މަރަދޫގައި މުދަަލަށް ގެއްލުންދިން މައްސަލަައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

އައްޑޫ މަރަދޫގައި އާންމުންގެ މުދަލަށް ގެއްލުންދިން މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފި އެވެ.


ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 19 އަހަރާއި 20 އަހަރުގެ ދެ މީހަކާއި 22 އަހަރުގެ މީހެކެވެ.

ފުލުހުން ބުނިގޮތުގައި އެ މީހުން ހައްޔަރުކޮށްފައި ވަނީ ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ސ. ހިތަދޫއިންނެވެ. އެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެ އެވެ

މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.