ކޮވިޑް ވައިރަހާ ގުޅޭ ގޮތުން ކަމާބެހޭ އިދާރާތަކުގެ ބޭފުޅުންނާ ރައީސް މަޝްވަރާ ކުރައްވަނީ. --ފޮޓޯ/ރައީސް އޮފީސް
24 ފެބުރުއަރީ 2020 - 19:52
ޗައިނާ އިން އުފެދި އެކި ގައުމުތަކުގައި ފެތުރި ރާއްޖެ އަށް ވެސް ނުރައްކާ ބޮޑުވެފައިވާ ކޮރޯނާ ވައިރަސް އިން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން އަޅަން ޖެހުނު ކޮންމެ ފިޔަވަޅަކަށް ސަރުކާރު ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވައިިފި އެވެ.
އެމަނިކުފާނު މި ޔަގީންކަން ދެއްވީ ކޮވިޑް-19 އާ ގުޅޭ ގޮތުން ވަޒީރުންނާއި ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއި އައިޖީއެމްއެޗުގެ ސީނިއާ ޑޮކްޓަރުންނާ އެކު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގަ އެވެ.
ރައީސް އޮފީހުން ބުނީ މި ވައިރަހުގެ ނުރައްކާ ރާއްޖެ އަށް އޮތް މިންވަރާއި މިކަމުން ރައްކާތެރިވާން އެހެން ގައުމުތަކުން އަޅަމުން އަންނަ ފިޔަވަޅުތައް ވެސް ރައީސް އޮޅުންފިލުއްވި ކަމަށެވެ. އެ ވައިރަސް ރާއްޖެ އިން ފެނިދާނެތީ މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ވެސް ރައީސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖެ އިން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތައް އެގޮތުގައި ކުރިއަށް ގެންގޮސް މޮނިޓާގެ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވަން ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.
ޗައިނާ އިން ރާއްޖެ އައި ބައެއް މީހުންގެ ތެރެއިން ކޮރޯނާވައިރަހަށް ޝައްކު ކުރެވުނު ހަތް މީހެއްގެ ސާމްޕަލްތައް ނަގައި ޓެސްޓް ކުރި އެވެ. ރާއްޖެ އިން އޭރު ޓެސްޓު ކުރެވެން ނެތިގެން އެ ޓެސްޓުތައް ކުރީ އިންޑިއާގެ ޕޫނޭއަށް ފޮނުވައިގެންނެވެ. އެކަމަކު ކޮވިޑް ވައިރަހަށް ޓެސްޓްކުރެވޭނެ ގޮތް މިހާރު ވަނީ އައިޖީއެމްއެޗްގައި ގާއިމްކޮށްފަ އެވެ. ޓެސްޓުގެ ނަތީޖާ 10-12 ގަޑިއިރުގެ ތެރޭގައި ލިބޭނެ އެވެ.
މި ވައިރަހާ ދެކޮޅަށް ރާއްޖެ ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް ޑަބްލިއުއެޗްއޯގެ ފަރާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނެވި މަންދޫބު، ޑރ. އަރްވިންދް ވަނީ ވިދާޅުވެފަ އެވެ. ކޮވިޑް ވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހެއް ރާއްޖޭން މިހާތަނަށް ނުފެނުމަކީ އެކަމުގެ ނަތީޖާއެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ކޮވިޑް ޖެހޭ މީހުންގެ އަދަދު ގައުމުތަކުގައި އިތުރުވެފައިވާ އިރު މި ބަލީގައި ޗައިނާ އިން މަރުވި މީހުންގެ އަދަދު ވަނީ 2،600 އަށް އަރައިފަ އެވެ. މި ނޫން ވެސް މި ވައިރަސް ފެތުރޭ ގައުމުތަކުން މީހުން ދަނީ މަރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސަރު
25 February 2020
ތިޔަ މީޓިންގަ ތިބި ކިތައްމީހުންބާ މީޓިންގަ ތިބީ!؟ މޭޒުދަށަށް ފޯން ލައިގެން ފޯނާކުޅެންތިބީ ކިތައްމީހުންބާ!؟ ފޮޓޯއިންފެންނަ މަންޒަރުން ހަމައަހާލީ
ީހީހީ
25 February 2020
އެންމެ 10 ކިޓު ނޫންތަ އޮތީ ޓެސްޓު ކުރަން
ޕަންޕު
25 February 2020
ތިހެން ތިކަން އޮތިއްޔާ ކިތެންމެހައިވެސްް ރަނގަޅު އެކަމަކު އެއްސް އިތުބާރެއްނެތް ސަރުކާރަކަށް
ޖުލާ
24 February 2020
މަނިކުފާނު ދައްކާ ވާހަކައަށް އިތުބާރު ކުރަންޖެހޭ ސަބަބެއްވެސް ނެތް. ތިއީ މިގައުމުގެ ރައީސްކަމާމެދުވެސް މިހާރު ސައްކު އަހަރުމެންނަށް
ޔޮން
24 February 2020
ދެންއޮތީ ރައްޔިތުން އިތުރަށް ހޭލުންތެރިވެ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުން. މީހުން އެއްވެ އުޅުން މަދުކޮށް، އާންމު ސާފުތާހިރުކަމަށް އިތުރަށް ވިސްނުން. މިބަލީގެ ވަބާއިން ރައްކާތެރިވޭތޯ ދުޢާކުރުން. އިންޝާﷲ ދެރަގޮތެއް ނުވާނެ
ހަކީމްބެ
24 February 2020
ރަނގަޅު. ދެން އަލީ ވަހީދު އެހެން ވަޒީރުންގެ ބުރަ މަސައްކަތަށް އަރައިގެން ހަޑިހުތުރު އެއްޗިހި ގޮވާ ނެތިމޮށޭއިރު ހަމަ ތިބެންވީ އަތް ޖަހަންތަ؟ އޭނާ ބޭރުކޮށްބަލަ ތި ކެބިނެޓުން
އަރުވާލި އާދަނުގެ ސިޔާސީހާސަރު
24 February 2020
ވަރަށް އުފާވެ ރައީސް ތިޔަހެން ވިދާޅުވެލައްވާތީ. އެކަމު ރައީސް ވިސްނާލައްވަ ބައްލަވަަ. ރައީސް ބޭނުންފުޅުވެ ލެއްވީމާ ރައީސް ބޭނުންފުޅު ވެ ލެއްވިގޮތަށް ( ރަނުން ރަނަށް ) ކަން ކަން ކުރެއްވި ތިއްބެވީ ކިތަށް ވަޒީރުންތޯ؟ ކޭސްސްޑަޑީސް : -1 ނެޓް ޓެރިފް ވައުދެއް ވަޒީރު ދިރާގަށް ވަތަނިއްޔާ (ހުށައެޅުން) ދިރާގު ވަތަނިއްޔާ ( ކަނޑުއަޑީގައި އޮތް ސަބްމެރިން ކޭބަލް ގާތު އަހަށް ލެޔެކިއުން ފޮނުވައިގެން ކަޑުއަދިން ސަބްމެރިން ކޭބަލް ޖަވާބުނުލިބިގެން ރެގިއުލޭޓަރ ހަނު