އީސީގެ މެމްބަރު އަކްރަމް: އޭނާގެ މަގާމުގެ ދައުރު ހަމަވާތީ މަޖިލީހަށް ފޮނުވި ލިސްޓުގައި ރައީސް އިސްކަންދެއްވީ އޭނާ އަށް. --ފޮޓޯ/މިހާރު
02 މާޗް 2020 - 12:34
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކަނޑައަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްކަން ދެއްވި ލިސްޓުގައި އެ ކޮމިޝަންގެ ނައިބަކަށް މިހާރު ވެސް ހުންނެވި އަކްރަމްގެ ނަން ހިމަނުއްވައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ އީސީގެ މެމްބަރުކަމަށް އައްޔަންކުރައްވަން ފޮނުއްވި ނަން މަޖިލީހުގައި އިއްވަވައި ދިރާސާކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ފޮނުއްވައިފަ އެވެ. އަކްރަމްގެ އިތުރުން އެ ލިސްޓުގައި ދެން ހިމެނިވަޑައިގަންނަވަނީ އީސީގެ ކުރީގެ މެމްބަރު އަހްމަދު ފަޔާޒާއި ހަނީފާ ޚާލިދުގެ އިތުރުން އަހްމަދު މަންސޫރެވެ.
އީސީ އަށް މެމްބަރަކު ހޮވަނީ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަކްރަމްގެ ދައުރު ހަމަވާތީ އެ މަގާމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮމިޝަންގެ މެމްބަރަކަށް އައްޔަންކުރެއްވި އަކްރަމަކީ 2018 ގެ ރިޔާސީ އިންތިޚާބުގައި ވެސް އިސްކޮށް ހަރަކާތްތެރިވި އެއް މެމްބަރެވެ. އިންތިޚާބާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު އާއްމު ކުރެއްވުމުގައި ވެސް އުޅުއްވީ އަކްރަމެވެ. ރިޔާސީ އިންތިޚާބު އޮޅުވާލި ކަމުގެ ތުހުމަތާ އެކު ބިރުދެއްކުމާއި މަރުގެ އިންޒާރު ދޭން ފެށުމުން އެ ދުވަސްކޮޅު ރާއްޖެ އިން ބޭރުގައި ވެސް އުޅުއްވަން ޖެހިވަޑައިގަތެވެ. އެ ތުހުމަތުތައް ދޮގުކުރައްވައި އޭނާ ވިދާޅުވެފައި ވަނީ، އިންތިޚާބުގެ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންގޮސްފައި ވަނީ ހަމަހަމަކާއި އިންސާފުން ކަމަށާއި އިންތިޚާބު އޮބްޒާވްކުރި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް އެކަން ބަލައިގަނެފައިވާ ކަމަށެވެ.
ފަޔާޒަކީ ވެސް މީގެ ކުރިން އިލެކްޝަންސް ކޮމިޝަންގައި އުޅުއްވި ބޭފުޅެކެވެ. އޭނާ މި ފަހުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ވެސް ކުރިމަތިލެއްވި އެވެ. އެކަމަކު މަޖިލީހުން އޭނާގެ ނަން ފާހެއް ނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުނިމާމަ
03 March 2020
އޮޅުވާލުމައް ފަރިތަ ވީމަ ރައީސް މީހާގަޔާވަނީ، އަކުރަމު މެން އުމުރައް އުޅެވޭވަރު ކޮއްގެން އެތިބީ
ރަދުން
03 March 2020
ވަރަށްސާފު ވެރިކަން ހޯދިގޮތް.
ދިއްދޫމީހާ
02 March 2020
ހަނީފާ އޭ؟؟ ޔާމީން އާ އިބޫއާ ހުރި ތަފާތުކޮބާ؟ ޖަވާބު ވަރަ ސާފު، ނަމުން ތަފާތު ކަމުން ހަމަ އެއްގޮތް
އަލީ އަލީ
02 March 2020
މެސީއަށް ރޭގެ ނުހެދުނު ހަމަ އެކައްޗެއްވެސް! ލިބުން އެތިވެސް ބޭރަށް ޖެހީ! މިހާރު މެސީވެސް ޕެނަލްޓީ އެކަނި ޖަހަންވީ!
އާދަމް ބާއީ
02 March 2020
މީވެސް ހުރިހާ ސަރުކާރަކަށް ފިޓު އުނގުރިއެއްދޯ.
ބައިއަތު
02 March 2020
އަކްރަމްކީ ކުރިންވެސް އެމްޑީޕީ އަށް އެއްބާރުލުން ދޭ މީހެއް މިހާރުވެސް ހަމަ
ބައިރަހާ
02 March 2020
ވަރަށް ކޮރޮޕްޓް މީހެއް. ތިމާގެ މީހުން ތަންތަނަށް ލައިގެން ފައިދާ ހޯދަންއުޅޭނީ. ދެން އަމިއްލަ ވިޔަފާރި ހިންގާނީ. މިމީސްމީހުންގެ ކޮރޮޕްޓްވާހަކަ އެމްޑީޕީން ކުރިން ދައްކަމުން ދިޔަ. މިހާރު ރަނގަޅު. މިހާރު ޔާމީނުވެސް އެމްޑީޕީއަށް ރަނގަޅުވާނެ.
ހުވާ
02 March 2020
ހުރިހާ މުއައްސަސާ ބަދަލުކުރާއިރު އީސީ ބަދަލު ނުކުރެވިގެން މިއުޅެނީ ކީއްވެބާ؟
ޢެމްއެމްއާރު
02 March 2020
ޢަކްރަމްއަކީ އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހުނުކަމުގެ ސާބިތުހެކި ހުރި މީހެއް. ޕޮލިސް ކީއްމިކުރީ މިހުރިހާދުވަހު..
އަރުވާލި އާދަނުގެ ސިޔާސީހާސަރު
02 March 2020
މަރުހަބާ
ޝާޑު
02 March 2020
ކޮން މަރުހަބާއެއްތަ މީނާ މިކިޔަނީ؟