ރަށެއްގެ އަތިރިމަތިން ދެ ޓޫރިސްޓަކު ހިނގާފައި ދަނީ: ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން ބައެއް ކައުންސިލްތަކުން ވަނީ ގެސްޓުން ނުގެންނަން ނިންމާފައި.-
16 މާޗް 2020 - 12:14
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ރަށްރަށަށް އަރައި ފޭބުން ކައުންސިލްތަކަށް މަނާ ނުކުރެވޭނެ ކަމަށް ލޯކަލް ކައުންސިލް އޮތޯރިޓީ (އެލްޖީއޭ) އިން އިއްޔެ ބުނެފި އެވެ.
އެލްޖީއޭ އިން ނެރުނު ބަޔާނުގައި ބުނީ، ރަށްރަށަށް މީހުން އަރައި ފޭބުން ކައުންސިލްތަކުން މަނާކުރާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އެހެންވެ އެގޮތަށް އެކަންތައް ނުކުރަން ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ވަނީ އަންގައިފަ އެވެ.
ރާއްޖެއިން ފުރައިގެން ދިއުމާއި ރާއްޖެއިން އެނބުރި އައުމާއި ރާއްޖޭގައި ހުރުމާއި ރާއްޖޭގެ އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަމަކީ ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގަކަށް ވީހިނދު، އެ ހައްގު ނުވަތަ މިނިވަންކަމުގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް ބުނެފައި ވެ އެވެ. ދަތުރުކުރުން ހުއްޓުވުމާއި ކޮންޓްރޯލްކުރުން ނުވަތަ އެފަދައިން ދަތުރުކުރުމުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަކީ އާއްމު ސިއްހަތު ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަސްއޫލިއްޔަތެކެވެ.
"ވީމާ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ނިންމުންތައް ނިންމުމަށް ގާނޫނީގޮތުން ބާރު ލިބިދީފައިވާ ފަރާތުން، އެއްވެސް ރަށަކަށް މީހުން އަރައި ފޭބުން މަނާކުރުން ފަދަ އެއްވެސް ނިންމުމެއް ނުނިންމާހާ ހިނދަކު، ކައުންސިލްތަކުން އަމިއްލަފުޅަށް އެފަދަ ނިންމުންތައް ނުނިންމެމުމަށް ދަންނަވަމެވެ،" ބަޔާނުގައި ބުންޏެވެ.
ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރާ ބައެއް ރަށްތަކުން ވަނީ، ވަގުތީގޮތުން ޓޫރިސްޓުން ނުގެންނަން ނިންމައިފަ އެވެ. އެހެންވެ އެކަމާ ގުޅޭ ގަރާރެއް ފާސްކޮށް، ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި އެއްވެސް ބޭނުމެއްގައި ރަށްރަށަށް ގެސްޓުން ގެނައުމަކީ މަނާކަމެއްގެ ގޮތުގައި އެ ރަށްރަށުގެ ކައުންސިލްތަކުން ކަނޑައަޅާފައި ވެ އެވެ.
ކޮވިޑް-19 އަކީ ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅުމުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕަބްލިކް ހެލްތު އެމަޖެންސީ އިއުލާނުކޮށްފަ އެވެ.
އެއާއެކު، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން، ރިސޯޓްތަކުން ރަށްރަށަށް ދަތުރުކުރުން މިދިޔަ ހޯމަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް މަނާކޮށްފައި ވެ އެވެ.
ޗައިނާގައި ފެތުރި 157 ގައުމަށް ފެތުރިފައިވާ ކޮވިޑް-19 ބަލީގެ 13 މީހަކު ރާއްޖެއިން ވެސް ފެނިފައި ވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޓޫރިސްޓުންނާއި ބިދޭސީ މަސައްކަތްތެރިންނެވެ. ދުނިޔޭގެ އެކި ގައުމުތަކުން 169،610 މީހަކަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން 77،776 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. މަރުވެފައިވާ މީހުންގެ އަދަދު އުޅެނީ 6،518 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަކްމެޑް
16 March 2020
ކުރެވޭނެ. އަޅެ ރަށަށް ނޭރުވީމަ ނޭރޭނެއްނު؟
ނަކް
17 March 2020
ޤާނޫނު އަސާސީގެ ބާރު ކަނޑު ވާލިކަމުގެ ކުށުގެ ދަޢުވާއަށް ފޭސްކުރަން ރެޑީއާ އޯކޭ
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
16 March 2020
ކީހާ ޅެން ފަރިއްސަށް. ޙަލޯ އެލްޖީއޭ މަމެން ރަށަށް ރަންނަމާރި އެރުން މަނާކުރުމުގެ ހުއްދަ ދެއްވަފާނުތޯ
ތިޔަ އަސާސީ
16 March 2020
ތިޔަ ބުނާ އަސާސީގައި އޮވޭ ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތްވެސް ރާއްޖޭގެ ހުރިހާ ރައްޔަތުންނަށް ދޭންޖެހޭނެ ވާހަކަ. އަދި ތަފާތު ކުރުމެއްނެތި ހިދުމަތް ދޭންވާނެ ކަމަށް. އެކަމަކު މާލޭ މީހުން ޙާއްސަވަނީ ކޮން އަސާސެއްގެ ތެރއިން ؟؟
ކަލޯ 2018
16 March 2020
ޖެހުނީ ކަންތަކާ ހީވާކަހަލަ މިވެވެނީ މިނިވަން ދައުލަތަކަށޭ! ބަލަ މިފަދަ ދަނޑިވަޅުތަކުގައި އެއްބައިވެ އެކަކު އަނެކުންނައް އޯގާތެރިވެ މާތްﷲ ގެ ހަޒުރަތުގާ ދުއާދަންނަވަބަލަ!
ހާލަތުނ
16 March 2020
މިހާރު ކަންކަން އޮތް ހާލަތުގައި ރަށްރަށަށް މީހުން އަރާ ފޭބުން އެބަ ގާތުން މޮނިޓަރކުރެވެންޖެހޭނޫންބާ؟ ކައުންސިލުން ސީދާ މަނާނުކުރިއަސް އެރަށަކަށް އަރާ މީހުން ތަންކޮޅެއް ރަގަޅަށް ބެލޭނެ އިންތިޒާމެއް އެބަ އޮންނަންޖެހޭ ނޫންބާ؟ ސަފާރީގެ މީހުންގެ ކަންކަން އެދިޔަ ގޮތުން ޒިންމާވާނެ ބަޔަކު ކަނޑައެޅެންއެބަޖެހޭ ރަށުން ބޭރުން އަރާ ބައެއްގެ ފަރާތުން ރަށު ރައްޔިތުންނަށް ވައިރަސް އަރައިފިނަމަ.
އަހައްމާ
16 March 2020
ދެން ކޮން ބަޔަކަށޯ އެކަން އެންގެނީ؟ ބޯ ހަލާކު މިވެރިންގެ ދެފުށް ދެ ގޮތް ކަމުން
އަސާސީހައްޤުތަކާމިނިވަންކަން
16 March 2020
އެއީ އަސާސީ ހައްޤެއް ޤާނޫނު އަސާސީ ކަށަވަރުކޮށްދޭ.. އަސާސީ ހައްޤެއް ހަނި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާޤާނޫނަކުން ލިބޭ ބާރެއްގެ ދަށުން.. ހެލްތު އިމަޖެންސީގަ އެ ބާރު އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ޤާނޫނު 34 ވަނަ މާއްދާގެ (ރ)ގެ ދަށުން ލިބެނީ ހަމައެކަނި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތައް. ރައީސުލްޖުމްހޫރިއްޔާއަށް ވެސް ސީދާ ގޮތެއްގަ އެބާރެއް ނޯވޭ މިހާލަތުގަ ވެސް.. ދެން ކުޑަ ކައުންސިލަކަށް ކިހިނެތް އެބާރު ލިބެނީ؟؟
އަސާސި ހައްގު ކޮބާ
16 March 2020
އަމިލަޔަށް ރައްކާތެރިވާން އުޅުނަސް ސަލާމަތެނެ؟ ތިރައްތަކަށް ފެތުރިޖިޔާ ދިވެހި ދައުލަތުަގައި އެބަހުރިތަށް ތިރަށްތަކަށް ސިއްހި ހިދުމަށް ދޭނެ ވަސީލަށްތައް؟ ފެނުމުގެ ކުރިން އެރަށުގެ ކްއުންސިލަށް ކުރެވޭނެ ކަމެއްނެ. ފެނިޖީޔާ ރަށްތަށް ކަރަންޓިނު ކުރާނީ ރަށުގެ ރައްޔަތުންނައި ކައުންސިލާ އެއްކޮށް. ދެން އަސާސި ހައްގު ބާބުގެ ދަށުން ކަށަވަރު ވަނީ
ހަކީމްބެ
16 March 2020
ހައް ހައް ހައް! އަމިއްލަ އަށް ތިއޮތް ފަޟީހަތް ވަނީ. މިހާރު މި އެގުނީނު ލާމަރުކަޒީ އޭ ކިޔާފަ ކެމްޕެއިން ކޮށްފަ މި ދައްކަނީ ހުސް ފޭކު ދަޅަކަން. ކައުންސިލް ބާރު ދީފިއްޔާ ޔާމީނު ނުވާނެ އެއްޗެކަށް! އަދިވެސް ލާމަރުކަޒީއޭ މިވެރިން ކޮޔާ އިރަށް ރައްޔިތުން ނަށާތި!
މީމް
16 March 2020
ލާމަރުކަޒީއަކީ ކޯއްޗެއްކަން ފުރަތަމަ ކޮއްކޮ ދަސްކޮށްބަލަ. ލާމަރުކަޒީއަކީ ޤާނޫނު އަސާސީ ކަށަވަރުކޮށްދޭ އަސާސީ ހައްޤެއް ޤާނޫނަކުން ސީދާ ބާރު ނުލިބި ހަނި ކުރުމުގެ ބާރު ކައުންސިލުތަކަށް ލިބުންކަމަށް ވަންޏާ އެއީ ލާމަރުކަޒީވުމެއް ނޫން އެހެން ކޮންމެވެސް އެއްޗެއް.ލާމަރުކަޒީ ޤާނޫނުގެ ކޮން މާއްދާއަކުން ތޯ ދަތުރު ފަތުރު ކުރުމުގެ މިނިވަންކަން ނޫނީ އެހެންވެސް އަސާސީ ހައްޤެއް ހިފަހަށްޓާ ނޫނީ ހަނިކުރުމުގެ ބާރު ކައުންސިލްތަކަށް ދީފަ އޮތީ؟އެ މާއދާއެއް ދައްކަބަލަ
ޒަރީރުއާ
16 March 2020
މިހާރު ދެން ތިޔަ ސިޔާސީ މީހުން މި އުޅެނީ ރައްޔިތުން ލައްވާ އައުގުރާން ގިއްވަންތަ؟ އެއްދުވަހު ލާމަރުކަޒީ އޮންނަންވާނެ އޭ ހިތުހުރި މިންވަރަކަށް ކިޔައި ވަކާލާތުކޮށް ކެމްޕެއިން ކޮށްފަ މިކިޔަނީ މިހާރު ރަޑޭ ރަޑޭ އޭ ތަ؟
އަސްލުހާލަތު
16 March 2020
ދެން ލާމަކަޒީވުމަކީ ރަށުގަ ތިބި ދެމަފިރިން ޒުވާބު ކުރާތީ އެދެމީހުން ވަރިވެފަ ތިބި ކަމަށް ކައުންސިލަށް ނިންމޭވަރަށް ބާރު ދިނުންތަ؟އެޒާތު ނިންމެއް ނިންމީމަ އެލްޖީއޭއިން އެއީ ކީޓުން ނިންނަން ޖެހޭ ކަމެކޭ ކައުންސިލަކަށް ނުނިންމޭނެއޭ ބުނީމަ ކަލޭމެން ބުނާނެ ތިޔައީހޭ ލާމަރުކަޒީ ކުރުމަކީ ނޫނީ ބާރު ދިނުމަކީ.މިއީ ސިއްޚީ ކާރިސާއެއް. ސިއްޚީ ކުއްލި ހާލަތުގަ ކަން ނިންމުމުގެ ބާރު ޤާނޫނުން ދެނީ ޕަބްލިކް ހެލްތުހެ ޑީޖީއަށް ރައީސުލްޖުމްހޫރިއްޔާއަށް ވެސް ނޯވޭ އެބާރު
ސުލީޕު
16 March 2020
މިއީ ލާމަރުކަޒީ ވައުދެއް އެކަން ކުރެވެން ޖެހޭނެ
މަލެދަލަ
16 March 2020
އެލް.ޖި އަކަށް ނެގޭނެ އަހަރެމެން އަރަންވީ މީހުންނާއި ނާރަންވީ މީހުން ކަލޭމޭން ވޯޓް ދީގެން ހޮވާފައި ތިބި ބައެއް ނުން އެތާ ތިބީ. ހޭބަލި ވިޔަސް ބޮޑުވަރު
ހާލަތު.
16 March 2020
ހޭބަލި ތިވަނީ ކަލޭ ކަލޭ.. ކަލެއަށް ޤާނޫނެއް ޤަވާއިދެއް ނޭނގެނީ.. ވޯޓު ލައިގެން ހޮވީމަ އޭގެ މާނައަކީ ޤާނޫނަކުން ސީދާ ބާރު ނުލިބި ޤާނޫނު އަސާސީ ކަށަވަރުކޮށްދޭ އަސާސީ ހައްޤުތައް (ދަތުރުފަތުރު ކުރުނއ ކަހަލަ) ހިފެހެއްޓުމުގެ ބާރު ކައުންސިލްތަކަށް ލިބުމެއް ނޫން.. މިހާލަތުގަ އެފަ ހައްޤެއް ހަނިކުރުމުގެ ބާރު ޤާނޫނުން ދީފަ އޮތީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް.. އެހެންވީމަ މާދަމާ ތި ކައުންސިލު މަނާ ކުރަންވީ ކައިވެނި ކުރުމާ ވަރި ކުރުންވެސް..