އުމުރުން ދުވަސްވީ މީހެއް: ވީހާ ވެސް ގިނަ ބަޔަކު ރަޖިސްޓްރީވާން ޖެންޑާ މިނިސްޓްރީން އެދުނު ފޮޓޯ: ހުސައިން ވަހީދު/ މިހާރު
25 މާޗް 2020 - 08:18
ދުނިޔޭގައި މި ވަގުތު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އިން އެންމެ ބޮޑަށް އަސަރު ކުރަނީ ދުވަސްވީ މީހުން ކަމަށް ވާތީ، އުމުރުން 65 އަހަރަށް ވުރެ މަތީގެ މީހުން ރަޖިސްޓްރީ ވާން ޖެންޑާ މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.
މިނިސްޓްރީން ބުނީ އެތަނުން މަސައްކަތް ކުރަމުން އަންނަނީ ދުވަސްވީ މީހުންގެ މައުލޫމާތު އެއްކުރަން ކަމަށެވެ. އޮންލައިންކޮށް ފޯމެއް ފުރަން މިނިސްޓްރީން އެދިފައިވާ އިރު، މިނިސްޓްރީއާ އެކު ހިއްސާ ކުރާ އެއްވެސް މައުލޫމާތެއް އެހެން ފަރާތްތަކަށް ހިއްސާ ނުކުރާނެ ކަމަށް ވެސް ބުނެފައި ވެ އެވެ. މި މައުލޫމާތު ބޭނުން ކުރާނީ އެމަޖަންސީ ހާލަތެއް ދިމާވެއްޖެ ނަމަ، އެ ވަގުތެއްގައި ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ދޭން އެކަނި ކަމަށް މިނިސްޓްރީން ބުނެ އެވެ.
https://t.co/YItA65QKzJ ކޮވިޑް -19އާ ގުޅިގެން އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މި މިނިސްޓްރީން ދަނީ ކުރަމުންނެވެ. ވީމާ ވީހާ ވެސް ގިނަ ފަރާތްތަކުން މި ފޯމު ފުރުއްވައިދެއްވުން އެދެމެވެ.
— Ministry of Gender, Family and Social Services (@MoGFSSmv) March 24, 2020
ޖެންޑާ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް
އެ މީހެއްގެ ނަމާއި އުމުރާއި އައިޑީކާޑު ނަންބަރާއި ދާއިމީ އަދި ވަގުތީ އެޑްރެސްގެ އިތުރުން ޖެންޑާ މިނިސްޓްރީން ހޯދަން ބޭނުން ވަނީ، ސިއްހީ މައްސަލައެއް ހުރިތޯ އެވެ. އަދި އެ މީހެއްގެ ދިރިއުޅުމުގެ ހާލަތާއި އެ މީހަކު އުޅެނީ އާއިލާއާ އެކު ނުވަތަ އެހެން ގުޅުމެއް އޮންނަ ބަޔަކާ އެކު ނުވަތަ އެކަނި ކަމަށެވެ.
ވީހާ ވެސް ގިނަ ބަޔަކު މި ފޯމު ފުރަން މިނިސްޓްރީން އެދިފައި ވެ އެވެ.
މި މަހު ކުރީކޮޅު ކޮވިޑް-19 ރާއްޖެއިން ފެނުމުން، ރާއްޖެ އޮތީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތެއްގައި ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. ފަރުވާއެއް ހޯދިފައި ނުވާ މި ބަލި ފެތުރުން މަދުކުރުމަށްޓަކައި އެޅޭނެ އެންމެ އެކަށީގެންވާ ފިޔަވަޅުތަކަކީ އެމީހެއްގެ އަމިއްލަ ސާފުތާހިރުކަން ބެލެހެއްޓުމާއި އެއްވެ އުޅޭ ތަންތަނަށް ނުދިއުމެވެ. މި މަގްސަދުގައި ސްކޫލްތަކާއި ސަރުކާރު އޮފީސްތަކުގެ އިތުރުން ޖިމް ފަދަ ތަންތަން ވެސް ސަރުކާރުން ވަނީ ބަންދުކޮށްފަ އެވެ. މިހާތަނަށް މި ބައްޔަށް 13 މީހަކު ރާއްޖެއިން ޕޮޒިޓިވްވި ނަމަވެސް އެ އެންމެންނަކީ ޓޫރިސްޓުންނާއި ރިސޯޓު މުވައްޒަފުންނެވެ. އޭގެ ތެރެއިން ފަސް މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕިސްޕިސް
25 March 2020
މީ ކީއްކުރާ މިނިސްޓްރީ އެްއް
Solah
25 March 2020
65 އަހަރުން މަތީގެ މީހުން ފޯމެއް ފުރަން ހަމަޖެއްސިއިރު ފޯމު ތައްޔާރުކޮށްފައި އޮތީ އިނގިރޭސި ބަހުން. އެގޮތަށް ހަމަޖެއްސިއިރު ނޭނގުނު، އެ އެންމެންނަކީ އިނގިރޭސި ބަސް ކިޔަވައިގެން ތިިބި މީހުން ނޫންކަމެއް. މިއީ ބިދޭސީންނަށް ތައްޔާރުކުރި ފޯމެއްތަ؟ މިކަހަލަ ގަމާރުން ސަރުކާރުގެ އިސް މަގާމުތަކުގައި މި ތިބެނީ.
ކޮރަލް
25 March 2020
65 އަހަރުން މަތީގެ ގިނަ މީހުންނަށް އޮންލައިން ކޮށް ފޯމެއް ފުރާކަށް ނޭނގެއެވެ. 65 އަހަރުން މަތީގެ މީހުންގެ މައުލޫމާތު އޭޑީކޭ އަދި އައި ޖީ އެމް އެޗް ހޮސްޕިޓަލްގެ ޑާޓާ ބޭސަ ގަ ހުންނާނެއެވެ. އަދި ޑީ އެން އާރު ގަ އެވެ. ވ ފަސޭހައިން ނެގިދާނެއެވެ.
ނޫރާނީމާ
25 March 2020
ކޮންސަކަރާތެއް .. ޒިންމާދާރުވެބަލަ... ނޭޝަނަލް ރަޖިސްޓުރޭޝަން ކިޔާފަައި ސަރުކާރު މުއައްސަސާއެއް ހުންނާނެ.. އެތަނުން ތިމަޢުލޫމާތު މާސައްހަކަން ބޮޑުވާނު. ބޮއި ހަލާކު
މައިޒާން
25 March 2020
ތި ޓްވީޓް ވަނީ ޑިލީޓް ކޮށްފަ.
ނިއު ޖެނެރޭޝަން
25 March 2020
މިއޮތްހާ ދުވަހު ޖެންޑާ މިނިސްޓްރީ އަށްނެތްތަ ދިވެހިރާއްޖޭގައި އުޅޭ ދުވަސްވީމީހުންގެ ލިސްޓެއްވެސް ހަދާލެވިފައި. ޕެންޝަން އޮފީހުގައި ހުންނާނެ ޑާޓާ އެތަނުން ހޯދާލާ.
ޑރ ފޭކުސްތާނު
25 March 2020
ކްރޯނާ ވަރައިރަސް ރޯގާ އާއި ގުޅިގެން ދުވަސްވީ މީހުން ބެލުމުގައި 60 އަހަރުން ފެށިގެން ބެލުން ރަގަޅެވެ.
އަޖާއިބެއް
25 March 2020
=/5000 ރުފިޔާ ދެނީ ރަޖިސްޓަރީ ނުކޮށްތަ؟ =/5000 ރުފިޔާ ދެވޭ މީހުން ރަޖިސްޓްރީ ކޮށްފައި ނެތް ތަ؟ އަޖާއިބެެއް ތީ؟