މަނީ ލޯންޑްރިންގެ މައްސަލަތަކެއްގެ ތަހުގީގަށް މިދިޔަ މަހުގެ 27 ގައި ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރަނީ: ދައުވާކުރީ ތަހުގީގުގައި ސުވާލު ނުކުރާ ކުށަކަށް ކަމަށް މިއަދުގެ އަޑުއެހުމުގައި ޔާމީންގެ ވަކީލުން ވިދާޅުވި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
03 މާޗް 2020 - 13:52
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑްރިންގެ ކުށުގައި ދައުވާ ކުރިއިރު، އެ މަނިކުފާނުގެ މައްޗަށް އެކަމުގެ ތުހުމަތުކޮށް، ތަހުގީގުގައި އެއާ ގުޅޭ ސުވާލު ކޮށްފައި ނުވާ ކަމަށް ޔާމީންގެ ވަކީލުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން، ފަސް އަހަރަށް ޖަލަށްލުމަށާއިި އެ މަނިކުފާނު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި ވަނީ އިސްތިއުނާފަށް ހުށަހަޅުއްވައިފަ އެވެ.
އެ މައްސަލައިގައި ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ، ތަހުގީގުގައިި އެ މަނިކުފާނާ ސުވާލުކުރީ ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތުގައި ކަމަށާއި މަނީ ލޯންޑްރިންގެ ތުހުމަތުކޮށް، ސުވާލު ކޮށްފައި ނުވާ ކަމަށެވެ.
ޝިޔާޒް ވިދާޅުވި ގޮތުގައި، ދައުވާއެއް ކުރެވޭނީ ތަހުގީގެއް ކޮށްފައި އޮވެގެންނެވެ. އަދި، ތަހުގީގުގައި ސުވާލުކޮށް، ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި އޮންނަން ޖެހޭނެ ކަމަށް ބޭރުގެ ބައެއް ކޯޓުތަކުން ނިންމާފައިވާ ނިންމުންތައް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ޝިޔާޒް ވިދާޅުވީ ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން ހުށަހެޅުއްވީ ވެސް ޔާމީން އަމިއްލަފުޅަށް ކަމަށާއި އެކަމުން ވެސް އެ މަނިކުފާނުގެ އެއްވެސް ނުބައި ނިޔަތެއް ނެތް ކަން ހާމަވާ ކަމަށެވެ. އަދި އެސްކްރޯ އެކައުންޓަށް ޖަމާކުރީ އެސްއޯއެފުން ޖަމާކުރި ފައިސާ ނޫން އެހެން ފައިސާތަކެއް ކަމަށް ދައުލަތުން ބުންޏަސް، އެސްކްރޯ އެކައުންޓް ހެދިއިރު ވެސް އެ ފައިސާ ހުރީ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި ކަމަށް ޝިޔާޒް ވިދާޅުވި އެވެ.
ޝިޔާޒް ވިދާޅުވި ގޮތުގައި، އެސްއޯއެފުން އޭގެ ކުރިން ވެސް އެމްއެމްޕީއާރުސީއާ ދެމެދު ސައްހަ މުއާމަލާތްތައް ހިންގާފައިވާ ކަން ސިވިލް ކޯޓުގެ ހުކުމަކުން އެނގެ އެވެ. އަދި އެސްއޯއެފުން އޭގެ ކުރިން ވެސް އެކި މުއާމަލާތްތައް ހިންގަމުން ދިޔައިރު، ޔާމީންގެ އެކައުންޓަށް ޖަމާކުރީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއް ކަމަށް ޝައްކު ކުރެވޭނެ ހާލަތެއް އޭރަކު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރީ ދައުލަތުން ބުނާ ފަދައިން ގއ. ވޮޑަމުލާ ކުއްޔަށް ދިނުމުން ދައުލަތަށް ލިބެންޖެހޭ ފައިސާ ކަން ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށް ވެސް ޝިޔާޒް ވިދާޅުވި އެވެ. އަދި އޭސީސީގެ ތަހުގީގު ރިޕޯޓުގައި ވެސް އެކަން ފާހަގަ ކޮށްފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިޔާޒް ވިދާޅުވި ގޮތުގައި، އެސްއޯއެފުން އޭގެ ކުރިން ވެސް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާ ދެމެދު ސައްހަ މުއާމަލާތްތައް ހިންގާފައިވާ ކަން ސިވިލް ކޯޓުގެ ހުކުމަކުން އެނގެ އެވެ. އަދި އެސްއޯއެފުން އޭގެ ކުރިން ވެސް އެކި މުއާމަލާތްތައް ހިންގަމުން ދިޔައިރު، ޔާމީންގެ އެކައުންޓަށް ޖަމާކުރީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއް ކަމަށް ޝައްކު ކުރެވޭނެ ހާލަތެއް އޭރަކު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
މަނީ ލޯންޑްރިންގެ ގާނޫނުގައިވާ ގޮތުން އެފަދަ ކޮންމެ މުއާމަލާތެއް ވެސް ބޭންކްތަކުން ކުރިއަށް ގެންދަން ޖެހެނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓް (އެފްޔޫއޯ) ގެ ހުއްދަ ލިބިގެން ކަމަށް ޝިޔާޒް ވިދާޅުވި އެވެ. އެހެންވެ، އެސްއޯއެފުން ޖަމާކުރި ފައިސާ ވެސް ޔާމީންގެ އެކައުންޓަށް ޖަމާވީ އެގޮތުގެ މަތިން ހުއްދަ ލިބިގެން ކަމަށް ބަލަން ޖެހޭތީ އެއީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއް ކަމަށް ޝައްކު ކުރެވޭނެ ސަބަބެއް އޭރު ނެތް ކަމަށް ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިޔާޒް ވިދާޅުވި ގޮތުގައި ކުށްކުރި ވަގުތާއި އޭގެ ތަފްސީލު ދައުލަތުގެ ދައުވާގައި ބަޔާން ކުރަން ޖެހޭނެ ކަމަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނެފައިި އޮތަސް، ޔާމީންގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި އެމަނިކުފާނު މަނީ ލޯންޑްރިންގެ އަމަލު ހިންގި ކަމަށް ތުހުމަތު ކުރާ ވަގުތު ބަޔާން ކޮށްފައެއް ނެތެވެ.
އެ މައްސަލައިގެ ޝަރީއަތް، ދަށު ކޯޓުން ލައިވް ބްރޯޑްކާސްޓް ކޮށްގެން ގެންދިއުމުން ދައުލަތުގެ ހެކިވެރިންނަށް އަނެއް ހެކިވެރިން ހެކިބަސް ދޭ ގޮތް އެނގި، ވަކި ގޮތަކަށް ހެކިބަސް ދިނުމުގެ ފުރުސަތު ފަހިވި ކަމަށް ވެސް ޝިޔާޒް ވިދާޅުވި އެވެ. އަދި އެއް ދުވަހެއްގައި ހުރިހާ ހެކިވެރިންގެ ހެކިބަސް ނެގޭނެ އިންތިޒާމް ހަމަޖައްސައިދޭން އެދުމުން ވެސް އެ ފުރުސަތު ނުދިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ކަންކަން ފާހަގަކޮށް، ޝިޔާޒް އެދިވަޑައިގަތީ ޔާމީންގެ މައްޗަށް އިއްވި ހުކުމް ބާތިލްކޮށް ދިނުމަށެވެ.
އެ މައްސަލައިގައި ދެން އޮންނާނީ ދައުލަތުން ޖަވާބުދާރީވުމެވެ.
ޝިޔާޒް ވިދާޅުވި ގޮތުގައި ކުށްކުރި ވަގުތާއި އޭގެ ތަފްސީލު ދައުލަތުގެ ދައުވާގައި ބަޔާން ކުރަން ޖެހޭނެ ކަމަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނެފައިި އޮތަސް، ޔާމީންގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި އެމަނިކުފާނު މަނީ ލޯންޑްރިންގެ އަމަލު ހިންގި ކަމަށް ތުހުމަތު ކުރާ ވަގުތު ބަޔާން ކޮށްފައެއް ނެތެވެ.
ދެ ގަޑިއެއްހާ އިރަށް ދިގު ދެމިގެންދިޔަ މިއަދުގެ އަޑުއެހުން ނިންމައިލީ އިތުރު އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.
އެ މައްސަލަ ބައްލަވާ ބެންޗުގެ ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަޒީދެވެ.
އެ މައްސަލަ ހައި ކޯޓުން ނިމެންދެން ކަފާލާތުގެ ދަށުން ޔާމީން މިނިވަންކޮށް ދިނުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެދުނަސް، ހައި ކޯޓުން ކުރިން ނިންމާފައި އޮތީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިބަރު
04 March 2020
ޖަލަށްވަދެ ހޯ މް މިނިސްޓަރު ސުވާލު ކުރީ މަ އެއޮތީ ސުވާލު ކުރެވިފަ. ޢޮޅުވާލަން ނޫޅޭ
އަޙުމަދު.
04 March 2020
އަބްދުﷲ ޝިޔާޒޫ. ތިކަހަލަ ދެއުޅިއެއްނުވާމީހުން މީހުންގެ ޤާނޫނީ ވަކީލުންނަށް ވެގެން ނޫޅޭށެވެ. އެޝަރީއަތަކީ ލައިވްކޮށް ދެއްކި ޝާރީއަތަކަށް ވާތީ ފަނޑިޔާރު ދެއްކެވިވާހަކަވެސް އަދި ދިފާއުން ދެއްކިވާހަކަވެސް ވަރަށް ސާފު. ދައުލަތުން ދައުވާ ހުށަހެޅުމުން ސާފުވެއްޖެ ކަމަށް ވިދާޅެއް ނުވަމުތޯ ؟ ތިބޭފޫޅުން މަސައްކަތް ކުރެއްވީ އެފައިސާއަކީ ކެންޕޭނަނަށް ލިބިފަ ހުރި ފައިސާކަމަށް ހަދަން، ޚޮދުޔާމީނުވެސް ވާހަކަ ދެއްކެވީ އެގޮތަށް،
ހަމަބުއްދި
04 March 2020
ޔާމީނުގެ އެއްޗެއް ނޫން ވީމަ ވެރިކަމާ ބާރު އޮއްވަވެސް ޖަމާވި ޢަދަދު އަނބުރާ އޮތީ ސަރުކާރާ ހަވާލުކޮށްފައި. ދުނިޔޭގެ އެއްވެސް ތަނެއްގައި ފައިސާގެ މުޢާމަލާތުގައި ނުބަލާނެ ނޫޓުގެ ސީރިއަލް ނަންބަރެއް ފައިސާ ދޭއިރަކު. ފައިސާގެ އަދަދު ދިނީމަ ނިމުނީ.
އެމްޑީޕީމީހާ
04 March 2020
މިވާ ގޮތުން ޔާމިންގެ ތާއީދު ދަނީ އިތުރުވަމުން.
މަންޑޭލާ
04 March 2020
ރައިސް ޔާމިންގެ އެކަންޓަށް ލާރިލީ ކުންފުނި ކުއްވެރިނުވެ ރޔާމިން ކުއްވެރި މިވަނީ. މީ ކިހިނެށް ވާކަމޭއްތަ. މީ އިންސާފުތަ ނޫނީ ސަމާސާތަ؟
ޝޮކްތެރަޕީ
04 March 2020
އަފްރަޝީމުގެ މަސްސަލަ ބަލާވަރަކަށް ބެދެނީ އެމްޑީޕީ މީހުން. އެހެންވެ މަސްސަލަ އޮބްބާލީ.
އަހުމަދުކަލޯ
04 March 2020
ދޮންކަލޯ. މިސަރުކާރުން ގައްދޫކުދިން އެކަނި މިހާރުކާލިވަރުވެސް ގިނަވާނެ މުޅި ޔާމީން ސަރުކާރުގެ 5 އަހަރުކެއިއަދަދަށްވުރެ
ޥަސް
04 March 2020
ދެންފަހެ ތަޙްޤީޤު ކުރި ކުދިންނަށް އެއްސުވާލު މަދުން ކުރެވިފައިވާތީ، މިއީ ނުހިނގާ މަނީލޯންޑްރިންގެ އަމަލެއް ކަމަށް ނިންމައި ހުކުމް ކުރީމެވެ.
އުޅިވާނު
03 March 2020
ދެން ބުނޭ ވައްކަން ކުރިކަމަށް އެއްބަހޭ! އަކަމަކު އަދަބު ލިބޭނެ ވާހަކަ ޖިނާއީ އިޖްރާއަތުގައި ނޭތޭ ތަހުޤީގުގައި ސީދާ ވައްކަން މިލަފްޒް ނައިސް، ކިހާ ބޮޑު ވެެެއްޖެ ކަމެއް؟
ބޯބުރާންތި
03 March 2020
ދައުވާ ސާފެއް ނުވޭ.