26 މާޗް 2020 - 16:46
އައްޑޫ ސިޓީގައި މިއަދުން ފެށިގެން، އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ވިޔަފާރިތައް ބަންދުކުރަން ކައުންސިލުން އެންގީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ މަޝްވަރާކޮށްފައި ނޫން ކަމަށް ސަރުކާރުން މިއަދު ބުނި ނަމަވެސް އެއީ މަޝްވަރާކޮށް އައްޑޫ ކޮވިޑް-19 ޓާސްކްފޯހުން ނިންމި ނިންމުމެއް ކަމަށް އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު(ސޯބެ) ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ދޭން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ހެލްތު ޕްރޮފެޝަނަލުން މި ކަމުގައި ކަންކުރަން ބުނާ ގޮތަށް އަމަލުކުރުމަށް އެޗްޕީއޭ އިން ކައުންސިލްތަކަށް އަންގާފައިވާނެ ކަމަށެވެ. އަދި އައްޑޫ ކައުންސިލްގެ ނިންމުމަކީ އެޗްޕީއޭއާ އެއްވެސް މަޝްވަރާއެއްކޮށް ވާހަކަ ދައްކާފައި ނިންމި ނިންމުމެއް ނޫން ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ސޯބެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު ސާވިސަސްއާ މަޝްވަރާކޮށް، އައްޑޫ ކޮވިޑް-19 ޓާސްކްފޯސް އިން ނިންމި ނިންމުމެއް ކަމަށެވެ. އަދި އައްޑޫ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ގަވައިދުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ސޯބެ ވިދާޅުވެފައިވެ އެވެ.
Rayyithunge salaamathaai rahkaatheri kamahtakai Addu City Council in gavaaidhun faiyavalhu alhaane. Viyafaari kuraa thanthan haveeru 6:00 in bandhu kuran ninmee DG of health services aai mashvaraa kurumahfahu Addu COVID19 Taskforce in ninmaigen. @mabrouq @HPA_MV @AdduCityCouncil
— Abdulla Sodiq(Sobe') (@SobeAbdulla) March 26, 2020
އައްޑޫ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައިވާ ގޮތުން، ވިޔަފާރިކުރުން މަނާކޮށް ކައުންސިލުން ކަނޑައެޅި ގަޑިތައް ފިޔަވައި އެހެން ވަގުތުތަކުގައި ހިދުމަތްދޭން ބޭނުންވާ ނަމަ ހާއްސަ ހުއްދައެއް ހޯދަން ޖެހޭނެ އެވެ.
މީގެ އިތުރަށް ގާޑިޔަތަކުގެ ހިދުމަތް ދެވޭނީ ވެސް އަތްދޮވުމުގެ އިންތިޒާމްތަައް ހަމަޖައްސައިގެން ކަމަށާއި ވިއްކޭނީ ވެސް ވަކި ހާއްސަ ގޮތަކަށް ޕެކްކޮށްފައިވާ ތަކެތި ކަމަށް ކައުންސިލުން ވަނީ އަންގައިފަ އެވެ.
އަދި މިކަންކަމާ ހިލާފުވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ އަންގައިފަ އެވެ.
ރަށްރަށަށް މީހުން އަރައި ފޭބުމަށް ކައުންސިލްތަކުން މަނާކުރާތީ އެފަދަ ކަންކަމަށް ކައުންސިލްތަކަށް ގޮތް ނުނިންމޭނެ ކަން ލޯކަލް ގަވަމަންޓް އޮތޯރިޓީން މީގެ ކުރިން ވަނީ އަންގައިފަ އެވެ. އެފަދަ އެއްވެސް ނިންމުމަކީ އެޗްޕީއޭ އިން އަންގައިގެން ނޫނީ ކައުންސިލްތަކަށް ނިންމޭނެ ނިންމުންތަކެއް ނޫން ކަމަށް ވެސް އެންގި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިބޭސް
27 March 2020
އާއްމު ޚިދްމަތް ދެވޭ ވަގުތު ހަނިކުރުމަކީ މީހުން ތޮއްޖައްސައި ގައިކާރިވުމަށް ވެސް ސަބަބެއް. ބައެއް ހަނަނުޖެހޭ ޕްރެކޯޝަން ޕޮލިސީއާ ހުރެ އިންޑިޔާ ފަދަ ބައެއް ގައުމުގައި ފެންނަނީ ކިޔުތަކުގައި މީހުން ބޮނޑިވާތަން.
މިހާފީ
27 March 2020
ސޯބެއަކީ އައްޑޫ ރައްޔިތުންގެ ހަވާލުދާރު!އައްޑޫ ރައްޔިތުންގެ ހައްގުގައި ގޮތް ނިންމުން އެންމެ އައުލާކަން ބޮޑީ ކާކުތޯ؟ ބައެއްފަހަރު ގާނޫނު ނަގައިގެން އޭގެ ފައިދާ ހޯދާފައި، ބޭނުން ނުވާއިރަށް އެއްލާލާފައި-ބަލަންވީ އެޅި ފިޔަވަޅީ ނުވަތަ ނިންމި ނިންމުމަކީ އޭގެ ފައިދާއެއް ކުރާނެ ކަމެއްތޯ؟ ގެއްލުން ދުރުކޮށްދޭ ކަމެއްތޯ؟ މިއީ ބޭކާރު ގޭމު ކުޅެން އޮންނަ ކަމެއްނޫން. ފަރުދީ ޛިއްމާ- އިދާރީ ޛިއްމާ- ހިންގުމުގެ ޛިއްމާ _ޞިއްހީ ޛިއްމާ -މާނަ ނޭގުނަސް މިހިރީ ބާވަތްތައް
ޙުސާމް
27 March 2020
ތަރަސައްރަފް ނުފުދޭ މީހަކު މޭޔަރަކަށް ހުރުމުގެ ނަތީޖާ
ހުއިފިލަނޑާ
27 March 2020
ކައުންސިލުން ހަދަންވީގޮތަކީ ތިޔަ އެޗުޕީއޭ ހުރިތާކުން ހޯދައިގެން އައްޑުއަށް ގެންގޮސް އައްޑޫގައި އުޅޭ މަދިރި ދައްކަންވީ އޭނައަށް. އެކަމާއި އެސޮރު މިހާތަނަށް ކުރިކަމެއް އޮތިއްޔާ އެކަމެއް އޮޅުންފިލުވާފަ ރައްޔިތުންނަށް ސާފުކޮށްދޭންވީ.
ކުޑީ
26 March 2020
ބަލަ ސޯބޭ .. މިއީ ސުވާދީވްގައި ކޮފީ މޭޒުގަ ތިބެގެން ފޯނުކޯލެއް ކުރުމުން އަނގަބަހުން ދޭ ހުއްދަ އެއް ނޫން. އެޗްޕީން ނިންމާ ނިންމުމަކީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން ޤާނޫނުން ޑިރެކޓަރ ޖެނެރަލް އަށް ލިބޭ ބާރުގެ ދަށުން ލިޔެކިޔުމުން ކުރެވޭ މުޢާމަލާތްތައް. އައްޑޫ ކައުންސިލްގައި ތިބި ކައުންސިލަރުންނަށް ރައްޔަތުން އެންމެން ނޫނެކޭ ބުނީމާ އެކަމާ ރުޅި އައިސްގެން ރައްޔަތުންނަށް ޖެއްސުން ކުރުން ހުއްޓާލުމަށް ގޮވާލަން.
ވަޑްޔައްތޮކިނަބާ
26 March 2020
ސިޓީ ކައުންސިލުން ތިޔަކުރިކަމަކީ ގޯސްކަމެއްނޫނެވެ. ނަމަވެސް ތިޔަކަމަކީ ޤާނޫނީ އިމުގެތެރެއިން ސިޓީ ކައުންސިލަށް ކުރެވޭނެކަމެއްނޫނެވެ. ކައުންސިލުން ތިޔަކަންކުރަން ބޭނުންވާނަމަ އެކަމަށް އެދެންޖެހޭނީ އެޗްޕީއޭ ގައެވެ. ޢާންމު ސިއްހީހާލަތާ ގުޅޭކަންކަން ނިންމުމުގެ ބާރު ހަމައެކަނި ލިބެނީ އެޗްޕީއަށެވެ. ކައުންސިލަކަށް ނުނިންމޭނެއެވެ.
އަބްދުﷲ
26 March 2020
މަބްރޫކްގެ ވާހަކަތަކަށް އިތުބާރު ކުރެވޭކަށްނެތް. ރާއްޖެ ލޮކްޑައުން ކުރާކަމަށް ނޫސްތަކުގައި ލިއުމުން އެދުވަހުގެ ނިއުސް ބްރީފިން ފަށަމުން ރާއްޖެ ލޮކްޑައުން ކުރާވާހަކަ ދޮގުކުރި. އަދި އެފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތައް ނުލިއުމަށް ނޫސްވެރިންނަށް ގޮވާލި. ނަމަވެސް ހަމައެދުވަހު ސަރުކާރުން ރާއްޖެ ލޮކްޑައުން ކުރަން ނިންމާފައިވާކަން ހާމަވެގެންދިއަ. ނޫސް ބްރީފިންގ އަށް އަރައި ތިމަންނަ ބޭނުން އެއްޗެއް ކިއުމުން އެނިމުނީއެއްނޫން ޔަގީންވާ ވާހަކަ ދައްކަންވާނީ
ބޯހަރު ކައުންސިލް
26 March 2020
ފުރަތަމަ ގަޑި ކަނޑައަޅާފަ ބަންދު ކުރަންވީ މިތަނުގެ ރިސޯޓުތައް. ކޮވިޑް އެތެރެވެފަ އޮތީ ބޭރުން އައިމީހެއްގެ ކިބައިން. އާންމުންގެ ވިޔަފާރިއެއްނޫން.
މަރީމަރީ
26 March 2020
ލަހުންނަމަވެސް މިފަހަރު މި ކައުންސިލް މިއޮތީ ހޭލާފަ.މިވަރައް މިބަލީގެ ވާހަކަ ދެކެވޭ އިރު އަހަރުމެންގެ ސިޓީގަ ކައުންސިލެއް އޮންނަ ކަން އަދި ކިރިޔާ މިއެނގުނީ،
ނަާސިދު އިބުރާހިމް މަނިކު
26 March 2020
ޢެކުވެރި ކަމަކީ ގަދަފަދަ ބާރެށް