ޚަބަރު / ހައުސިން މިނިސްޓްރީ

ވެށިފަހިން ލިއުންދީ ފްލެޓާއި ގޯތި ނުލިބޭ މީހުންގެ މައުލޫމާތު ހޯދަނީ

ހުޅުމާލެއިން ވިއްކަން ހުޅުވާލި ގޯތި ގަންނަން ދިޔަ ބަޔަކު ހައުސިން މިނިސްޓްރީގައި: އެމްޑީޕީން 2010 ގައި ފެށި ވެށިފަހި މާލެ މަޝްރޫއުން މިހާތަނަށް ފްލެޓް ނުލިބި ތިބި މީހުންނަށް ދިމާވި ދަތިތައް ސަރުކާރުން އަންނަނީ ބަލަމުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެމްޑީޕީގެ ވެރިކަމުގައި ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއު "ވެށި ފަހި މާލެ" ޕްރޮގްރާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓާއި ގޯތި ލިބޭނެ ކަމުގެ ލިއުން ދީ، މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކުން އެކަން ހައުސިން މިނިސްޓްރީ އަށް އަންގަން މިއަދު އެދެފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ 2010ގައި ފެށި ވެހިފަހި މަޝްރޫއުގައި، މާލެ އިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެ އިން ގޯތި ލިބޭކަން އަންގައި ލިޔުންދީފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ހުރިހާ ފަރާތްތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. އެހެންވެ އެ މަޝްރޫއުން މިހާތަނަށް ބޯހިޔާވަހިކަން ކަށަވަރުނުވެ ތިބި އެންމެން ހައުސިން މިނިސްޓްރީ އަށް އެކަން ލިއުމުން އަންގައިދޭން ވަނީ އެދިފަ އެވެ.

އޭގެ ތެރޭގައި، ވެށި ފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އާއި ގާކޮށިން ފްލެޓް ދޭނެ ކަމަށް ސަރުކާރުން ލިޔުން ދިނުމަށް ފަހު ފްލެޓް ހަވާލުނުކޮށް ތިބި މީހުންނާއި މާލެ އިން ލިބިފައިވާ ކުޑަ ބިންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ބިން ދޭނެ ކަމަށް ބުނެ ސަރުކާރުން ލިޔުންދީ ބިން ހަވާލުނުކުރެވިވާ ފަރާތްތައް ހިމެނެ އެވެ.

ފްލެޓާއި ގޯތި ނުލިބޭ ކަން އަންގާއިރު، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ނުވަތަ ގާކޮށި އަރަބިއްޔާ އިން ފްލެޓް ލިބޭނެކަން އެންގި ލިޔުން ހުށަހަޅަން ޖެހެ އެވެ. އަދި މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭކަން އަންގާ ލިޔުން ވެސް ހުށަހަޅަން ވަނީ އެދިފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ އައިޑީކާޑުގެ ކޮޕީ އާއި ދޫކޮށްލަން އެއްބަސްވި ގޭގެ ރަޖިސްޓްރީގެ ކޮޕީ އަންނަ މަހުގެ 22 ގެ ކުރިން އެ މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

ވެށިފަހި މަޝްރޫއު ހުޅުވާލީ ތިން ކެޓަގަރީ އަށެވެ. އެއީ، ކުދި ބިންތަކުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި ބިން ނުވަތަ ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް މާލެ އަށް އުފަން ރަށްވެހިންނާއި މުނިސިޕަލްޓީގެ ދަފްތަރުގައި، ޖޫން، 30، 2011 ގެ ނިޔަލަށް ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. މީގެތެރެއިން ބައެއް މީހުންނަށް ވަނީ ފްލެޓް ލިބިފަ އެވެ.

އެމްޑީޕީގެ ވެރިކަން 2012 ގައި ނިމުމުން، އެ މަޝްރޫއު ކުރިއަށް ގެންދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. އެ ސަރުކާރުގައި އެ މަޝްރޫއު ކުރިއަށް ގެންދިޔަ ގޮތުން އެމްޑީޕީން ހިތްހަމަނުޖެހުންފާޅުކުރި އެވެ.

ވެށިފަހި މާލެ ޕްރޮގްރާމަށް ކުރިމަތިލީ އެތައް ހާސް މީހުންގެ ތެރެއިން ފްލެޓް ނުލިބި އެންމެ ދަތި ހާލުގައި ދިރިއުޅެމުންދާ 4،000 މީހުންގެ ލިސްޓެއް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތެރޭގައި އެމްޑީޕީގެ ބައެއް ކެންޑިޑޭޓުން ގެންގުޅުނެވެ.

37 ކޮމެންޓް, 56 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 25%
icon angry icon angry 59%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދުބޭ

25 February 2020

ކޮންއެއްޗެއް ހަދަންތަ ތިޔައުޅެނީ؟ ހެޔޮނުވާނެ މާލެ ސަރަހައްދުން ގޯތިބޭނުންވާ އެންމެންގެ ދަފްތަރެއްހަދައި އެދަފްތަރު ވެބްސައިޓަކަށް ލައި އެންމެންނަށް ފެންނަން ހުންނަގޮތަށް ހަދައިފަ އަބަދުވެސް އެދަފްތަރަށް މީހުންނަށް އެދެވޭގޮތަށް ބާއްވައިފަ ދަފްތަރ ތަރުތީބުން ފުލެޓް އެޅޭވަރަކަށް ގޯތިނޫނީ ފުލެޓް ލިބޭވަރަކުން ދަފްތަރ އަޕްޑޭވާގޮތަށް ބޭއްވުމުން ތިޔަމައްސަލަ ހައްލުވީދޯ ދެން ދެދަޅައަށް ކޮންމެފަހަރަކު ފޯމްލާން ނުގޮވައި ވާނެދޯ، އޭރުން އެސަރުކާރޭ މިސަރުކާރޭ

The name is already taken The name is available. Register?

ޒަކަވިވް

25 February 2020

ރަނގަޅަށް ބައްލަވާ 5 އަހަރު ހަމަވަންދެން ބައްލަވާ. 2023 އިން ފެށިގެން އަނެއްކާވެސް 5 އަހަރަށް ބައްލަވާ. އަޅުގަނޑުމެން ދިވެހި ލޮބުވެތި ގުނބޯލުން ވޯޓްދީދީ ތިބޭނަން.

The name is already taken The name is available. Register?

ދޯދެން

25 February 2020

ތިޔަބުނާ ލިސްޓެއް އެއްއިރަކުވެސް ދައުލަތުން ގެޒެޓްކޮށް އިއުލާނެއްނުކުރޭ. ތިޔަ ދިން ލިޔުމެއްދިނިއްޔާ ދިނީ ނަޝީދު އަޑީގެ ހުރެގެން އެމްޑީޕީ އޮފީހުން ދައުލަތުގެ ނަމުގައި ދިނީ. އަޑުއެހިން މިހާރުވެސް މި މީހުންގެ އިސްމީހުން ކޯޓްތަކުގެ ތެރޭން ގޯތިތައް ކަރުދާހުގައި ބައިކޮށްގެން އެމްޕީން ބުނެގެން ގޯތި ހޯދަން އެބުނާ ލިސްޓްގައި ޖެހޭވާހަކަ. މިއީ ބޮޑެތި އޮޅުވާލުމާ ކޮރޮޕްޝަން. މިނެކިރުމުގައި ތިޔަ ތިލަފަތް ހަދަނީ މިހާރު މަކަރު.

The name is already taken The name is available. Register?

ފަލަކް

25 February 2020

ރަނގަޅު..އޭސީސީން ބަލަންޖެހޭ...ރައީސްއޮފީހަށް ގެންގޮސް ނަޝީދު ވަކިބަޔަކަށް ދިނީ..

The name is already taken The name is available. Register?

ދެރަވ

25 February 2020

މުއިއްޒު، ޔާމީން، ލިސްޓް ނެރުންގޯސް ނަޝީދު، އިބޫގެ ލިސްޓް އޯކޭ. ތިޔަ ބުނާ ލިސްޓަށް ގޯތިދީ ނިމޭއިރު އަތޮޅުތެރެއިން މަޖިލީހަށް ހޮވިފައިވާ ހަތަރު ކަށިމަތި އަތޮޅުތެރޭމެމްބަރުންނަށް ވެސް އޮންނާނީ ގޯތި ދީ ނިމިފަ. ހަދާ މަކަރަކީ ގުޅީފަޅުން ބިންދޫކޮށްލީކަމަށް ބުނެލިސްޓެއް ހަދަނީ. ބުނަން އަހަރެމެންނަށް އެނގޭނެ ބާރަށު ދާއިރާގެ މެމްބަރު މާލޭގެ އެއްވެސް ތަނަކުން ބިމެއްދޫކުރާނެ ބިމެއްނޯންނާނެކަން. އެގޮތަށް މެމްބަރުންގެ ހަގީގަތް އެދާއިރާއެއްގެމީހުންދަންނާނެ.

The name is already taken The name is available. Register?

ހޮޓްކިންގ

25 February 2020

އަނެއްކާވެސް ވޯޓަކާއި ކައިރިވީމާ ތެޅިގަތީދޯ. އައިޑީކާޑުގެ ކޮޕީވެސް ހޯދަނީ ނަން އޮތް ޕާޓީ ބަލަނީތަ؟ ގުނބޯ ނަހައްދާ. ދެން ނުދޭނަށް ވޯޓެއް ހެޔޮ ދުވަހަކު ބޯހިޔާވަހިކަން ނުދިނަސް.

The name is already taken The name is available. Register?

ފޫހި

25 February 2020

ތިޔަ ގޮތަށް މީގެ އަށްއަހަރުކުރީގެ ގޮތްނޭންގޭ ލިސްޓަކަށް ރައްޔިތުންގެ އެންމެންގެ ހައްްގު އެކުލެވޭ އެތައްމިލިއަން ރުފިޔާއެއްގެ އަގުގެ ބިން ހިލޭ ރައްޓެހިންނާއި ޕާޓީ މީހުންނާއި ގާތް މީހުންނަށް ދިނުމަށް ތިޔަކުޅޭ ހީލަތްތެރި ޑްރާމާ ބަލައިނުގަނެވޭނެ. ތިޔަކަން ތިޔަމަގުން ކޮށްފިނަމަ އަަހަރެމެންގެ އާއިލާގެ ވޯޓް އެމްޑީޕީއަށް ދިނުން ނިމުނީ. މުއީޒާ ދިމާއަށް ބުނެވޭނެ އެއްވެސް އެއްޗެއް ކަލޭމެންނަކަށްނެތް.ވެރިކަމަށްއަންނަނީ ދީން ބަދަލުކުރާށާ ޖީބުފުރަން.

The name is already taken The name is available. Register?

ހަމަ ހޭ

25 February 2020

މަގޭ ވޯޓާ މެދު މަ މިހާރު އޕތީ ގޮތެއް ނިންމާފައެވެ.ފްކެޓް ލިބުނަސް ނުލިބުނަސް ވޯޓަށް ބަދަލެއް ނާންނާނެ އެވެ.

The name is already taken The name is available. Register?

ޟަސަް

24 February 2020

ކުޑަ ބިންކޮޅު ދޫކޮށްލީމަ ބޮޑު ބިން ލިބޭގޮތަށް ކުޑަ ފައިސާ ކޮޅެއް ދޫކޮށްލީމަ ގިނަ ފައިސާ ލިބޭގޮތް ހަމަޖައްސާ ލެވިދާނެތޯ؟ އެއްޗެކޭކިޔާފަ މާލޭ މީހުން ކުއްޔަށްދޭނެ ތަންތަން ހޯދާދެނީތީ! ޢެމްޑީޕީއަށް ތީގެ ނަތީޖާހިތިވާނެ.

The name is already taken The name is available. Register?

ކަމަނކޖބކ

25 February 2020

ރަށުގެ ބޮޑު ބިން ބާއްވާގެން ގެސްޓް ހައުސް ހަދާފައި އަދި މާލޭން ފްލެޓް ނޫނީ ބިން ވެސް އަތޮޅު ތެރޭން މާލެ ނޫން މީހުނަށް ދޭންވީތަ. މާލޭގެ އެންމެނަކީ މުއްސަދިން ނެއް ނޫން. ތަންތަން ކުއްޔަށް ދޭ ފެންވަރުގެ މީހުނެއް ނޫން. މާލޭގެ ކިތަށް މީހުން މީހުނާ އިނުމަށް ފަހު މައިންބަފައި ގޭގައި އުޅޭނެ ތަނެއް ނެތީމަ ކުލިދައްކާގެން އަމިއްލަ ރަށުގަ އުޅެނީ.. މިވާހަކަ ދައްކަބަ

The name is already taken The name is available. Register?

ޝަސް

25 February 2020

ހުޅުމާލެއަކީ މާލެއެއް ނޫން. މާލެއިން މާލޭމީހުންނަށް ގޯތި ދިނުމަކާއި ދެކޮޅެއް ނޫން. މާލެނޫނަސް ބިންފުރިގެން ގޯތި ދޫނުކުރާތާ އެތައް އަހަރުވީ ރަށްތައް އެބަހުރި. ބޯހީޔާވަހިކަން ނެތް އެންމެނަށް ހަމަހަމަ ފުރުސަތު ލިބެންވާނެ. ވަކިބަޔަކަށް ޕްރިއޯރިޓީ ދިނުމާއި ދެކޮޅު.

The name is already taken The name is available. Register?

ޥަސް

24 February 2020

ދިރިއުޅެން ގޯތި ދިނުމާއި ގުޅޭ ގޮތުން ހެދިފައިވާ ޤާނޫން އެއްކިބާގެ ބާއްވާފައި މިގޮތަށް ގޯތި ދެނީ ކޮން ޤާނޫނަކުން ބާރު ލިބިގެންބާ؟ ވެރިން ޖަޒްބާތުގައި ނުޖެހި ޤާނޫނާއި އެއްގޮތަށް ކަންކަން ކުރަން އެބަޖެހޭ.

The name is already taken The name is available. Register?

ޢިބޫ

24 February 2020

ފްލެޓަށް އެދި ފޯމް ހުށައެޅި މީހުންނަ އޮތީ ކޮންގޮތެއްތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454