ޕީޕީއެމް އޮފީހުގައި ބޭއްވެވި ބައްދަލުވުމަކަށް ފަހު އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަަޑައިގަންނަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
08 އޮކްޓޯބަރ 2016 - 12:05
ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބާއްވާނީ އެމަނިކުފާނާ ދެކޮޅަށް ދައުވާކުރެއްވި މެމްބަރުން އެކަމަށް މާފަށް އެދިވަޑައިގެން، ޕާޓީގެ އަސާސީ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ވައުދުވެ ވަޑައިގަތުމުން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވަޑައިގަންނަނަވާނެ ބޭފުޅުން ކައުންސިލުން ފާސްކޮށްފައި ފޮނުވުމަށް ރައީސް އޮފީހުން މިދިޔަ ހަފުތާގައި އަންގާފައި ވަނިކޮށެވެ. ނަމަވެސް މައުމޫން ވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ޕީޕީއެމް ތަމްސީލުކުރައްވާނީ ދިއްގަރު ދާއިރާގެ މެމްބަރު އަދި މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން އަދި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު ކަމަށް ނިންމަވައިފަ އެވެ.
ޕާޓީގެ ކައުންސިލްގެ ވައިބަ ގްރޫޕަށް މައުމޫން ފޮނުއްވި މެސެޖުގައި ޖުލައި 19 ވަނަ ދުވަހުގެ ރޭ ބޭއްވި ކައުންސިލް ބައްދަލުވުމަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވެފައި ވަނީ "ޕާޓީގެ ރައީސާ ދެކޮޅަށް ބަޣާވަތްކުރައްވައި ކައުންސިލުން ނިކުމެވަޑައިގެން، ކޯރަމް ގެއްލުވާލައްވައި ޕާޓީގެ ރައީސް ގޮވައިގެން ކޯޓަށް ވަޑައިގެން އަދި މީޑިއާތަކުގައި ޕާޓީގެ ރައީސް އަގުވެއްޓޭގޮތަށް ވާހަކަދެއްކެވި މެންބަރުން މާފަށް އެދިވަޑައިގަތުމުން ނޫނީ ކައުންސިލްގެ ޖަލްސާއެއް ނުބޭއްވޭނެ ކަމުގައި ދަންނަވަން" ކަމަށެވެ.
މައުމޫން ފާހަގަކުރެއްވި ކައުންސިލް ބައްދަލުވުމަކީ ޕީޕީއެމްގެ އެތެރޭގައި އެ މަނިކުފާނާއި އެ މަނިކުފާނުގެ ކޮއްކޯފުޅު އަދި ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކޮށް ޕާޓީ އިސްލާހު ކުރުމުގެ މަސައްކަތް ފެއްޓެވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ. ޕާޓީގެ ވިޕްލައިނާ ހިލާފަށް މައުމޫންގެ ދަރިކަލުން ފާރިސް ރައްޔިތުންގެ މަޖިލީހުގައި ވޯޓު ދެއްވި މައްސަލަ ހޫނުވެފައި ވަނިކޮށް ބޭއްވި އެ ބައްދަލުވުމުގެ ކޯރަމް ގެއްލުނީ ފާރިސްގެ އާއި އެހެން ބައެއް މެންބަރުންނަށް ފިޔަވަޅު އަޅައި ޕާޓީން ވަކިކުރުމަށް ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުން ހުށަހަޅާފައި ވަނިކޮށް އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާތީ، ޔާމީނަށް ތާއީދުކުރައްވާ މެންބަރުން ނިކުމެވަޑައިގަތުމުންނެވެ.
މައުމޫން ޕީޕީއެމް ހިސޯރުކޮށްފައި އޮތް ކަމަށް ބުނެ އެމަނިކުފާނާ ދެކޮޅަށް ދައުވާކުރެއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަދި ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އައްސަދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާސް
09 October 2016
މައުމޫންވެސް ދެން ޖޯކްވަނީތަ؟ ބަޣާވާތް އަޅެ ކާކު ބަޣާވާތްކުރީ. އަމިއްލަ އެދުމެއް އޮތަސް ބޮޑުވަރު.
މުހައްމަދު
09 October 2016
ޚުދުމުޙުތާރު ވެވޭނީ ޚުދުމުޙުތާރު ވާނެ ފެންވަރު ހުރެގެން އެކަން ކުރަން އެގިގެން. ބާރަށް ކުރިޔަށް ދިޔަކަލޭގެ ޚުދުމުޙުތާރު ވީމާ ވީ ގޮތަކީ 12 އަހަރުގެ ޖަލު ހުކުމަކާ އެކު، ދިޔަގޮތަށް ގޮސް އިގިރޭސި ވިލާތަށް، އެވަރު ދެރަ!!!!!!!!!!
ތެދު
09 October 2016
ތުއްތޮންބެޔަކީ މޮޅު މީހެއް.. ފަލަކީ އަދި ނުޖޫމީ އިލްމުވެރިއެއް... ޔާނުގެ ސަޕޯޓަރުންނައް މިއަދު ތުއްތޮންބެ ނެތަސް ވާނެ ކަމަށް ހީކޮއް ތުއްތޮން ސައިޒުކޮއްލަން އުޅުމަކީ ގޯހެއް.. އަދި އެހެންނެތް ނުވެސް ވާނެ... ކައުންސިލު ބައްދަލުގަ އަޑުގަދަ ކުރި މީހުން ހަމަ ދެފައިންޕުޅުގަ ބޮސްދީފަ މާފައް ނުއެދިއްޖެޔާ ޕާރޓީ ހަމަ ވާނީ ވީރާނާ... ޔާނުވެސް އިރެއްގަ އުޅުން ބޮޑާ ހާކާފަ ޕީއޭ ކިޔާ ޕާރޓީއެއް ހަދައިގެން... މިހާރު ނަންވެސް ނެތް އެ ޕާރޓީގެ...
ޙަސަންބެ
09 October 2016
ވަރަށް ހުދުމުހުތާރު...
އަބުދުﷲ
08 October 2016
ޒައީމަށް ޒައީމު ކިޔުނީ ކަމެއްވެގެން. ޔާމީންމެން އަންޑަރވޯލްޑް ހެދިދާނެ. އެހެނަސް ސިޔާސީ ކަންކަމުގަ ޖެހޭނީ އަތްގާތްކޮށްދޭން.
ކަމަނަ
09 October 2016
ތި ބުނާ ޔާމީން ސިޔާސީ ގޮތުން މައުމޫނަށް އަދި އައްނިއަށް އަތް ގަތްކޮށްދޭން ވެސް ކަމުނުދާނެ
ޒަކީ
08 October 2016
މައުމޫނުގެ ރުޅިމަޑު އުނގޭ އެހާބުރަމަސައްކަތްކޮށްގެން ވެރިކަމަށް ގެނެސްދީނަމަ އެވަރު ނުދަނޭ
ޜަނގަޅު
08 October 2016
ތިޔަގޮތް "ރަނގަޅު" ކަން "ޔަޤީން". ޔާމީނާއި ސަޕޯޓަރުން ލަދުގަންނަވާލަންވީ ހަމަ. ސައިޒަށް ތިރިކޮށްލައްވާ ކިތަންމެ އުނދަގުލަސް.
މުގާބޭ
08 October 2016
ޡައީމޫ. ޡަޢީމުވެސް ވެއްޖެއެއްނު ތިއުޅުން މިހާރު ދޫކޮށްލަން.
އޭ ބިީ
08 October 2016
ހާދަ ބޮޑާ ހާކައޭ ދޯ.
ޒެޑްސް 1
08 October 2016
ލީޑަރު މައުމޫނަކީ ވަރަށް މަޖާ މީހެއް. މި މަނިކުފާނުގެ އަމަލު ބަހައްޓަވާ ގޮތުން އަޅުގަނޑަށް ދެންނެވެން އޮތީ 2018 އަންނަން ވާއިރަށް ރައީސް ޔާމީނު ހުންނަވާނީ މައުމޫނުގެ ސަޕޯޓު ހޯދައިގެން. މިކަންކުރުމަށް ރައީސް ޔާމީނު ހައްދަވަން ޖެހޭނެ ގޮތަކީ މުލީއާގޭ ގައި މައުމޫނަށް ސައެއް ދިނުން. ބޮޑު ގުޅައާއި ބަޖިޔަލެއް ދިނީމަ ހަމަޖެހޭނެ. ސައި ބޮމުން ވަރަށް ދެރަވެއްޖެޔޭ މައާފުކުރާށޭ ބުނީމަ މައުމޫނު ހަމަޖެހުނީ. ދެން މައުމޫނު ނިކުމެފައި މީޑިޔާގައި ބުނެލާނެ އެމްޑީޕީ ގެ ބާރުކަނޑުވަން އެބަޖެހެޔޭ އެންމެން އެކަތިގަނަޑަކަށް ވާން. އެއާއި އެކު ގާސިމް ހުންނާނީ ޔާމީނު ފަޅީގައި. މައުމޫނު ވެސް ހަމަ އެހެން. އަދާލަތުވެސް ހަމަ އެހެން. މައުމޫނަށް މިލިބޭ އިނާމަކީ މައުމޫނުގެ ކުދިންކޮޅަށް ރަނގަޅު މަގާމު ކަށަވަރުކޮށް ދިނުން. މިކަން ރައީސް ޔާމީނު ކޮށްދެއްވާނެ 2018 ގެ އިންތިޚާބް ކާމިޔާބުވެ ދެތިން މަސް ވަންދެން. އެއަށް ފަހު ކޯލީޝަން ރޫޅި، މަގާމުތަކަށް އައްޔަނު ކުރި ބޭފުޅުން ކޮޅު މަގުމަތިކުރީމަ ހުންނާނެ ރާކަނި މަސް ކެވިފަ.