. އެތައް މިލިއަން ރުފިޔާއަކުން ރާއްޖެ ޓީވީ...