ނެޝަނަލް އިމަޖެންސީ އޮޕަަރޭޝަން ސެންޓަރުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ތަރުޖަމާން މަބްރޫކް އަބްދުލް އަޒީޒް އަދި އައިޖީއެމްްއެޗްގެ ޑޮކްޓަރު، ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ. --ފޮޓޯ:ނިޝާން އަލީ/މިހާރު
31 މާޗް 2020 - 23:51
މާޗު މަހުގެ 14-19 އާ ދެމެދު އިނގިރޭސި ވިލާތުން ރާއްޖެ އައި އެންމެން ކޮވިޑް-19 އަށް ޓެސްޓްކޮށް، އެ މީހުންނާ ބައްދަލުވީ ކޮން ބައެެއްތޯ ބެލުމުގެ މަސައްކަތް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ފަށައިފި އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވަން އެޅި ފިޔަވަޅެއްގެ ގޮތުގައި، ޔޫކޭ އިން ރާއްޖެ އަންނަ ދިވެހިން ކަރަންޓީނުކުރަން ފެށީ މާޗް 19 ގަ އެވެ. ދިވެހިން ފިޔަވައި އެހެން މީހުން އެ ގައުމުން ރާއްްޖެ އަށް ދަތުރުކުރުން ވެސް އޭރު ހުއްޓުވި އެވެ.
އެންއީއޯސީން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން މިހާރު ނިންމާވައި ވަނީ މާޗް 14 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ހަަމައަށް އިނގިރޭސިވިލާތުން ރާއްްޖެ އައި އެންމެން ޓެސްޓްކުރުމުގެ އިތުރުން އެ މީހުންނާ ބައްދަލުވި ފަރާތްތައް ހޯދައި، އެ މީހުންގެ ގައިން ބަލީގެ އާލާމާތެއް ފެނޭތޯ ބަލަން ކަމަށެވެ.
އެ ތާރީހާ ދިމާވާ ގޮތަށް ރާއްޖެ އައި މީހުންގެ އަދަދާ ބެހޭ ގޮތުން ނޫސްވެެރިއަކު ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ އެ މުއްދަތުގައި އައި މީހުންގެ އަދަތު 50 އަށް ވުރެ މަދު ކަމަށެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ދިވެއްސަކު އެންމެ ފުރަތަމަ ފެނުނު ކަމަށް އެޗްޕީއޭ އިން އިއުލާންކުރީ މިދިޔަ ހުކުރު ދުވަހު އެވެ. ރާއްޖެ އިން މިހާތަނަށް ތިން ދިވެއްސަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އެ އެންމެންނަކީ ވެސް އިނގިރޭސި ވިލާތުން އައި މީހުންނެވެ.
އިނގިރޭސިވިލާތުގައި މިހާތަނަށް 22،000 އަށް ވުރެ ގިނަ މީހުން ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި މަރުވި މީހުންގެ އަދަދު 1،200 އަށް ވުރެ މައްޗަށް ވަނީ އަރައިފަ އެވެ. އެހެންކަމުން އިނގިރޭސި ވިލާތް ހިމެނެނީ އެންމެ ބާރަށް މި ވައިރަހާއި ކޮވިޑް-19 ފެތުރެމުން ދާ ގައުމުތަކުގެ ތެރޭގަ އެވެ.
މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ރާއްޖެ އިން މިހާތަނަށް ވަނީ 18 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 13 ޓޫރިސްޓަކު/ބިދޭސީން ވަނީ ރަނގަޅުވެފަ އެވެ. އެ 13 މީހުންގެ ތެރޭގައި ހިމެނެނީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ތުރުކީގެ ޑޮކްޓަރާއި އެ ރިސޯޓުގެ އެހެން ބިދޭސީ މުވައްޒަފަކާ އަދި 11 ޓޫރިސްޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުވައްމުލަކި މީހާ
01 April 2020
ކުޑަކޮށް ނަމަވެސް ދުނިޔޭގެ މަސްރަހު ބަލާނަމަ އިގިރޭސި ވިލާތާއި އެމެރިކާ އާއި އިންޑިއާއިން މި ބަލި ކޮންޓްރޯލްކުރުމަށް އެކަށީގެންވާ ފިޔަވަޅެއް ނާޅާކަމާއި ބަލިޖެހޭމީހުންގެ ކޮންޓެކްޓް ޓްރޭސިން ނަހަދާކަމާއި ޓެސްޓް ނުކުރާކަން އެގޭނެ. އެ ތިންގައުމަކީ ކޮވިޑް ނަވާރާއިގެ ހާލިތައްކަން އެގިތިބެ އެތަނުން ނަޝީދު ނޫން ކޮންމެ ބަޔަކު އަޔަސް ކަރަންޓީނު ކޮށް ޓެސްޓް ކުރަންޖެހޭ.
Influvac
01 April 2020
އަދި ތަންކޮޅެއް އަވަސް ތިކަމާއުޅެން. ޑްރާމާ ކުޅުއްވާގޮތް ކަމަކުނުދޭ
ސިކުނޑި
01 April 2020
މިކަމުގައި ސަރުކާރަށް އޮންނަ އިތުބާރު ގެއްލެނީ މިކަހަލަ ކަންކަން ދިމާވާތީ! އޮޅުވާލުންތަކެއް ހުރީމަ! މަބުރޫކަށް ދަންނަވަން ދޮގުހެދުމާއި މަކަރާއި ހީލަތަތް ހެދުމާއި އޮޅުވާލުމަކީ ތަފާތު ކަންތައްތައް!! ވައިރަސް ފެތުރޭގޮތް އިނގޭ! އަލާމާތްތައް ނުފެންނަ ކަންވެސް އިންގޭ! ދެން ކީއްކުރަންތޯ އެމީހުން ޓެސްޓް ކޮށް ކޮންޓެކްޓް ޓްރޭސް ކުރަންވީ! އެކަން ބަލާނަމަ، މިހާރު މުޅި މާލެ ލޮކްޑައުން ކުރަންޖެހޭނެ!
ހަސަނު
01 April 2020
ޔަގީން ކުރަން ޓެސްޓު ކުރަނީ..
ިއިބްރާހީމް ރަޝީދު.
01 April 2020
މިހާރު ކޮން ބޭނުމެއް؟ ފެބްރުއަރީ އިން ފެށިގެން އެޗް.ޕީ.އޭ އަށް ރާއްޖެ އެތެރެވާ ހުރިހާ އެންމެން ކަރަންޓައިންކޮށް އައިސޮލޭޝަން 14 ދުވަސް ފުރިހަމަ ނުކޮށް ރާއްޖޭގެ މީހުން އާބާދުވެފަވާ އެއްވެސް ރަށަކަށް ނޭރުވުމަށް ގޮވަމުން ދިޔަ. މާރޗް 20 ގަ އެންމެން ކަރަންޓީން ކުރަން ހަމަޖެއްސި. ކޯވިޑް19 އަކީ އިމްޕޯޓް ކޮށްގެން ނޫނީ އެތެރެވާ އެއްޗެއްނޫން. އެތެެރެކުރުން ހުއްޓުވުން މީ ނަންބަރ 1 ގަ އޮންނަންޖެހޭ ކަންތައް.
ޖުލައި
01 April 2020
ނަސީދު ގައްޑާވާން ޔޫކޭއިން އައިގޮތަށް މަޖިލިހަށް ގޮސް އިން.. މައިމޫނާއާވެސް ޑަބްލިއުއެޗްއޯ ޑޮކްޓަރުންނާވެސް މީޓުކުރި. މަޖިލީހުގެ އެތައް މުވައްޒަފުންނެއް ނުރައްކަލައް ހުށަހަޅައިފި
ދޮންވެލި
01 April 2020
މަޖްލިސް ރައީސް މާޗް 20 ގަ އައި ވާހަކަ އަޑު އެހީމެވެ. މިއީ ތެދެއްތޯ ބަލާލަން ބޭނުމެވެ. ޔޫކޭ އިން.މުއްސަނދީން ގެ ދަރީން އައިސް ފަސޭހައިން ދެއެވެ.
އައްޑޫ ކުއްޖާ
01 April 2020
14ދުވަސް ހަމަކޮށްފަ ތިކަންކުރަން މަޑުކޮށްލާ
މަލްކާއިން
01 April 2020
ޔޫރަޕްގައި ހަލުއިކަމާއިއެކު ކޮވިޑް ފެތުރެމުން ދަނިކޮން 14އަދި 19ގައި ފްލައިޓް އައީ..ކީއްވެތޯ އަޅާ ނުލެއްވީ..ޔޫކޭގައި ތިބެނީ ރާއްޖޭގެ އެއްމެ މުއްސަދިމީހުނާއި އެމީހުންގެ ދަރިން..ފަހުން ކަރަންޓީނަށް ގެންދިޔަ މީހުންގެ ތެރެއިންވެސް ސިއްހީ އިދާރާތަކުން އަންގާގޮތައް ކަންކަން ނުކުރަނީ މުއްސަދިން...
އަލީބަލީ
01 April 2020
ހާދަ ފަހަކުން؟
ކޮރަލް
01 April 2020
މާޗް ފަހުކޮޅު ގަ ޔޫކޭ އިން.މާލެ އައި މަޖްލިސް މެމްބަރު ކަރަންޓިން ނުކުރި މައްސަލަ ބަލަން ވީ އެވެ.