ބާ ކައުންސިލްގެ ބައެއް މެމްބަރުން: އެ ކައުންސިލްގެ އަހަރީ އާންމު ޖަލްސާ މިމަހު ބާއްވާނެ -- ފޮޓޯ/މިހާރު
14 ފެބުރުއަރީ 2020 - 20:18
ބާ ކައުންސިލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
މިދިޔަ އަހަރު އަމަލުކުރަން ފެށި ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބާ ކައުންސިލުން ކޮންމެ އަހަރަކު އެއްފަހަރު އަހަރީ އާންމު ޖަލްސާއެއް ބާއްވަން ޖެހެ އެވެ. އެހެންވެ، މިއީ އެ ކައުންސިލް އުފެދުނު ފަހުން ބާއްވާ ފުރަތަމަ އެފަދަ ޖަލްސާ އެވެ.
ބާ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ އެ ކައުންސިލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 ވަނަ ދުވަހުގެ ރޭ ބާއްވާނެ ކަމަށާއި އެ ޖަލްސާގައި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓު ފާސް ކުރުމުގެެ އިތުރުން އާންމު މެމްބަރުންގެ ފަރާތުން ހުށަހަޅާ ކަންކަމާ މެދު މަޝްވަރާ ކުރާނެ ކަމަށެވެ. އެހެންވެ، އާންމު މެމްބަރުންގެ ފަރާތުން ހުށަހަޅާ ކަންކަން އީމެއިލް މެދުވެރިިކޮށް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ވެސް އެ އިއުލާނުގައި ވެ އެވެ.
ބާ ކައުންސިލަކީ ވަކީލުން ރެގިއުލޭޓް ކުރުމުގެ ޒިންމާ އޮންނަ ކައުންސިލެވެ. އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ވަކީލުން އިންތިޚާބުކުރާ ރައީސަކާއި ނައިބު ރައީސެއްގެ އިތުރުން މެމްބަރުންނާއި ބަންޑާރަ ނައިބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަކީލު
15 February 2020
އަހަރު ފުރުމުގެ މުނާސަބަތުގައި އިސްތިއުފާދީ. އޮފީސް ގަނޑެއް ވެސް ނެތް މުއައްސަސާއެއް
ބާބާ
15 February 2020
އެމެރިކާގެ ބާކައުންސިލްގެ ގަވައިދު ކޮޕީކޮށްގެން އެހެންމީހުންނަށް ދުއްޕާން ޖައްސަނީ. އެޓެސްޓްކުރުމަކީ ޔޫކޭ ތަންތާގައި ޕޯސްޓްއޮފީހުންވެސް ކޮށްދޭކަމެއް. އެކަމަކު މިމީހުން މީތި ބަދަލުކޮށްފި ގާނޫނީވަކީލުން ނޫންބަޔަކަށް އެކަން ނުކުރެވޭ ގޮތަށް. މިއީ ރާއްޖެތެރޭ މީހުންނަށް ދުއްޕާންކުރަން ކުރިކަމެއް. ރާއްޖެތެރޭ މީހުން އެޓެސްޓްކުރަން ވެއްޖެނަމަ މާލެއައިސް ގާނޫނީ ވަކީލެއްގެ އޮފީހަށް ދާންޖެހޭނީ. ރާއްޖެތެރޭގައި ގާނޫނީ ވަކީލުން ނުތިބޭ އޮފީސް ހަދައިގެން.
ހަސަނު
15 February 2020
އަހަރު ދުވަސް ވީއިރު ކުރެވުނު އެއްކަމެއްވެސް ނެތް، ބޭކާރު ބައެއް...
ވަހީދު
15 February 2020
ރާއްޖޭގެ މަދު ވަކީލުންގެ ފައިދަށުގައި ހުރިހާ ވަކީލުން ލުމަށް ހަދައިގެން އުޅޭ މުއައްސަސާއެއް ބާ ކައުންސިލް އަކީ، 1 އަހަރުވި އިރު ވަކީލުންނަށް ހުވާ ކުރެވޭނެ ގޮތެއް ވެސް ހަދައި ނުދެވުނު ބައެއް
ޖުލައި
15 February 2020
ތާކުން ތާކު ނުޖެހޭ. އާ ލޯޔަރުންނަށް ހުވާ ކުރެވޭ ވަރުވެސް ނުކޮއްލެވުނު ކައުންސިލެއް. ޢިންތިހާބުގަ ހޮވެން އުޅުނު އިރުގަ ގާނޫނަކުސް ގޯހެއް ނެތް. ކަން ކުރާނެ ގާބިލްކަން ނެތީމަ ގޯސް މިކުރަނީ ގާނޫނު. މަސް ނުބޭނުނީމަ ކަނޑު ގޯސްކުރާހެ ް ްްްnq
ގްރެޖުއޭޓް
14 February 2020
ލޯ ގްރެޖުއޭޓުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަޖިލީހުގެ އެހީތެރިކަމަށް ބާކައުންސިލުން އދިފައިވާ ކަންކަން މަޖިލީހުން ނިންމުން އަވަސްކޮށްދެއްވާ
ހާމިދާ
14 February 2020
ބޭކާރު ބަޔެއް، ޒިންމާ އަދާނުކުރެވޭ އަމިއްލަ އެދުމުގެ ބައިގަނޑެއް، ތި މައުމޫނަކީވެސް ހަމަޖެހޭ މީހެއްކަމައް އަހަރެމެން ވޯޓް ދިނީ، އެކަމަކު ތި ހީލަތްތެރި އޭޖީ މެން މި ގައުމު ގެ މުއައްސަސާތައް ފުޑާލާއިރު ހޭވެސް ކިޔާނުލާ، ހުސްއަނގަ ތަޅަނީނު، ބޭކާރު