ޖޭއެސްސީގެ މެމްބަރުންތަކެއް: ފަނޑިޔާރުން އައްޔަން ކުރަނީ ހާމަކަން ބޮޑުކޮށް، އުސޫލުތަކާ އެއްގޮތަށް ކަމަށް އެ ކޮމިޝަނުން ބުނޭ -- މިހާރު ފޮޓޯ/ހުސައިން ވަހީދު
17 ފެބުރުއަރީ 2020 - 17:39
ފަނޑިޔާރުން އައްޔަން ކުރަމުން ދަނީ ހާމަކަން ބޮޑު ގޮތެއްގައި އަދި އުސޫލުތަކާ އެއްގޮތަށް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީި) އިން މިއަދު ބުނެފި އެވެ.
އެ ކޮމިޝަނުން އެގޮތަށް ބުނީ މެޖިސްޓްރޭޓް ކަމަށް ކުރިމަތިލެއްވި ބޭފުޅަކު އެ މަގާމަށް ޝަރުތު ހަމަނުވާ ކަމަށް ޖޭއެސްސީން ނިންމާފައިވާތީ، އެކަމުގައި ޖޭއެސްސީގެ އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް އޭނާ ސޯޝަލް މީޑިއާގައި ވިދާޅުވެފައިވާތީ އެވެ.
އެކަމާ ގުޅިގެން، ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވަނީ މެޖިސްޓްރޭޓް ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ޝޯޓް ލިސްޓް ކުރި ބޭފުޅުންގެ ތެރޭގައި އޭނާ ނުހިމެނޭ ކަމަށާއި އަދި ފަނޑިޔާރު ކަމަށް ކުރިމަތިލާއިރު ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުން ކުރާ ނަމަ އެކަން ފާހަގަ ކުރަން ޖެހޭއިރު، އެކަން އޭނާ ފާހަގަ ކުރައްވާފައި ނެތް ކަމަށެވެ. އެކަމަކު، އެ ކޮމިޝަނުން ބެލި ބެލުމުން އޭނާ ސޯޝަލް މީޑިއާ ބޭނުން ކުރައްވާ ކަން ފާހަގަވި ކަމަށް އެ ބަޔާނުގައިވެ އެވެ. އެހެންވެ، އޭނާ ޝޯޓް ލިސްޓް ނުވީ ކަމަށް ވެސް ޖޭއެސްސީން ބުނެ އެވެ.
ބަޔާނުގައިވާ ގޮތުން ޖޭއެސްސީން ފަނޑިޔާރުން އައްޔަން ކުރަނީ ގާނޫނުތަކާ އެއްގޮތަށް އެ ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުންނެވެ. އަދި އެކަން ކޮމިޝަނުން ކުރަނީ ހާމަކަން ބޮޑު ގޮތެއްގައި އަދުލުވެރިކަމާ އެކު ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަ ހީހީ ޝަހާދަތް
18 February 2020
އެހެންތަ؟ އެއްމެން މޮޔަ ހައްދަނީ ތަ؟
ބަސްމަގު ރީތި ހިޔަޅު
17 February 2020
ހިތުގެ އަޑިން ޤަބޫލް ކޮށް ބޯލަބައި ކިޔަމަން ވެމެވެ.
އަނގަ ފޫޅު
17 February 2020
މިރާއްޖޭގެ ޖޭއެސްސީގެ ރައީސް އަކީ އެމްޑީޕީގެ ރައީސްގެ ޤާނޫނީ ވަކީލް އަދި މަޖްލީސްގެ އެމްޑީޕީގެ މެމަބަރެކެވެ. ޖޭއެސްސީގެ ނައިބު ރައީސް އަކީ ރައީސުލް ޖުމްހޫރިއްޔާ އަދި އެމްޑީޕީގެ މުސްތަޝާރު ޢައްޔަން ކުރައްވާފައިވާ ބޭފުޅެކެވެ.ވީމާ ފަންޑިޔާރުގެ ހިނގާނެ މިނިވަން މުސްތަޤިއްލު މިންވަރު ވިސްނާ ފިކުރު ކޮށް ބަލާށެވެ. ފަނޑިޔާރުގެ މިނިވަން ކުރަށޭ ކިޔާގެން ދައްކާ ވާހަކާގެ ދެކޮޅުނުޖެހޭ ހަޑި ހުތުރު ކަމާއެވެ
ވަރެއްގެ ޖޭއެސްސީ އެއް ތާއެވެ
17 February 2020
ފަނޑިޔާރުން ސޯސަލް މީޑިއާ ބޭނުން ކުރުމަކީ ވެސް ކުށެއް ތޯއެވެ؟
ލޯޔރ
17 February 2020
މިހާރުވެސް ގިނަ ވަގުތު އޮފީހުން ބެރުގައުޅޭ ލީގަލްެން ނެއްނޫން ފަޑިޔާރުންނަށް ނަގަނީ. ކަަމަކު ބެނުންވެގެން ބަލާއިރު ތި މީސްމީހުން އޮފީހުގ ނޫޅެ. ކަމެއް ހަވާލުކުރިޔަސް ނިންމެނީ ކޮންމެވެސް ދުވހކުން. މުސާރަ ކުޑަ ކުރަންވީ ލޯޔަރުންގެ. ކަމެއް ކުރާ ބަޔެއްނޫން
ޢަލި1
18 February 2020
އަސްލުވެސް. ޢަހަރުން އޮފީހުންވެސް ތީގެ މީހުން ފަޑިޔާރުކަމަށް ކުރިމަތިލާފަ ހުރީ. ގިނަފަހަރު ބަލާއިރު އޮފީހުގަ ދެފަަހަރު ހަމަޔަކަށް ނޫޅޭނެ. ޢެމީހުންގެ މަސައްކަތުގެ ބޮޑުބައި އެހެންމީހުން ކުރަންޖެހޭނީ
ޚާލިދު މުހައްމަދު
17 February 2020
މަސްތޫރުއާއި ހިސާން ތިބޭހާ ހިނދަކު ކިރިޔާވެސް ވާނުވާ އެނގޭ މީހަކުވިއްޔާ ގަބޫލެއް ނުކުރާނެ ތިތަނުން އިންސާފުވެރިވާނެ ކަމަކަށް.