މާލެ: ޖެނުއަރީ 31، 2020: ނުރައްކާތެރި ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނުމާ ގުޅިގެން، ރައްކާތެރިވުމުގެ ގޮތުން ބަޔަކު ބޭސް ފިހާރައަކުން މާސްކު ގަންނަނީ.--- ފޮޓޯ: ނިޝާން އަލީ/މިހާރު
18 މާޗް 2020 - 14:47
ކޮވިޑް 19 އާ ގުޅިގެން ބަލި ހާލު ވަރަށް ބޮޑުވި އިޓަލީ ޓޫރިސްޓުގެ ހާލު މިހާރު ރަނގަޅު ކަމަށް ނެޝެނަލް އިމަޖެންސީ ސެންޓަރުން މިއަދު ބުނެފި އެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަޒީޒު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި އޮތް، ކޮވިޑަށް ޕޮޒިޓިވް މީހާގެ ހާލު ރަނގަޅު ކަމަށެވެ. އޭނާ ފުރަތަމަ ގެންދިޔައީ ފަރުކޮޅުފުއްޓަށެވެ. އަދި އޭގެ ފަހުން ހާލު ބޮޑުވެގެން ޑޮކްޓަރުންގެ ލަފައާ އެކު ދަރުމަވަންތަ ހޮސްޕިޓަލުގެ ހާއްސަ އައިސީޔޫއަކަށް ބަދަލުކުރީ އެވެ.
އޭނާގެ ހާލާ ބެހޭ ގޮތުން ސަރުކާރުން ކުރިން ބުނެފައި ވަނީ ހާލު ވަރަށް ގޯސްވެގެން އޭނާ އަށް އޮކްސިޖަން ދޭން ޖެހޭ ވަރަށް ވުރެ އިތުރަށް ވެސް އޮކްސިޖަން ދޭނެ ޖެހުނު ކަމަށެވެ. އެކަމަކު މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.
މަބްރޫކް ވިދާޅުވީ އޭނާގެ އިތުރުން ދެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނީ އޭނާގެ އަންހެނުންނާއި އެހެން ބިދޭސީ އެހެން ދެމަފިރިއެއް ކަމަށެވެ. އޭގެ ތެރެއިން އެންމެ ހާލުބޮޑުވި މީހާގެ އަންހެނުން އެޑްމިޓްކޮށްފައި ވަނީ އޭނާގެ ފިރިމީހާ އެޑްމިޓްކޮށްފައިވާތީ ކަމަށް ވިދާޅުވި އެވެ.
"ފަހުން އެޑްމިޓްކުރި ދެމަފިރިން އެއީ ރެސްޕިރޭޓަރީ މައްސަލައެއްގައި އެޑްމިޓްކުރި ދެ މީހުން. އެހެންވެ އަޅުގަނޑުމެން އެ މީހުންގެ ސާމްޕަލް ވެސް ނަގައިގެން ޑަބަލްކޮށް ސްކްރީން ކުރި އިރު ވެސް ނެގެޓިވް. އެހެންވެ، މިހާރު އެ މީހުން އެޑްމިޓްކޮށްފައި ތިބީ ރެސްޕިރޭޓަރީ ފަރުވާ ހޯދަން،" މަބްރޫކްް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާަައއއއއ
18 March 2020
އަލްހަ މްދުލިﷲ
ރަބަރު
18 March 2020
الحمد لله އިރާދަކުރެއްވިއްޔާ މިގައުމުން އަދި މުޅިދުނިޔެއިންވެސް އެންމެނަށް ޝިފާލިބި މިބަލި ވަރަށް އަވަހަށް ނެތޭނެ.