12 މާޗް 2020 - 15:47
އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސް ކުރުމާ ގުޅޭގޮތުން މިރޭ ގޮތެއް ނިންމުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
ކޮވިޑް-19 އަށް 8 މީހަކު ރާއްޖޭން ޕޮޒިޓިވް ވެފައިވާއިރު ސިއްހީ ތަޖުރިބާކާރުންނާއި ބައެއް އާއްމުންވެސް އަންނަނީ އިންތިޚާބު ފަސް ކުރުމަށް ގޮވާލަމުންނެވެ. އަދި އިންތިޚާބު ބޭއްވިޔަސް ވޯޓް ލާން ނުދާނެ ކަމަށްވެސް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.
އީސީގެ މެމްބަރު އަހުމަދު އަކުރަމް މިއަދު ވިދާޅުވީ ހާލަތު ރަނގަޅަށް އޮޅުންފިލުވުމަށް ފަހު އިންތިޚާބާ ގުޅޭގޮތުން އީސީން މިރޭ ގޮތެއް ނިންމާނެ ކަމަށެވެ.
"ރައްޔިތުންގެ ކަންބޮޑުވުންތައް އަޅުގަނޑުމެން އަބަދުވެސް އަޑު އަހާނެ،" އަކްރަމް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
Rayyithunge kanboduvunthah alhugandumen abadhuves aduahaane, IA haalathu rangalhah olhunfiluvumahfahu Inthihaabaa gulhey gothun EC in nimmaagotheh mirey haamakohdheynan. Gaanoonuga bunaa muhdhathah vuren inthihaabu faskurumee EC ah libigen vaa baareh noon.
— Ahmed Akram (@akram4535) March 12, 2020
އަކްރަމް ކުރެއްވި ޓްވީޓް--
އީސީގެ ރައީސް އަހުމަދު ޝަރީފް އިއްޔެ ވިދާޅުވީ އިންތިޚާބު ފަސް ކުރުމުގެ ވިސްނުމެއް އެހާތަނަށް އެކޮމިޝަނުން ނުގެންގުޅޭ ކަމަށެވެ. އަދި އިންތިޚާބު ފަސްކޮށްފި ނަމަ ދެން އިންތިޚާބު ބޭއްވުމަށް 30 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
ގާނޫނު ބުނާގޮތުން މިހާރު ހިނގަމުންދާ ކައުންސިލްގެ މުއްދަތު ހަމަވުމުގެ އެއް މަސް ކުރިން އާ ކައުންސިލަރުން އިންތިޚާބު ކުރަން ޖެހެ އެވެ. އެހެންކަމުން އިންތިޚާބު ބޭއްވުމުގެ އެންމެ ފަހުގެ ތާރީހަކީ މޭމަހުގެ 3 ވަނަ ދުވަހެވެ. އެއަށްވުރެ ފަސް ވާނަމަ ހައި ކޯޓުގެ ލަފާ ހޯދަން ޖެހޭނެ އެވެ.
ނަމަވެސް އިންތިޚާބު ފަސް ކުރުމަކީ ރާއްޖެއަށް އާ ކަމެއް ނޫނެވެ. އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުވެސް ވަނީ ގާނޫނު ބުނާ މުއްދަތައްވުރެ ފަސްކޮށްފަ އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި މިދުވަސްވަރު ގިނަ މީހުން އެއްވެ ނޫޅުމަށް ސިއްހީ ތަޖުރިބާކާރުން ލަފާ ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހުދީ
12 March 2020
އިންތިޚާބު 18 އަށްވުރެ ގަސް ނުކޮށް ބާއްވަންވީ މަގުމަތީ ކާނުތައްސާފެއް ނުކުރޭ ހަމައެކަނި އެޗްޕީއޭއިން އެސްއެމް އެސް ކުރުމުގެ ބަދަލްގައި ސާފުތާހިރުކުރުން އަމަލީގޮރުން ކިރިޔަށް ގެންދަންފަށާ ހޮޓާތައް ޗެކްކޮށް މާރުކޭޓަތައްވެސް ޗެކެއް ނުކުރޭ އެކޮނޮމީ މިނިސްޓަރީން ނުބަލާ ކަާދުގެ އަގު ހަމަ އަގުގަ ވިއްކއިތޯވެސް
ކުރޮޅި ކަތީބު
12 March 2020
މަގުތީގާ ދުއްވާ ވެހިކަލް ތަކުގަ 15ދުވަސް ވަންދެން އިސްޓިކާ ތަޅާލީމަ ތިރީސްމިލިޔަން ރުފިޔާ ލިބޭކައް މާއުންދަ ގުލެއް ނުވާނެ