ކޮވޑް-19އަށް ފަރުވާ ދެ ޑޮކްޓަރަކު ބައްދާލަނީ: މިއީ ޑޮކްޓަރުންނަށް އިންތިހާއަށް އުނދަގޫ ދުވަސްވަރެއް
24 މާޗް 2020 - 18:18
ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވެސް ހަލުއި ކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ކުރިން ހީކުރެވުނު ނަމަވެސް ކުޑަކުދިންނަށް ވެސް އެ ބަލި ޖެހެމުންދާ ކަމަށް، ބަލި އެންމެ ބޮޑަށް ގޯސްފައިވާ އިޓަލީގެ ޑޮކްޓަރުން ބުނެފި އެވެ.
ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރި، ގިނަ ބަޔަކު މަރުވަމުންދާ އިޓަލީގެ އުތުރުގައި އޮންނަ ރޮވީގޯގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރައްވާ ދިވެހި ޑޮކްޓަރު "މިހާރު" އަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ކުޑަކުދިންނަށް އެ ބަލި ޖެހޭ މިންވަރު އިތުރުވެފައިވާކަން ފާހަގަ ކުރެވިފައިވާ މިއީ ކުރިން ނުފެންނަ މަންޒަރެއް ކަމަށެވެ.
ޑޮކްޓަރު ލަފާ ކުރެއްވި ގޮތުން ކުޑަކުދިންނަށް މި ބަލި އަރާފައިވަނީ ލޮކްޑައުންކޮށްފައިވާ އެ ގައުމުގައި، ބޭރުތެރެއަށް ނިކުމެ އުޅެނިކޮށް އިންފެކްޓްވި މައިންބަފައިންގެ ފަރާތުންނެވެ.
"ރޭގައި އަޅުގަނޑުގެ ޝިފްޓްގައި ވެސް ގެނައި ހާލު ބޮޑުވެފައިވާ ތިން އަހަރުގެ ކުއްޖަކާއި ނުވަ އަހަރުގެ ކުއްޖެއް. މިއީ ހިތްހަލާކުވާ ވަރުގެ މަންޒަރެއް،" ކުޑަކުދިންނަށް އިމަޖެންސީ ފަރުވާ ދިނުމަށް ވެސް މަސައްކަތް ކުރެއްވި ޑޮކްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަލި ޖެހޭ ކުޑަކުދިންގެ ފަރާތުން، ބޮޑެތި މީހުންގެ ފަރާތުން ނުފެންނަ ފަދަ އަލާމާތްތަކެއް ފެންނަ ކަމަށެވެ. އެގޮތުން ކުޑަކުދިންގެ ނާރަށް މައްސަލަ ދިމާވާ ކަމަށާއި ހިނގާފައި ދާއިރު ބެލެންސް ގެއްލުމާއި ވެއްޓޭއިރު ވެސް އެ ކުއްޖާ އަށް ނޭނގޭ ކަމަށް ވިދާޅުވި އެވެ.
"މިހެން ދިމާވާ ސަބަބު އަދި އަޅުގަނޑުމެންނަކަށް ވެސް ނޭނގޭ. އެކަން ޖެހޭނީ ސްޓަޑީކޮށްގެން ހޯދަން،" ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާ ދެމުން އަންނަ ޑޮކްޓަރު ވިދާޅުވި އެވެ.
ކުޑަކުދިންނަށް މި ބަލީގެ ނުރައްކާ ބޮޑުވަމުން ދާތީ، އެ ކުދިން އުރައި ގެންގުޅުމުގައި ފަރުވާ ތެރިވުމަށާއި ގިނަގިނައިން އަތް ދޮވުމަށް އޭނާ ހަނދާންކޮށްދެއްވި އެވެ.
ކޮވިޑް-19ގެ ބިރުވެރިކަން އެންމެ ބޮޑީ ހަށިގަނޑުގެ ދިފާއީ ނިޒާމު ދަށް މީހުންނަށެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނާއި އެކި ކަހަލަ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނާއި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ހިމެނެ އެވެ.
މި ބަލި އެންމެ ބޮޑުވެފައިވާ އިޓަލީގައި މިހާރު ދުވާލެއްގެ މައްޗަށް 700-800 މަރުވެ، އެތައް ހާސް ބަޔަކަށް ބަލި ޖެހެ އެވެ. އެހެންވެ، ސަރުކާރުން އަންގާ އެންގުންތަކަށް ބޯލަނބައިގެން، ގެއިން ބޭރަށް ނުނިކުމެ ތިބުމަށް އެ ގައުމުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީރާޖާ
25 March 2020
އެތައް ހާހެއްގެ ތެރެއިން ތިހެން ފެންނަ މަދު ކޭސްއެއް އެއީ އަދި ކުޑަކުދިންނަށް ނުރައްކާ ބޮޑުވަނީ ކަމުގައި ބުނުމަކީ ރަގަޅު ކަމެއް ނޫން. ޗައިނާގެ ތަފާސްހިސާބު އެއޮތީ އާންމުކޮށްފައި. މި ބަލި ޖެހިގެން 9 އަހަރުން ދަށުގެ އެންމެ ކުއްޖަކުވެސް މަރުވެފައެއް ނެތް. ކުޑަކުދިންނަށްވެސް ޖެހޭ. ނަމަވެސް އެމީހުންނަށް މިއީ އާދައިގެ އަރިދަފުސް ރޯގާއަކާ އެއްވަަރު. ފަސޭހަވެގެންދޭ. އަދި ކުދިންގެ ސިމްޕްޓަމްސް އެހާ ދަށްވީމާ އެމީހުން އެހެން މީހުނަށް ބަލި ނުވެސް ޖައްސާ.
ޙަބީބު
25 March 2020
ބަނގުރާ ބޯމީހުންނައް މިބަލިޖެހޭވަރު ގިނަކަ މައް މިފެންނަނީ އޭގެ މާނަޔަކީ މުސްލި މުން ރައްކާތެރިވެ ނުތިބޭށެކޭ ނޫން އަލިފާން ގަނޑެއްރޯކޮއް ބިސް މިންކިޔާފަ ފުންމާލައިގެން ނުވާނެ
ސަޕޯޓް
26 March 2020
ބަނގުރަލަކީ ވަރަށް ގިނަ ބަލިތަައް ހުޅުވައިލެވޭ ދޮރާއްޓެއް
ރީތި މޫސަ
25 March 2020
ޔާﷲ މިބަލި ދުނިޔެއިން ނެތިކުރަށްވާފާދޭވެ. އާމީން
.....
24 March 2020
ވަރަށް ވަރަށް ދެރަ. އީރާން އާއި އިޓަލީގައި ފެތުރެނީ ކޮވިޑްގެ އެހެން ވާރޝަންއެއްދޯ.
ވައިރަސް
24 March 2020
މިއުޓޭޓްވަނީ ވައިރސް. ގޯހުން ގޯހަށް ދަނީ. ކޮންޓްރޮލް ކިރެވުނު ނަމަ މިހެން ވުމުގެ ޗާނސް ކުޑަވީސް.
ނާޝް
24 March 2020
9 އަހަރު ކުދިންނާ 3 އަހަރުގެ ކުދިންނަކީވެސް ކުޑަ ކުދިން. އެއްވެސް އުމުރެއްގެ ބަޔަކު ބޭރަށް ނުނިކުމެ ތިބެން އެންގީމަ ހަމަ އުޒުރު އެބަހޯދަ. ދުވަހެއް ދުވަހަކަށް މީގެ ނުރައްކާ ބޮޑުވަމުން މިދަނީ. ފަސޭހަކޮށް ނުނަގަބަލަ މިކަން.
ސުދާ
24 March 2020
އިޓަލީ މީހުން ބަލިވީ މީހުން ގެޔަށް ފޮނުވީޔޯ. އެމެރިކާ މީހުން އުޅެނީ ޓެސްޓްކުރަން ޚަރަދު ކުރާނެ ލާރިއެއް ނެތިގެން. އަހަރުމެން ރާއްޖޭގަ ކިރިޔާ ހުންއަޔަސް ހުރިހާ ޓެސްޓެއް ހިލޭ. ދިވެހި ރާއްޖެ ނޫނީ މިފަދަ ކަމަކަށް ތައްޔާރު ވެފަ އޮތް ގައުމެއް ނުފެނޭ. އެކަހެރި ރަށްތަކެއް ހުރުމާއި އެކު މިބަލި ކޮންޓްރޯލް ކުރާކަށް އުނދަގުލެއް ނުވާނެ. ދެން ބޯޑަރު ބަންދު ކުރީމާ އިގްތިސާދީ ގޮތުން ދުވަސްކޮޅަކަށް ގެއްލުންވާނެ. އެހެނަސް އެކަން ކުރަން ފެނޭ. ޕެނިކްވާކަށް ނުޖެހޭ
ފަހުދު
24 March 2020
މިއީ ހާދަހައި މީހުންނައް ބިރުދައްކަން އުޅޭޑަކްޓަރެކޭ ދޯ!
ސާބަސް123
24 March 2020
ޑޮކްޓަރު ބިރު ދައްކަން އުޅެނީކީ ނޫން. ޑޮކްޓަރަށް މަންޒަރުތައް ފެންނަނީ. އޭގެ ނުރައްކަލާ ވޭން އިނގެނީ. އެ ވާހަކަތައް އަޑުއަހާ އަމަލުކޮށްބަލަ. ހެޔޮ ނުވާނެ. ކިބުރުވެރިކަމާ ބޮޑާ ކަމުގައި އިންތިހާ. ސާބަހޭ
ގަޓް ބްރޯ
24 March 2020
އެއްވެސް ބައްޔެއްގެ ނުރައްކާ ވަކި ކުޑައެއްނޫން. ޗައިނާއިން ފެށުނު ކޮވިޑް19 ގެ ނުރައްކަލުން ސަލާމަތްނުވެވިގެން އުޅެނިކޮށް އަނެއްކާ އަނެއް ވައިރަހާ ޗައިނާ އަށް އެވަނީ ކުރިމަތިވެފަ. މިއަދު ޗައިނާގެ ޔުނާން ޕްރޮވިންސް އިން މަރުވިމީހެއް ވަނީ ހަންޓާވައިރަހަށް ޕޮޒިޓިވްވެފަ. އޭނާ އާއެކު ބަހުގަ ދަތުރުކުރި 32 މީހުން އެދަނީ މިހާރު ބަލިހުރިތޯ ޓެސްޓްކުރަމުން. މިވައިސް ޖެހުނީމަވެސް ފުރަތަމަކޮޅު ފެންނަނީ ކޮވިޑް19 އާ ދާދި އެއް ކަހަލަ އަލާމާތްތަކެއް.
ޝާމް
24 March 2020
ދިވެހިރާއްޖޭގައި ކުޑަކުދިން އެއްވާ ހުރިހާ ތަނެއް ކުރިއަށް އޮތް 1 މަސް ދުވަހަށް ބަންދުކުރަންފެނޭ.
ރަދީފްް
24 March 2020
ދިވެއްސަކު ނެތޭ ޕޮޒިޓިވްވެފަކާ.
ރަދީފްް
24 March 2020
ތުއްތުކުދިން.
މުމުމުމމމނޫކުލަ
24 March 2020
އަޅެ މަގޭ އަންހެނުންނައްވެސް ވިސްނޭނެ ނަ މަ ކިހާރަނގަޅު ދޯ. މިކަން މިކަ މުގެ ސީރިއަސްކަން ހަ މަ ނުވިސްނެނީ ދިވެހިންނައް.
ޖުލައި
24 March 2020
އެހެންާނެ ޑްރާމާ ވިއްޔާ ބަލަނީ