ޚަބަރު / އާއިޝަތު ނަހުލާ (އާއިޝާ)، ޓްރާންސްޕޯޓް މިނިސްޓަރު

އަލީ ވަހީދުގެ މައްސަލަ ނަހުލާ ރައީސަށް ހުށަހަޅުއްވައިފި

ނައިބު ރައީސް ފައިސަލް ނަސީމާއި ގާސިމް ބައިވެރިވެވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ބައްދަލުވުމެއްގައި، ނަހުލާ އާއި އަލީ ވަހީދު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު

އެކުގައި މަސައްކަތް ކުރައްވާ ބައެއް ވަޒީރުންނަކީ ވަރަށް ދަށް ބައެއްގެ ގޮތުގައި ސިފަކުރައްވައި ހުތުރު ބަހުން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވާ އޯޑިއޯގައި، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރައްވާ، އެ މައްސަލަ ރައީސް އޮފީހަށް ހުށަހަޅުއްވައިފި އެވެ.

އެކަމަކު ނަހުލާގެ ފަރާތްޕުޅުން ހުށައެޅުއްވި މައްސަލައާ ގުޅޭ ގޮތުން އޭނާ އެއްވެސް ވާހަކައެއް ނުދެއްކެވި އެވެ.

އިތުބާރު ހިފޭ ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ އަލީ ވަހީދަށް ފިޔަވަޅު އަޅައިދޭން ރައީސް އޮފީހުގައި ނަހުލާ އެދިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެކަމާ މެދު ރައީސް އޮފީހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

އަލީ ވަހީދުގެ ވާހަކަތައް އަމާޒުކުރެއްވީ ހަމައެކަނި ނަހުލާއަކަށް ނޫނެވެ. ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަށް ވެސް ފާޑުވިދާޅުވި އެވެ. އަދި އަލީ ވަހީދަށް މިނިސްޓަރުކަން ލިބިވަޑައިގެންނެވި ސްލޮޓް ހާއްސަކުރި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަލުން ނަހުލާ އަށް ފޯނުން ގުޅުއްވައި އޭނާ ދެއްކެވި އަޚުލާގީ ގޮތުން ދަށް ފެންވަރުގެ ވާހަކަތަކެއް ވެސް އޯޑިއޯގައި ހުއްޓެވެ.

ނަހުލާގެ ކޯލް ނިންމެވުމަށް ފަހު އޭނާއާ ގުޅޭ ގޮތުން ހުތުރު ވާހަކަތަކެއް ދެއްކެވި އިރު އޭގެ ތެރޭގައި ޖިންސީ ފުރައްސާރައިގެ ވާހަކަަތަކެއް ވެސް ހިމެނެ އެވެ.

"މިހާރު" އަށް ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވީ ހަގީގަތެއް ނެތް ދޮގު އިލްޒާމްތަކެއް އަޅުވައި، ސްޕީކަރަށް ލައިގެން އެކުވެރިންނާ އެކު އަލީ ވަހީދު މަޖާ ނަންގަވައި ވާހަކަ ދެއްކެވުމުން ނަހުލާ ހުންނެވީ ވަރަށް ހިތްހަމަޖެހިވަޑައިނުގެންފައި ކަމަށެވެ.

އަލީ ވަހީދާ ދެކޮޅަށް ފިޔަވަޅު އަޅަން ޖޭޕީގެ ކައުންސިލް މެމްބަރަކު އެ ޕާޓީގެ ކައުންސިލް ބައްދަލުވުމަކަށް ވެސް ހުށަހެޅި އެވެ. އެކަމަކު ގާސިމް އެކަމާ މެދު ގޮތެއް ނުނިންމަވާ ފިޔަވަޅު އެޅުއްވުން ދޫކޮށްލެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

އެއް އޯޑިއޯގައި ރިޝްވަތުގެ އަމަލުތަކަކާ ގުޅޭ ވާހަކަތަކެއް ވެސް ހިމެނެ އެވެ.

އަލީ ވަހީދު ވިދާޅުވެފައި ވަނީ އެއީ ސައްހަ އެއްޗެއް ނޫން ކަމަށެވެ. އަދި ހަގީގަތަކީ ކޮބައިކަން ދެނެގަތުމަށް ތަހުގީގެއް ހިންގަން ވެސް އޭނާ އެދިވަޑައިގަތެވެ.

ފުލުހުން ވަނީ، އެ އޯޑިއޯގެ ތެރެއިން ޖިނާއީ މައްސަލައެއް ފާހަގަވެފައިވާ ކަމުގެ ތުހުމަތާ އެކު ތަހުގީގެއް ފަށައިފަ އެވެ. އެކަމަކު އިތުރު ވާހަކައެއް ނުދައްކަ އެވެ.

އޯޑިއޯ ކްލިޕްތަކުގައި އިވޭ ގޮތުން އަލީ ވަހީދު ވާހަކަ ދައްކަވަނީ އޭނާއާ ގާތް ގުޅުމެއް އޮންނަ، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ)އާ އެވެ. އަލީ ވަހީދުގެ ދިފާއުގައި ނުކުންނަވައި އަޑުބަރޭ ކުރެއްވި ޓުވީޓެއްގައި ތުހުމަތުކުރެއްވީ އެ އޯޑިއޯ ލީކުކޮށްލީ އެފްއޭމްގެ އިންތިޚާބާ ގުޅުވައިގެން ކަަމަށެވެ.

67 ކޮމެންޓް, 158 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 6%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޮނިޓައްޕު ހަސަނު

25 February 2020

އަލީ ވަހީދުވެސް އަދި ނަހުލާވެސް ވަކި ސަރުކާރުގެ މަގާމުން ވަކިކޮށްލަންވީ.

The name is already taken The name is available. Register?

ވަހީދު

25 February 2020

ވަޒީރު ބޭކަލުންގެ ފެންވަރު. ދެ މީހުން ވެސް އިސްތިއުފާ

The name is already taken The name is available. Register?

ނިއްޓެ

24 February 2020

އެހެންވީމަ މީ ގާސިމް ކުޅޭ ގޭމް އެއްތާ. ސަރުކާރު ވީކް ކުރަން

The name is already taken The name is available. Register?

ސަރުކާނު

24 February 2020

ޒީރޯ ޓޮލެރަންސް ސަރުކާރު މީ އެގިދާނެތާ؟ ޒީރޯ ޓޮލެރަންސް ސަރުކާރު މީ އެގިދާނެތާ؟ ޒީރޯ ޓޮލެރަންސް ސަރުކާރު މީ އެގިދާނެތާ؟

The name is already taken The name is available. Register?

ކެޔޮޅުބޭ

24 February 2020

މިނިސްޓަރ ނަހުލާ ތި މައްސަލަ ދެން ހުށަހަޅުއްވަންވީ ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް އަށް. އެހެނީ ޢަލީ ވަހީދަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ މިނިސްޓަރުގެ މަގާމު ލިބިފަ ހުރި ބޭފުޅެއްވީމަ. އެޕާޓީގެ އެހެން މިނިސްޓަރަކަށް އެހާ ހަޑި ހުތުރުކޮށް ކަންތަށް ކުރީމަ ޕާޓީގެ ފަރާތުން އެހެން ބޭފުޅެއް ތި މަގާމަށް ހުށަ ހަޅަން ފެނޭ.

The name is already taken The name is available. Register?

ނިއްޓެ

24 February 2020

ޖޭޕީ އިން މައްސަލަ ނުބަލާ ރައިސް އައް މައްސަލަ ހުށައެޅީމަ ޔަގީން ވޭ ގާސިމް ގޭސް ގަޑެއް އަބުރާހެން.

The name is already taken The name is available. Register?

ނުހާދު

24 February 2020

މިގައުމުގެ މުގާބެ .ކުރާނެ ކަމެއް ނެތް

The name is already taken The name is available. Register?

ސޯދު

24 February 2020

އެންމެ ކަރެޕުޓު މިނިސްޓަރު..އެލޭނެ ފިޔަވަޅެއް ނެތް.

The name is already taken The name is available. Register?

ވިދުވަރު45

24 February 2020

މިއީ ވަރަށް ދެރަކަމެއް، ސަރުކާރުން އަމިއްލަ އިސްވެ މިކަމުގައި އެއްވެސް ޖަވާބެއް ޕަބްލިކްއަށް ނުދީ، ވާނުވާއެއް ރައްޔިތުންނަށް އަންގާނުލާ، ފިސާރި ރީތި ނަތީޖާއެއް ކައުންސިލް އިންތިހާބުގައި ދޭނެ. ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަކީ ހުސް ވާހަކަ ނުދައްކާ، ނިންމަން ޖެހޭ ނިންމުން ވަގުތު ފާއިތު ނުވަނިސް ނިންމުން. ކޮންމެ ފަހަރަކު ކަންކަން ނިންމެނީ އެހެން މީހަކު އައިސް ކްރެޑިޓް ނަގާފަހުން.

The name is already taken The name is available. Register?

7654321112

23 February 2020

ދެން ނަހުލާޔަށް މިކަމުގެ ބަދަލުދީ55 މިލިޔަން ޑޮލަރު

The name is already taken The name is available. Register?

ދޮބި

23 February 2020

ގުޑް.މޫވް ނަހުލާ! ދަ ބޯލް އިޒް އިން އިބޫ އެންޑް އެމްޑީޕީ ސައިޑް ނައު! އެމްޑީޕީ އަދި ރައިސް އިބޫ ގެ ހުރި ޒީރޯ ޓޮލެރެންސް ފެނިގެންދަަނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454